ކ. މާލެ
|
8 އޮކްޓޯބަރ 2024 | އަންގާރަ 17:17
އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާޤްޗީ އޮކްޓޯބަރ 8، 2024 ގައި ތެހެރާނުގައި އޮތް ކޮންފަރެންސްގައި ވާހަަކަފުޅު ދައްކަވަނީ
އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާޤްޗީ އޮކްޓޯބަރ 8، 2024 ގައި ތެހެރާނުގައި އޮތް ކޮންފަރެންސްގައި ވާހަަކަފުޅު ދައްކަވަނީ
ޕްރެސް ޓީވީ
އީރާން-އިޒްރޭލު ހަނގުރާމަ
އީރާނުގެ ޚާރިޖީ ވަޒީރު އިޒްރޭލަށް – އީރާނުގެ އަޒުމް ޓެސްޓްކުރަން ނޫޅޭ – ހަމާލާ ދޭނެ ތަންތާނގެ ލިސްޓު އޮތީ ތައްޔާރަށް
މި މަހުގެ ކުރީކޮޅު އިރާނުން އިޒްރޭލަށް ދިން ބެލިސްޓިކް ހަމަލާގެ ބަދަލު ހިފާނެ ކަމަށް އިޒްރޭލުން ތަކުރާރުކޮށް ވަނީ ބުނެފަ

ތެހެރާނުގެ އަޒުމް ޓެސްޓު ކުރަން އިޒްރޭލުން ނޫޅުމަށް ވިދާޅުވެ އިންޒާރުދެއްވައި، އީރާނުގެ މިސައިލުތައް ފޯރާ ހިސާބުގައި ހުރި އިޒްރޭލުގެ ޓާގެޓްތައް ތެލް އަވީވަށް ރަނގަޅަށް އެނގޭކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާޤްޗީ ވިދާޅުވެ ވާހަކަފުޅު ދައްކަވައިފިއެވެ. 

އަރާޤްޗީ އިޒްރޭލަށް އިންޒާރު ދެއްވައި ވާހަކަފުޅު ދައްކަވާފައިވަނީ، އަންގާރަ ދުވަހު ވެރިރަށް ތެހުރާނުގައި ބޭއްވުނު "އަލް-އަޤްޞާ ފްލަޑް؛ ދަ ބިގިނިންގ އޮފް ނަސްރުﷲ" ކޮންފަރެންސްގައެވެ.

ޚާރިޖީ ވަޒީރު ވިދާޅުވީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހަމާސްއިން އިޒްރޭލާ ދެކޮޅަށް ފެށި ތާރީޚީ އޮޕަރޭޝަނަކީ "ޝައްކެއްވެސް ނެތް ގޮތުގައި ޒަޔަނިސްޓު ވެރިކަމަށް ވަރަށް ހިތި ތަޖުރިބާއެއް ގެނެސްދީ، އެ ވެރިކަމަށް ބޮޑު ނިކަމެތި ކަމެއް ކުރިމަތިކުރި" އޮޕަރޭޝަނެއް ކަމަށެވެ.

އީރާނުގެ ޚާރިޖީ ވަޒީރުގެ މިވާހަކަފުޅަކީ އީރާނުގެ އިސްލާމީ އިންޤިލާބުގެ ރޫހާނީ ލީޑަރު އާޔަތުﷲ ސައްޔިދު ޢަލީ ޚާމަނާއީ ކުރިން ދެއްކެވި ވާހަކަފުޅުތަކާ އެއްގޮތް ވާހަކަފުޅުތަކެއްކަން ފާހަގަ ކުރެވެއެވެ. 

އީރާނުގެ ޚާރިޖީ ވަޒީރު އިތުރަށް ވިދާޅުވީ، އީރާނަށް އެއްވެސް ހަމަލާއެއް ދީފިނަމަ، އޭގެ ޖަވާބުގައި ކުރިއަށްވުރެ މާ ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ."

އޮކްޓޯބަރު 1 ގައި، އިރާނުގެ އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސް (އައިއާރްޖީސީ) އިން ދުއިސައްތަ އާ ގާތްކުރާ އަދަދެއްގެ ސުޕަރސޮނިކް ބެލިސްޓިކް މިސައިލް ހަމަލާ އިޒްރޭލުގެ އަސްކަރީ، ޖާސޫސީ އަދި އިންޓެލިޖެންސް މަރުކަޒުތަކަށް ދީ، އެތަންތަނަށް ވަނީ ގެއްލުން ދީފައެވެ.

"އޮޕަރޭޝަން ޓްރޫ ޕްރޮމިސް 2" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ހަމަލާއަކީ އިޒްރޭލުން ތެހެރާންގައި ހަމާސްގެ އިސްވެރިޔާ އިސްމާއީލް ހަނިއްޔާ އާއި، ބެއިރޫތުގައި ހިޒްބުﷲ ގެ ލީޑަރު ސައްޔިދު ހަސަން ނަސްރުﷲ އަދި އިރާނުގެ އަސްކަރީ އެޑްވައިޒަރެއްގެ ގޮތުގައި ލެބަނަންގައި ހުރި އައިއާރްޖީސީގެ ކޮމާންޑަރު އައްބާސް ނިލްފޮރޫޝަން އަވަހާރަކޮށްލުމުގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް އީރާނުން ވަނީ ބުނެފައެވެ.

