ކ. މާލެ
|
19 ނޮވެންބަރ 2024 | އަންގާރަ 19:42
މަސްތުވާތަކެތި ހުރިކަމަށް މިނިސްޓަރު ވިދާޅުވި ވޭޕް އޮއިލް ޝިޕްމަންޓް، ފުލުހުން ބުނަނީ އޭގައި މަސްތުވާއެއްޗެއް ނެތް ކަމަށް
މަސްތުވާތަކެތި ހުރިކަމަށް މިނިސްޓަރު ވިދާޅުވި ވޭޕް އޮއިލް ޝިޕްމަންޓް، ފުލުހުން ބުނަނީ އޭގައި މަސްތުވާއެއްޗެއް ނެތް ކަމަށް
މިނިސްޓްރީ އޮފް ހޯމްލޭންޑް، ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ
ވޭޕް
ވޭޕް މަނާކުރަން އުޅުނު އިރު އަތުލައިގަތް ވޭޕް ގައި މަސްތުވާތަކެތި ނުހިމެނޭ - ފުލުހުން
މަސްތުވާތަކެއްޗަށް ޓެސްޓް ކުރުމަށް ހެދި ފޮރެންސިކް ލެބް ޓެސްޓް އިން ދައްކާފައިވަނީ ނެގެޓިވް ކަމަށް

ވޭޕް މަނާކުރަން ސަރުކާރުން އިއުލާންކުރި ދުވަސްވަރު އަތުލައިގަތް ވޭޕް ގައި މަސްތުވާތަކެތި ނުހިމެނޭ ކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ މަހުގެ 14 ވަނަ ދުވަހު މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޭޕް އޮއިލްގެ ނަމުގައި ރާއްޖެއަށް އެތެރެކުރެވުނު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނެބިސް އަޅާފައިވާ ޝިޕްމަންޓެއް ކަސްޓަމްސްއިން ހިފަހަައްޓާފައިވާ ކަމަށެވެ. އަދި މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނެންގެވި ޑިސިޝަން ނަންގަވަން ޖެހުނު އެންމެ ބޮޑު އެއް ސަބަބު ކަމަށެވެ.

އަދި 14 މެއިގައި ރާއްޖެ އެތެރެކުރަން އުޅެނިކޮށް ހެފެހެއްޓުނު ކެނަބިސް އަޅާފައިވާ ވޭޕް ކާޓްރިޖްގެ ފޮޓޯއެއްކަމަށް ބުނާ ފޮޓޯއެއް މިނިސްޓަރު އެކްސްގައި ޕޯސްޓްކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވެފައިވަނީ ސްކޫލްތަކުގެ ކިޔަވާ ކުދިންނަށް އެފަދަ މަސްތުވާތަކެތި ހިމެނޭ ވޭޕް އޮޅުވާލައިގެން ދެމުންދާކަން ވަނީ ފާހަގަކުރެވިފައި ކަމަށެވެ.

މަސްތުވާތަކެތި ހިމެނޭ ވޭޕް ކާޓްރިޖްތަކެއް އެތެރެކޮށްފައިވާ ކަމަށް މިނިސްޓަރ އެކްސްގައި ކުރެއްވި ޕޯސްޓަކީ ރައީސް ވޭޕް މަނާކުރުމަށް ނިންމަވާ އެކަން އެކްސްގައި ހާމަކުރެއްވި ޕޯސްޓާއި ގުޅިގެން ކުރެއްވި ޕޯސްޓެކެވެ. ރައީސްގެ ޕޯސްޓުގައި ވަނީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށާއި، ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.

ނަމަވެސް މަސްތުވާތަކެތި ހުރިކަަމަށް ވިދާޅުވެ މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓާއި ގުޅިގެން ފުލުހުން އަންގާރަ ދުވަހު ބުނެފައިވަނީ ވޭޕް ޝިޕްމަންޓުގައި ހުރި ތަކެތި މަސްތުވާތަކެއްޗަށް ޓެސްޓް ކުރުމަށް ހެދި ފޮރެންސިކް ލެބް ޓެސްޓް އިން ދައްކާފައިވަނީ ނެގެޓިވް ކަމަށެވެ.

- ކޮމެންޓް