Advertisement
ކ. މާލެ
|
18 އޯގަސްޓް 2025 | ހޯމަ 23:00
ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން - އޮގަސްޓް މަހު ފެށޭނެކަމަށް ބުނި ޓެކްސީ ލައިންގެ ހަބަރެއް އަދިވެސް ނެތް
ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން - އޮގަސްޓް މަހު ފެށޭނެކަމަށް ބުނި ޓެކްސީ ލައިންގެ ހަބަރެއް އަދިވެސް ނެތް
މަޖިލިސް
ޓެކްސީ ލައިން
އޮގަސްޓް މަހުގައި ފަށަން ފަސްކުރި ޓެކްސީ ލައިންގެ ހިދުމަތް އަދިވެސް ނުފަށާ
އެ ޚިދުމަތް ދިނުމަށް ހަވާލު ކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ
ޓެކްސީ ލައިންގެ ޚިދުމަތް ޖުލައި މަހުގައި ނުފެށުމުން އޮގަސްޓް މަހަށް ފަސްކުރި ނަމަވެސް އަދިވެސް ނުފެށޭ
ޓެކްސީ ލައިންގެ ޚިދުމަތް ޖުލައި މަހުގެ ކުރީ ކޮޅު ނުފެށި، އޮގަސްޓު މަހުގެ ކުރީ ކޮޅަށް ލަސްވެފައިވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި

ޖުލައި މަހުގައި ނުފެށި އޮގަސްޓް މަހުގައި ފަށަން ފަސްކުރި ޓެކްސީ ލައިންގެ ހިދުމަތް ނުފެށުނެވެ.

މާލެ ސަރަހައްދުގައި ސަރުކާރުން ފެށުމަށް ނިންމާފައިވާ ޓެކްސީ ލައިންގެ ޚިދުމަތް ފެށޭނެ ތާރީޚެއް އަދިވެސް ކަނޑައެޅިފައި ނުވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު ވަނީ މައުލޫމާތު ދީފައެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލު ވިދާޅުވީ، ޓެކްސީ ލައިންގެ ޚިދުމަތް ފެށުމާ ގުޅޭ މާބޮޑު ތަފްސީލެއް މިވަގުތު ނެތް ކަމަށާއި، އަދި ޚިދުމަތް ފެށޭނެ ދުވަހެއްވެސް މިވަގުތު ދަންނަވަން ދަތި ކަމަށެވެ.

މި ޚިދުމަތް ފެށުމަށް އެންމެ ފުރަތަމަ ހަމަޖެހިފައިވަނީ ޖުލައި މަހުގެ ތެރޭގައެވެ. މިކަން ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އިޢުލާނު ކުރެއްވީ އޭޕްރީލް މަހުގެ ތެރޭގައެވެ. ނަމަވެސް ޖުލައި މަހުގައި ޚިދުމަތް ނުފެށުމުން، އޮގަސްޓް މަހަށް ފަސްކުރި ނަމަވެސް، އަދިވެސް މި ޚިދުމަތް ފެށިފައެއް ނުވެއެވެ.

މާލެ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތް ދިނުމަށް ސަރުކާރުން ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ހަވާލުކޮށްފައެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެވުނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ނަމަވެސް ޖުލައި މަހުގައި ޓެކްސީ ލައިންގެ ހިދުމަތް ނުފެށި އޮގަސްޓް މަހަށް ބަދަލުކޮށްފައިވާއިރު އެކަމާއި ގުޅޭގޮތުން މިނިސްޓަރ އަމީން ވިދާޅުވީ، ޓެކްސީ ލައިންގެ ޚިދުމަތް ފެށުމުގެ ކުރިން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި ހަމައެކަނި އެ ޚިދުމަތް ދިނުމަށް ބޭނުންވާ ކާރު ގެނައުމަކުން ޚިދުމަތް ނުފެށޭނެ ކަމަށް ވެސް އަމީން ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ޓެކްސީ ލައިންގެ ޚިދުމަތަށް ބޭނުންވާ ޕްރޮޑަކްޝަންގެ މައްސައްކަތް ޖޫން މަހު ފަށާނެ ކަމަށް ބުނެފައިވެ އެވެ.

އެކަމާ ގުޅޭ ގޮތުން އެ އިންޓަވިއުގައި މިނިސްޓަރު އަމީން ވިދާޅުވީ، އެއީ ސްޓޯރަކަށް ވަދެ ޝެލްފަކުން ގަންނަން ލިބޭ ކަހަލަ ތަކެއްޗެއް ނޫން ކަމަށެވެ. އެގޮތުން ސަރުކާރުން ބޭނުންވާ ސައިޒުގެ ޓެކްސީ އާއި ބޭނުންވާ ހުރިހާ ސާމާނެއް ހަރުކޮށްގެން ގެންނައިރު، ބައެއް ބަދަލުތަކެއް އަންނާނެ ކަމަށް ފާހަގަ ކުރެއްވި އެވެ.

އެކަން ފާހަގަ ކުރައްވައި އަމީން ވިދާޅުވީ، މިހާރުގެ ޓައިމްލައިން ދައްކާ ގޮތުން، ޓެކްސީ ލައިންގެ ޚިދުމަތް ފެށުން އޮގަސްޓު މަހުގެ ފަހު ކޮޅަށް ވުރެ ލަސް ނުވާނެ ކަމަށެވެ.

ސަރުކާރުން ޓެކްސީ ޚިދުމަތުގެ ތެރެއަށް ވަދެ، ޓެކްސީ ލައިންއެއް ތައާރަފު ކޮށްފައިވާއިރު، ޓެކްސީ ޑްރައިވަރުންގެ ނުރުހުން ވަނީ އެކަމަށް އަމާޒުވެފަ އެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ޓެކްސީ ވިޔަފާރިވެރިންގެ ވިޔަފާރި ފުނޑާލުމަށް ކަމަށް ބުނެ، ގިނަ ޓެކްސީ ޑްރައިވަރުންތަކެއް ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލައި، މުޒާހަރާ ވެސް ކޮށްފަ އެވެ.

- ކޮމެންޓް