Advertisement
ކ. މާލެ
|
7 ނޮވެންބަރ 2025 | ހުކުރު 19:12
ވޭޕާ ގުޅުން ހުރި އެކި މައްސަލަތަކުގައި މިދިޔަ މަހު 25 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ފުހުން ބުނޭ
ވޭޕާ ގުޅުން ހުރި އެކި މައްސަލަތަކުގައި މިދިޔަ މަހު 25 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ފުހުން ބުނޭ
ރާއްޖެއެމްވީ
ވޭޕުގެ މައްސަލަތައް
ވޭޕާ ގުޅުން ހުރި މައްސަލަތަކުގައި އޮކްޓޫބަރު މަހު އެކަނި ވެސް ދެ ލައްކަ ރުފިޔާގެ ބޮޑު ޖޫރިމަނާ އެއް
އޮކްޓޫބަރު މަހު ވޭޕް ބޭނުންކުރުމާއި ގެންގުޅުމާއި ވިއްކުމުގެ 25 މައްސަލައިގައި 35 މީހަކަށް ފިޔަވަޅު އަޅާފައިވޭ
ވޭޕާ ގުޅޭ މައްސަލަތަކުގައި ޖޫރިމަނާ ކޮށްފައިވާ ޖުމްލަ އަދަދަކީ 226،000 ރުފިޔާ

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ވޭޕް ބޭނުންކުރުމާއި، ގެންގުޅުން އަދި ވިއްކުމުގެ މައްސަލަތަކުގައި އޮކްޓޫބަރު މަހު 35 މީހުން ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.

ފުލުހުން އާންމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އޮކްޓޫބަރު މަހު ތަފާތު 25 މައްސަލައެއްގެ ތުހުމަތުގައި 35 މީހަކަށް ފިޔަވަޅު އަޅާފައި ވެއެވެ. އެގޮތުން ވޭޕް ގެންގުޅުނު 15 މީހުންނާއި ވޭޕް ބޭނުންކުރި 19 މީހަކަށް ވަނީ ފިޔަވަޅު އަޅާފަި އެވެ. އޭގެ އިތުރުން ވޭޕް ވިއްކާ، ވިޔަފާރި ކުރި ކަމުގެ ތުހުމަތުގައި އެކަކަށް ވަނީ ފިޔަވަޅު އަޅާފަ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖޫރިމަނާގެ ޖުމްލަ އަދަދު 226،000 ރުފިޔާއަށް އަރަ އެވެ. އޭގެ ތެރެއިން 104،000 ރުފިޔާއަކީ ވޭޕް ކޮށްގެން ކުރި ޖޫރިމަނާ އެވެ. އަދި ވޭޕް ގެންގުޅެގެން 97،000 ރުފިޔާގެ ޖޫރިމަނާ އެއް ކުރިއިރު ވޭޕާއި، އީ-ސިނގިރޭޓު ގަނެ، ވިއްކައިގެން 20،000 ރުފިޔާގެ ޖޫރިމަނާ އެއް ވަނީ ކޮށްފަ އެވެ. ބާކީ 5،000 ރުފިޔާއަކީ ވޭޕާ ގުޅުންހުރި އެހެނިހެން މައްސަލަތަކުގައި ޖޫރިމަނާ ކޮށްފައިވާ ފައިސާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހާއެކު ހިލޭ ވޭޕެއް މީހަކަށް ދިނަސް 10،000ރުފިޔާގެ ޖޫރިމަނާ އެއް ކުރާނެ އެވެ. އަދި ބޭނުންކުރާ ކޮންމެ މީހަކަށް 5،000 ރުފިޔާ އިން ޖޫރިމަނާ ކުރާ އިރު ވޭޕް ވިއްކައިފި މީހަކު ނަމަ 20،000 ރުފިޔާ އިން ޖޫރިމަނާ ކުރުމާ ކުރުމުގެ އިތުރުން ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް ވެސް ގާނޫނުގެ ދަށުން ކުރާނެ އެވެ.

ވޭޕާ ސިނގިރެޓުގެ މައްސަލަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިފަހުން ވިދާޅުވީ ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރި ފަހުން ދައުލަތަށް ޑިއުޓީ ދައްކައިގެން ގާނޫނާއި ގަވާއިދާ އެއްގޮތަށް ރާއްޖެ އެތެރެކުރާ ސިނގިރޭޓަށް ވުރެ ސްމަގްލް ނުވަތަ ވަގަށް ރާއްޖެ އެތެރެކުރާ އަދަދު އިތުރު ކަމަށެވެ.

ނާޒިމް އިތުރަށް ވިދާޅުވީ، ސިނގިރޭޓާ އެއްގޮތަށް ވޭޕް ވަގަށް އެތެރެކުރާ މިންވަރު ވެސް އިތުރުވެފައި ވަނީ އިންތިހާއަށް ކަމަށެވެ. ކަސްޓަމްސް އިން ވެސް ކޮންމެވެސް ގޮތަކުން މިފަދަ ބައެއް ތަކެއްޗަށް ކްލިއަރެންސް ދީފައިވާކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ މިފަދަ ތަކެތި ވިއްކާ، އިޝްތިހާރު ކުރާ ޕޭޖުތައް ސޯޝަލް މީޑިއާ އިން ފެންނަން ހުންނަ ކަމަށެވެ.

- ކޮމެންޓް