އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު އިދިކޮޅު އެމްޑީޕީން އިންތިޒާމުކޮށްގެން ސަރުކާރާއި ދެކޮޅަށް މާލޭގައި ބޭއްވި ބޮޑު މުޒާހަރާގެ ތެރެއިން ހައަޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު 15 ދުވަހަށް ޖަހާފައިވަނީ ހޯމް މިނިސްޓަރު އަލީ އިހުސާންގެ އަމުރަށް ކަން އެނގިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޛާކިރު (މަޓޭ) ވިދާޅުވެއްޖެ އެވެ. އެވެ.
ނުހައްގުން ހައްޔަރުކޮށްފައިވާ ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލައި އެމްޑީޕީން ކުރިޔަށް ގެންދާ ހަރަކާތުގެ ތެރެއިން ހޮނިހިރު ދުވަހުގެ ރޭ ކ.މާފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު މައުރޫފް ވިދާޅުވީ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުން ފުލުހުން ހައްޔަރުކޮށްފައި ވަނީ ގާނޫނީ ކުށެއް ކޮށްގެން ނޫން ކަމަށާއި އެ މީހުން ހައްޔަރުކޮށްފައި ވަނީ މި އަނިޔާވެރި ސަރުކާރުން ގައުމުގެ މުޅި ނިޒާމް އެއްކޮށް ފުނޑާލާފައިވާތީ އެކަމާއި ދެކޮޅަށް ހައްގުބަސް ބުނުމުން ކަމަށެވެ.
މައުރޫފް ވިދާޅުވީ މުޒާހަރާގެ އެންމެ ކުރީގައި ހުރީ އޭނާ ކަމަށާއި އެތަނުގައި އެރޭ ހިނގި ހުރިހާ ކަމެއް ވަރަށް ގާތުން ފެނުނު ކަމަށެވެ. އަދި އެތަނުގައި އެއްވެސް މީހަކު ގާނޫނާއި ޚިލާފު އެއްވެސް އަމަލެއް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން މާފުށީ ކައުންސިލް ގެ ރައީސް ސަލާހު ވެސް ހުންނެވީ ވަރަށް ގާތުގައި ކަމަށާއި އެބޭފުޅާ ވެސް ހައްޔަރުކޮށް އިނގިލި ބިންދާލައި އަނިޔާވެރިކަމާއި އެކު ހައްޔަރުކުރަން ޖެހޭ ފަދަ އެއްވެސް އަމަލެއް ކޮށްފައި ނުވާކަމަށް މައުރޫފް ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ މުޒާހަރާގެ ތެރެއިން އެއްވެސް ކުށަކާއި ނުލައި އަނިޔާވެރިކަމާއި އެކު ހައްޔަރުކޮށް، ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު 15 ދުވަހަސް ޖަހްނަ ޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށެވެ.
މައުރޫފް ވިދާޅުވީ މުޒާހަރާކޮށްގެން ހައްޔަރުކުރާ މީހުންނަކީ ކުށްވެރިން ނޫން ކަމަށާއި އެމީހުން ބޮޑެތި ކުށްވެރިންނަށް ހަދައިގެން ބަންދުގެ މުއްދަތު 15 ދުވަހަށް ޖަހާފައި ވަނީ ގާޒީންގެ މިނިވަންކަން ގެއްލިފައިވާތީ ކަމަށެވެ.
މައުރޫފް ވިދާޅުވީ ސިޔާސީ ހައްޔަރީންނަށް ބަންދުގެ މުއްދަތު 15 ދުވަސް ޖަހާފައިވަނީ ސީދާ ހޯމް މިނިސްޓަރ އަލީ އިހުސާންގެ އަމުރަށް ކަމަށް މި މައްސަލައިގައި އުޅުނު އިންވެސްޓިގޭޝަން އޮފިސަރަކު ބުނެގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މިނިސްޓަރ އިހުސާނަށް އެގޮތަށް އެންގެނީ ވެސް ނިޒާމް ފުނޑާލާފައިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
މުޒާހަރާކޮށްގެން ހައްޔަރުކުރާ މީހުންނަކީ ކުށްވެރިން ނޫން. ނިޒާމް ފުނޑާލީމާ ހައްޔަރުކުރެވުނީ. ބަންދަށް 15 ދުވަސް ޖެހީ ގާޒީންގެ މިނިވަން ގެއްލުނީމާ. އަޅުގަޑު ކައިރީގާ ހަމަ މި މައްސަލައިގައި އުޅުނު، ހައްޔަރީންގެ ތެރޭގައި ހިމެނޭ އައިއޯޔޫ އެއް ދެންނެވި ވާހަކައެއް، އަޅުގަނޑު ކައިރި މީހަކު ބުނީ ސީދާ 15 ދުވަސް ޖަހަން އެންގީ ހޯމް މިނިސްޓަރ އިހުސާން ކަމަށް. ނިޒާމް ފުނޑާލީމާ އިހުސާނަށް އެހެން އެންގެނީ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޛާކިރު (މަޓޭ)![]()
މައުރޫފް ވިދާޅުވީ ނިޒާމް ރަނގަޅަށް އޮތް ނަމަ މިނިސްޓަރ އިހުސާން އެފަދައިން ޣައިރު ގާނޫނީ އެންގުމެއް އެންގި ނަމަ ވެސް ފަނޑިޔާރުން ނުބައްލަވާނޭ ކަމަށެވެ. އެފަދައިން ކަންކަން ވެގެން މިދަނީ ނިޒާމް އެއްކޮށް ފުނޑިފައި އޮތީމައި ކަމަށް މައުރޫފް ވިދާޅުވި އެވެ.