ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ބޮޓުން ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
ގާނޫނު އަސާސީގެ ދިފާއުގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ރާއްޖެއެމްވީއަށް މެންބަރު މައުރޫފް ވިދާޅުވީ ޕީއެންސީގެ މަޖިލިސް މެންބަރުން މިހާރު ތިބީ ބޮޓުންނަށް ބަދަލުވެފައިވާ ކަމަށާއި، އެބޭފުޅުން އަމިއްލައަށް ކަރުގައި ދަންމަޅި އަޅުވަމުންދާ ކަމަށެވެ.
މަޖިލިސް ތަޅުމުން ބޭރުގައި ތިއްބަވައިގެން ޕީއެންސީގެ މެންބަރުން ސަރުކާރާ ދެކޮޅަށް ވާހަކަދައްކަވާކަން ފާހަގަކުރައްވައި މެންބަރު މައުރޫފް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ރައްޔިތުންގެ ކަންކަމުގައި މެންބަރުންނަށް ޖެހޭނީ މިނިސްޓަރުންގެ ކިބައިން ސަލާން ޖަހަން ކަމަށެވެ.
އެންސީގެ މެންބަރުން އެތިބީ ބޮޓުންތަކަކަށް ބަދަލުވެފައި. އެބޭފުޅުން އަމިއްލަފުޅަށް އެބޭފުޅުންގެ ކަރުގައި ދަންމަޅި އެއަޅުވަނީ. އެބޭފުޅުން މަޖިލީހުގެ ފްލޯގެ ބޭރުގައި ސައިކޮޓަރީގައި ކުޑަދޮށުގައި ތިމަންނާމެން މިއާ ދެކޮޅު ވާހަކަ ތިމަންނާމެންގެ ބާރު ގެއްލޭ ވާހަކަ މީގެ ފަހުން ދެންޖެހޭނީ ރައްޔިތުންގެ ކަންތައްތަކުގައި ވަޒީރުގެ ގާތަށް ސަލާން ޖަހަންދާން ޖެހޭ ކަމަށް ވިދާޅުވެ ވާހަކަދައްކަވަމުން އެގެންދަވަނީ. އެހެންވީމަ އަޅުގަނޑަށް ހީވަނީ ޕީއެންސީގެ މެންބަރުންނަށް މަޖުބޫރުވެގެން މަޖުބޫރީ ހާލަތެއްގައި ތިއްބަވާކަން. އެއީ ގާނޫނު އަސާސީން ލިބިދޭ ހައްގެއް ގާނޫނު އަސާސީން އިންތިޚާބުކޮށްފައި ތިބި ރައްޔިތުންގެ މަޖިލިސް މެންބަރުން އެއީ. އެބޭފުޅުން ނުޖެހޭ ވަކި މީހަކު ބުނާ ގޮތަކަށް ބޯލަބާކަށް އެބޭފުޅުންގެ ދާއިރާގައި ރައްޔިތުންގެ މަސްލަހަތުގައި ވަކާލާތު ކުރަންޖެހޭނީ.ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
މެންބަރު މައުރޫފް ވިދާޅުވީ ގާނޫނު އަސާސީގެ ދިފާއުގައި މަސައްކަތް ކުރަންޖެހޭ ކަމަށާއި، ރައްޔިތުން ނުކުންނަން ޖެހޭ ކަމަށެވެ. މިއަދު ފެނިގެން މިދަނީ ރައްޔިތުން ވަކި ޕާޓީއަކަށް މާ ބޮޑަށް ބާރުތައް ދިނުމުގެ ހިތި ނަތީޖާ ކަމަށް މެންބަރު މައުރޫފް ވިދާޅުވިއެވެ.