ކ. މާލެ
|
12 މާރޗް 2025 | ބުދަ 12:27
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ
މަޖިލިސް
މަޖިލީހުގެ މަސައްކަތްތައް
ދައުލަތުގެ ބަންޑާރަ ނައިބެއް ނެތް، މަޖިލީހަށް އެކަށީގެންވާ ބިލެއް ހުށަނޭޅޭ - ޒިޔާދު
ދައުލަތުގެ ބަންޑާރަ ނައިބެއް ނެތުން އެއީ މަޖިލީހުގެ މަސައްކަތް ނެތް ސަބަބު
ސަރުކާރުން މަޖިލީހަށް އެކަށީގެންވާ ބިލެއް ހުށަނާޅާ ސަރުކާރުގެ ހަޑި ފޮރުވުމަށް ބޮޑެތި ސިންގާ ބަޔަކު މަސައްކަތް ކުރޭ

ދައުލަތުގެ ބަންޑާރަ ނައިބެއް ނެތް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރެވޭނެ މިންވަރަށް ސަރުކާރުން ބިލެއްވެސް ހުށަނޭޅޭ ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ޒިޔާދު ވިދާޅުވީ ރަމަޟާން މަހެއްގައި ވާހަކަ ދައްކަން ޖެހެނީ ހަގީގަތުގައި ތެދުބަހުން ކަމުގައިވާނަމަ، ނުވެގެން އުޅޭ ކަމަކީ ދައުލަތުގެ ބަންޑާރަ ނައިބެއް ނެތުން ކަމަށެވެ. ސަރުކާރުގެ ބަންޑާރަ ނައިބަށް އެކަށީގެންވާ ބިލު ނުހެދޭތީ، މަސައްކަތް ނުކުރެވޭތީ ސަރުކާރަށް ބިލު ނުހެދޭތީ ސަރުކާރުގެ ހަޑި ފޮރުވަން ބޮޑެތި ސިންގާ ބަޔަކު ކުރާ މަސައްކަތް މަޖިލީހުގެ ތެރެއިން ފެންނަ ކަމަށެވެ.

ދެން އެބަޔަކު ތެދުވެ އެމްޑީޕީގެ ވެރިކަމުގައި މިހެންނޭ. އަނެއްބަޔަކު މިހެންނޭ ދޮގޭ މިއީ ކުރާ ކަަމަކީ. ހަގީގަތުގައި މިއުޅެނީ ބަންޑާރަ ނައިބަށް މަސައްކަތް ނުދެވިގެން. ނެތީ. އެޓަރނީ ޖެނެރަލް ކުރާނެ ކަމެއް ނެތީ. ދައުލަތަށް އަދި އެއް ބަންޑާރަ ނައިބު ލައިގެން ނަމަވެސް. މަޖިލީހަށް ބޭނުންވާ މަސައްކަތް ނެތިގެން މިއުޅެނީ. ދެން ރޯދަމަހު އައިސް ޒުވާބެއް ކޮށްލަން، މެންބަރު އައިފާނުމެން ނަންބަރު މަތިކޮށްލަން މި އަންނަނީ. އިތުރު އެއްވެސް ވާހަކައެއް ނެތް.

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

ޒިޔާދު ވިދާޅުވީ މިއީ މަޖިލީހުގެ ހާލަތު ކަމަށާއި، ސަރުކާރެއް މިއަދު ނުހިނގާ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އަށް ސަރުކާރު ނުހިންގޭތީ މިހާރު މަސައްކަތް ކުރަނީ 'ދެން ކޮންމެވެސް ގޮތެއް އޮންނަންޖެހޭތީ" ކޮންމެވެސް ގޮތަކަށް ކަމަށެވެ.

މެންބަރު ޒިޔާދު ވިދާޅުވީ އައުޓް ސޯސް ކޮށްގެން ގައުމު ހިންގަނީ ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ކަމަށެވެ.

ޒިޔާދު ވިދާޅުވީ މަޖިލީހަށް ބޭނުންވާ ވަރަށް މަސައްކަތް ނާންނަ ނަމަ އެއީ މަޖިލިސް މެންބަރުންގެ މައްސަލައެއް ނޫން ކަމަށާއި، އެއީ ސަރުކާރުގެ މައްސަލަ ކަމަށެވެ.

ކޮމިޓީތަކުގައި ވެސް މަސައްކަތެއް ނެތް. އަޅުގަނޑުމެން ފޮރިން ރިލޭޝަންސް ކޮމިޓީ ކޮންމެ ދުވަހަކު އެބަ ބާއްވަން. އެމެބެސެޑަރު އެއްރަށުން އަނެއް ރަށަށް ބަދަލުކުރުން ނޫން ކަމެއް ނެތް. މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތް. ރައްޔިތުންނަށް ކަމެއްކުރަންޏާ މިއަދު 40ރ އަށް ކާއްޓެއް ހުރި އިރު އެ އަގުހެޔޮކުރަން މަސައްކަތް ކުރަންވީ ނޫންތޯ. އެބުނާ ކަހަލަ ސަކަ ކުއްލި މައްސަލައެއް ލާންވީ ނޫންތޯ ރޯދައަށް އެއްޗެހި އަގުބޮޑުވާތީ. ކާއްޓެއް 60ރ އަށް. ރައީސަކަށް ތައުރީފް ކުރަންޏާ ތައުރީފްކޮށްލަން ރަނގަޅުވާހަކައެއް ނޫންތޯ، ދިވެހިރާއްޖޭގެ ރައީސަކު އަދި ނެތް 60 ރުފިޔާއަށް ކާއްޓެއް ވިއްކާފައި.

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

މެންބަރު ޒިޔާދު ވިދާޅުވީ ދައްކަން ހުރި ވާހަކަ ވަރަށް ގިނަ ކަމަށެވެ. ނަމަވެސް މައުޟޫއާއި އެއްގޮތަށް ވާހަކަ ދައްކަންޖެހޭތީ އެވާހަކަތައް ނުދެއްކޭ ކަމަށެވެ.

- ކޮމެންޓް