ކ. މާލެ
|
16 އޮކްޓޯބަރ 2024 | ބުދަ 16:47
ހިޒްބުﷲ އިން އިޒްޒާރުދީފައިވަނީ އިޒްރޭލުގެ ހަމަލާތައް ހުއްޓާނުލައިފި ނަމަ އިޒްރޭލުގެ އެތަން މިތަނަށް ހަމާލާދޭނެ ކަމަށް
ހިޒްބުﷲ އިން އިޒްޒާރުދީފައިވަނީ އިޒްރޭލުގެ ހަމަލާތައް ހުއްޓާނުލައިފި ނަމަ އިޒްރޭލުގެ އެތަން މިތަނަށް ހަމާލާދޭނެ ކަމަށް
ސްކައި ނިއުސް
ލުބުނާން-އިޒްރޭލު ހަނގުރާމަ
އިޒްރޭލުން ވައިގެ އަދި އެއްގަމު ހަމަލާތައް ހުއްޓާނުލައިފިނަމަ އިޒްރޭލަށް އިތުރު ހަމަލާތައް ދޭނެކަމަށް ހިޒްބުﷲއިން އިންޒާރުދީފި
ލުބުނާނުގެ ޞިއްޙީ ވުޒާރާއިން ބުނާގޮތުގައި އިޒްރޭލުން ލުބުނާނަށް ހަމަލާދޭން ފެށިފަހުން ގާތްގަނޑަކަށް 2,350 މީހުން ވަނީ މަރުވެފައި

ހައްދުފަހަނަ އަޅާފައިވާ ނަތަންޔާހޫގެ ސަރުކާރުން ލުބުނާނަށް ދެމުންގެންދާ އެއްގަމު އަދި ވައިގެ ހަމަލާތައް ހުއްޓާނުލައިފިނަމަ އިޒްރޭލުގެ އިތުރު ސަރަހައްދުތަކަށް މިސައިލް ހަމަލާތައް ދޭން ރާވާފައިވާ ކަމަށް ހިޒްބުﷲގެ ވަގުތީ ލީޑަރު ނައީމް ޤާސިމް ބުނެފިއެވެ.

އަންގާރަ ދުވަހު ލައިވްގައި ދެއްކި ވާހަކައެއްގައި އޭނާ ބުނެފައިވަނީ، "ހައްލަކީ ހަނގުރާމަ އެއްކޮށް ހުއްޓާލުން ކަމަށާއި، ހިޒްބުﷲގެ މައި މަރުކަޒުތަކަށް ދެމުންދާ ހަމަލާތަކާއި އެޖަމާއަތުގެ އިސްވެރިން މެރުމުން ހިޒްބުﷲ ބަލިކުރެވޭނެ ކަމަށް ނުދެކޭ،" ކަމަށެވެ.

އޭނާ އިތުރަށް ބުނީ ހިޒްބުﷲގެ އަމާޒަކީ "ދުޝްމަނުންނަށް ގެއްލުން ދިނުން،" ކަމަށާއި، "މިއީ އިޒްރޭލުގެ ދެކުނު ސަރަޙައްދުތަކަށް އިތުރު ހަމަލާތައް ދޭނެ ކަމުގެ އިޝާރާތެއް،" ކަމަށެވެ.

ހަމައެއާއެކު، ޣައްޒާގައި އިޒްރޭލުން ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަކީ މެދުއިރުމަތީގައި އިތުރަށް ގޯސްވަމުންދާ މި ހަނގުރާމައިގެ "ޙައްލު" ކަމަށެވެ.

މި އަހަރުގެ ސެޕްޓެމްބަރު 27ން ފެށިގެން ޤާސިމް އަންނަނީ ހިޒްބުﷲގެ ވަގުތީ އިސްވެރިޔާގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ. އެއީ އެ ޖަމާޢަތުގެ ކުރީގެ އިސްވެރިޔާ، ޙަސަން ނަސްރުﷲ، އިޒްރޭލުގެ ވައިގެ ހަމަލާއެއްގައި އަވަހާރަވުމާ ގުޅިގެންނެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ހިޒްބުﷲ އާއި އިޒްރޭލުން އަންނަނީ ކޮންމެ ދުވަހަކުވެސް ބޯޑަރު ހުރަސްކޮށް އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާތައް ދެމުންނެވެ. ހަނގުރާމަ އިތުރަށް ގަދަވެގެން ދިން ދިޔައީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ މެދުތެރޭގައި އިޒްރޭލުން ބައިރޫތަށް އަދި ލުބުނާނުގެ ދެކުނަށް އެއްގަމުން ވަދެގަނެ ހަމަލާތައް ދޭން ފެށުމާ ގުޅިގެންނެވެ.

ލުބުނާނުގެ ޞިއްޙީ ވުޒާރާއިން ބުނާގޮތުގައި އިޒްރޭލުން ލުބުނާނަށް ހަމަލާދޭން ފެށިފަހުން ގާތްގަނޑަކަށް 2,350 މީހުން ވަނީ މަރުވެފައެވެ. ހަމައެއާއެކު، ސެޕްޓެމްބަރު މަހުގެ މެދުތެރެއިން ފެށިގެން މުޅި ޤައުމުގައި މަދުވެގެން 1,740 މީހުން މަރުވެފައިވާ ކަމަށާއި، ލުބުނާނުގެ ދެކުނާއި އިރުމަތީ ސަރަޙައްދުތަކުގައި އެއް މިލިއަނަށްވުރެ ގިނަ މީހުން އެމީހުންގެ ގެދޮރު ދޫކޮށް ފިލަން މަޖުބޫރުވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް