Advertisement
ކ. މާލެ
|
29 އޮކްޓޯބަރ 2025 | ބުދަ 14:13
އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުން، އަބްދުالله މާހިލް ޝަހީމް
އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުން، އަބްދުالله މާހިލް ޝަހީމް
ރައީސް އޮފީސް
މޯލްޑިވްސް ކަސްޓަމްސް ސާރވިސް
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ޝަހީމްގެ ދަރިކަލުން އަދިވެސް ނުދައްކާ!
އިސްލާމިކް މިނިސްޓަރުގެ ދަރިކަލުން މާހިލް ޝަހީމް އަށް ޖޫޜިމަނާގެ ގޮތުގައި 1،230،000 ރުފިޔާ ދައްކަންޖެހޭ
މިދިޔަ އޯގަސްޓު މަހު 100 އަށް ވުރެ ގިނަ ވޭޕް ސާމާނު އެތެރެކުރަން އުޅެނިކޮށް މާހިލް ހިފެހެއްޓި
ވޭޕު އެތެރެކުރަން އުޅެނިކޮށް އަތުލައިގަތުމުން ޔޫތު އެޑްވައިޒަރީ ބޯޑުން މާހިލް އިސްތިއުފާ ދިން

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާ ހިލާފުވެގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ކޮށްފައިވާ ޖޫރިމަނާ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުން އަބްދުﷲ މާހިލް އަދިވެސް ނުދައްކާކަން ހާމަވެއްޖެ އެވެ.

ކަސްޓަމްސް އިން ކޮށްފައިވާ ޖޫރިމަނާ ނުދައްކާ މީހުންގެ ލިސްޓް އާންމުކޮށްފައިވާއިރު، އެ ލިސްޓުގެ 58 ވަނައިގައި ވަނީ ޝަހީމްގެ ދަރިކަލުން މާހިލް ޝަހީމް ގެ ނަމެވެ. އެގޮތުން ކަސްޓަމްސް އަށް ނުދައްކާ 1،230،000 (އެއްމިލިއަން ދެލައްކަ ތިރީސްހާސް) ރުފިޔާ އެބައޮތެވެ.

ވޭޕް ކުރާ ސާމާނުތަކެއް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް މާހިލް ހިފެހެއްޓީ މިދިޔަ އޯގަސްޓު މަހުގެ މެދުތެރޭގަ އެވެ. ރާއްޖޭން ބޭރުން އައިއިރު 100 އަށް ވުރެ ގިނަ އަދަދަކަށް ވޭޕް ކުރާ ސާމާނު މާހިލް އެތެރެކުރަން އުޅުނުކަން ވަނީ އެނގިފަ އެވެ.

އަދި ވޭޕު އެތެރެކުރަން އުޅެނިކޮށް އަތުލައިގަތުމުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވަން ހަދާފައި އޮންނަ ޔޫތު އެޑްވައިޒަރީ ބޯޑުން މާހިލް ވަނީ އިސްތިއުފާ ދީފަ އެވެ.

އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު ކަސްޓާމްސް އިން އާންމުކުރި މި ލިސްޓުގައި 680 މީހުން ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އަމިއްލަ ކުންފުނިތަކާ ވަކިވަކި ފަރުދުންނެވެ. ކަސްޓަމްސް އިން ބުނީ ފައިސާ ނުދައްކާ ހުރި މައްސަލަތައް ބަލަމުންދާ ކަމަށާއި އަދި އެ ތަހުގީގުތައް ނިމެމުންދާ ވަރަކަށް ލިސްޓު އަދާހަމަކުރާއިރު އޭގެ ތަފުސީލުތައް ހިމަނާނެ ކަމަށެވެ.

- ކޮމެންޓް