"އީރާނުން ކުރާ ކޮންމެ ކަމެއް ވަރަށް ފުރިހަމައަށް މޮނިޓަރކޮށް ދިރާސާކުރަން. އަދި ރައްދު ދިނުމުގައި އަވަސްވެސް ނުވަން، ފަސްވެސް ނުވަން،" އަރާޤްޗީ ވިދާޅުވިއެވެ.

ފަލަސްތީނުގެ މައްސަލައަކީ މިހާރު ދުނިޔޭގެ އެންމެ މުހިންމު ކަންބޮޑުވުމަށް ވެފައިވާކަން ފާހަގަކުރައްވަމުން، އިރާނުގެ އިސް ޑިޕްލޮމެޓް ވިދާޅުވީ އިސްލާމީ ދިފާއީ ބާރު ހުރިހާ ދާއިރާއެއްގައިވެސް، ސޮފްޓްވެއަރ އަދި ހާޑްވެއަރ ހިމެނޭގޮތަށް، އޮތީ ވަރުގަދަކޮށް ކަމަށެވެ.

އަރާޤްޗީ އިތުރަށް ވިދާޅުވީ އިޒްރޭލާ ދެކޮޅަށް ހިންގާ ޖިހާދީ ހަރަކާތަކީ "އެއްވެސް އިރެއްގައި އެންމެ މީހެއްގެ މައްޗަށް ބަރޯސާވެފައި އޮންނަ ހަރަކާތެއް ނޫން،" ކަމަށެވެ. 

މި މަހުގެ ކުރީކޮޅު އިރާނުން އިޒްރޭލަށް ދިން ބެލިސްޓިކް ހަމަލާގެ ބަދަލު ހިފާނެ ކަމަށް އިޒްރޭލުން ތަކުރާރުކޮށް ވަނީ ބުނެފައެވެ. 

އަރާޤްޗީ ވިދާޅުވީ އީރާނުގެ މިސައިލްތަކުގެ ބާރު މިހާރު އިޒްރޭލަށް އޮންނާނީ ފެނިފައި ކަމުގައެވެ.

"އީރާނުގެ ހަތިޔާރުއެޅި ބާރުތަކުގެ ޤާބިލުކަމާއި ހުނަރުވެރިކަން ދުނިޔެއަށް ދެއްކިއްޖެ،" ކަމަށް އީރާނުން އިޒްރޭލަށް ދިން ހަމަލާ އާ ބެހޭ ގޮތުން އީރާނުގެ ރޫހާނީ ލީޑަރު ޚާމަނާއީ ވަނީ ކުރިން ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
- ގުޅުންހުރި
ހަނިއްޔާ އަވަހާރަކޮށްލި ހާދިސާއާ ގުޅުން ހުރި ކަމުގެ ތުހުމަތުގައި އީރާނުގެ އަސްކަރިއްޔާގެ އަދި އިންޓެލިޖެންސްގެ އިސް އޮފިސަރުންތަކެއް ހައްޔަރު ކޮށްފި
އިރާން، ހިޒްބުﷲ އިން ކުރިއަށް އޮތް 24 ނުވަތަ 48 ގަޑީއިރު ތެރޭ އިޒްރޭލަށް ހަމަލާދޭނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ޖީ-7 ގެ ޚާރިޖީ ވަޒީރުންނަށް ދަންނަވައިފި
އިޒްރޭލަށް ހަމަލާ ދިނުން ހިޒްބުﷲ އަށާއި އީރާނަށް ވާޖިބު: ހިޒްބުﷲ ގެ ވެރިޔާ
އީރާނުން އިޒްރޭލަށް ވަރުގަދަ ރައްދެއް ދޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން: އީރާނުގެ ޗީފް ކޮމާންޑަރ
އީރާން އާއި ހިޒްބުﷲ އިން އިޒްރޭލަށް ހަމަލާ ދޭނެ ކަމަށް ހީކުރި ވަރަށް ވުރެ ލަސްވެއްޖެ
އިޒްރޭލް ހިމާޔަތް ކުރަން އެމެރިކާއިން އެފް-22 ބޯޓުތައް ގަލްފަށް ފޮނުވައިފި
އީރާން އަކަށް އަދި އިޒްރޭލަކަށްވެސް އުރުދުން ހަނގުރާމައިގެ މައިދާނަކަށް ނުހެދޭނެ: އުރުދުންގެ ޚާރިޖީ ވަޒީރު
އެމެރިކާއިން މެދުއިރުމައްޗަށް ގައިޑެޑް މިސައިލް ސަބްމެރީން ފޮނުވަން ނިންމައިފި: ޕެންޓަގަން