ކ. މާލެ
|
9 ފެބްރުއަރީ 2025 | އާދީއްތަ 13:13
ޕީއެންސީއަށް ވަގު ފޯމް ފުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ހޯމް މިނިސްޓަރު އަލީ އިހުސާން ކަމަށް ވަނީ ތުހުމަތުކުރެވިފައި
ޕީއެންސީއަށް ވަގު ފޯމް ފުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ހޯމް މިނިސްޓަރު އަލީ އިހުސާން ކަމަށް ވަނީ ތުހުމަތުކުރެވިފައި
ރާއްޖެއެމްވީ
ވަގު ފޯމް މައްސަލަ
ޑީއެންއާރުން މައުލޫމާތު ވަގަށް ނަގައިގެން ފޯމުތަކެއް ފުރި ކަމަށް ބުނާ މައްސަލަ ތަހުގީގު ނުކުރުމަށް ފުލުހުން ނިންމައިފި
މީގެ ކުރިން ވެސް މިފަދަ ދެ މައްސަލައެއް ފުލުހުން ތަހުގީގު ކުރި، ނަމަވެސް ޕީޖީން މައްސަލަ ކުރިއަށް ނުގެންދިއުމަށް ނިންމާފައިވޭ
ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ މިކަން ދޮގުކޮށްފައި
ޕީއެންސީއަށް މީހުން ވެއްދުމަށް ވަގު ފޯމް ހުށަހަޅައިވާކަން ވަނީ ކަށަވަރުކުރެވިފައި

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން، (ޑީއެންއާރު) އިން މައުލޫމާތު ވަގަށް ނަގައިގެން ފޯމުތަކެއް ފުރި ކަމަށް ބުނާ މައްސަލަ ތަހުގީގު ނުކުރުމަށް ފުލުހުންގެ ޚިދުމަތުން ނިންމައިފިއެވެ.

ރާއްޖެއެމްވީއަށް އިތުބާރު ހުރި ފަރާތަކުން ވިދާޅުވީ ޑީއެންއާރުގެ ޑޭޓާ ބޭސްއިން މައުލޫމާތު ލީކުވި މައްސަލަ ފުލުހުން ތަހުގީގު ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށާއި، އެކަމާއި ގުޅޭގޮތުން މިދިޔަ ހަފްތާތެރޭގައި ފުލުހުންގެ މަތީ ބޭފުޅުންގެ މެދުގައި މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި މިހާރު އެމައްސަލަ ނުބަލަން ނިންމާފައިވާ ކަމަށެވެ.

މައްސަލަ ތަހުގީގު ނުކުރުމަށް ނިންމި ސަބަބަށް އިޝާރާތްކޮށް އޭނާ ވިދާޅުވީ މީގެ ކުރިން ވެސް މިފަދަ ދެ މައްސަލައެއް ފުލުހުން ތަހުގީގު ކުރި ކަމަށާއި، މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމުން މައްސަލަ އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. އަދި އެ ދެ މައްސަލާގައި އެގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ، ޑީއެންއާރުން މައުލޫމާތު ވަގަށް ނަގައިގެން ޕީއެންސީން ވަގު ފޯމް ހުށަހަޅި މައްސަލަ ނުބަލަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ މިކަން ދޮގުކޮށްފައެވެ. އޮފިޝަލް ވިދާޅުވީ އެމްޑީޕީން ހުށަހަޅާފައިވާ ސައްހަ ނޫން ފޯމުތަކުގެ މައްސަލަ ފޯޖަރީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ. މިފަދަ ކިތައް މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވޭތޯ ކުރި ސުވާލަށް އޮފިޝަލް ޖަވާބު ދެއްވާފައިނުވެއެވެ.

ޑީއެންއާރު ތެރޭގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަށް މީހުން ވައްދަން ފޯމު ފުރާ މަންޒަރު ފެންނަ ފޮޓޯއެއް އާއްމުވެ ސަރުކާރަށް ވަނީ ފާޑު ކިޔުންތައް އަމާޒުވެފައެވެ. ޕީއެންސީއަށް މީހުން ވެއްދުމަށް ވަގު ފޯމް ހުށަހަޅައިވާކަން މިހާރު ކަށަވަރުކުރެވިފައިވާއިރު، މިމައްސަލައާ ގުޅިގެން އެމްޑީޕީން ވަނީ އިލެކްޝަން ކޮމިޝަން (އީސީ)އަށް ގޮސް ކަންބޮޑުވުންފާޅު ކޮށްފައެވެ. ސައްހަ ނޫން ފޯމްތަކެއް ހުށަހެޅި ނަމަވެސް ޕީއެންސީއަކީ އެންމެ ބޮޑު ޕާޓީ ކަމަށް ނިންމައި، ދަފްތަރު އެކޮޝަނުން އާއްމު ކުރުމާއި ގުޅިގެން އީސީއަށް އިތުބާރު ގެއްލިފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

- ކޮމެންޓް