ކ. މާލެ
|
4 އޮކްޓޯބަރ 2024 | ހުކުރު 15:36
ލުބުނާނުގެ ހިޒްބުﷲ ހަނގުރާމަވެރިންގެ ހަމަލާއެއްގައި މަރުވި ނުވަތަ ޒަޚަމްވި މީހުން އިޒްރޭލުގެ ހެލިކޮޕްޓަރެއްގައި އުފުލަނީ
ލުބުނާނުގެ ހިޒްބުﷲ ހަނގުރާމަވެރިންގެ ހަމަލާއެއްގައި މަރުވި ނުވަތަ ޒަޚަމްވި މީހުން އިޒްރޭލުގެ ހެލިކޮޕްޓަރެއްގައި އުފުލަނީ
ރޮއިޓާސް
ލުބުނާން-އިޒްރޭލް ހަނގުރާމަ
ހިޒްބުﷲ ގެ ހަމަލާތަކުގައި މަރުވާ އަދި ޒަޚަމްވާ އިޒްރޭލު ސިފައިން ހެލިކޮޕްޓަރުތަކުގައި އުފުލަނީ
ޙިޒްބުﷲ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލުން ދެކުނު ލުބުނާނަށް އަރައިގަތް ފަހުން މިހާތަނަށް މަދުވެގެން 17 އިޒްރޭލު ސިފައިން މަރުވެފައިވާ ކަމަށް

ލުބުނާނަށް އެރި އިޒްރޭލު ސިފައިންނަށް ހިޒްބުﷲ ހަނގުރާމަވެރިން ދޭ ހަމަލާތަކުގައި މަރުވާ އަދި ޒަޚަމްވާ އިޒްރޭލު ސިފައިން ހެލިކޮޕްޓަރުތަކުގައި އުފުލަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ހިޒްބުﷲ ގެ ހަނގުރާމަވެރިން ގެންދަނީ އިޒްރޭލު ސިފައިންނާ ކުރިމަތިލާ ވަރުގަދަ ހަމަލާތައް ދެމުންނެވެ. އަދި އޭގެ ސަބަބުން އިޒްރޭލު ސިފައިން އުއްމީދު ކުރި ކުރިއެރުން އެއްގަމު މަގުން ނުލިބޭ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ބުރާސްފަތި ދުވަހު އިޒްރޭލުގެ މީޑިއާތަކުން ރިޕޯޕޯޓުކުރި ގޮތުގައި ދެކުނު ލުބުނާނުގެ މަރޫން އަލް-ރާސް ކައިރީގައި އިޒްރޭލުގެ ސިފައިންގެ ގްރޫޕަކަށް ޙިޒްބުﷲ ގެ ޖިހާދީ ހަނގުރާމަވެރިން ބާރުގަދަ އެއްޗެއް ގޮއްވާލުމާ ގުޅިގެން އެ ސަރަހައްދަށް އިޒްރޭލުގެ ހެލިކޮޕްޓަރުތައް ފޮނުވާފައިވެއައިވެއެވެ.

ލުބުނާނުގެ ސެކިއުރިޓީ މަސްދަރަކުން ބުނެފައިވަނީ މިއީ ދެކުނު ލުބުނާނުގެ އެ އަވަށުގައި އިޒްރޭލުގެ ގޮލާނީ ބްރިގޭޑުގެ ކޮމާންޑަރުންނަށް އަމާޒުކޮށް ގޮއްވާލި ތިންވަނަ ޑިވައިސް ކަމަށެވެ. މަސްދަރުތަކުން ބުނާ ގޮތުގައި ގޮލާނީ ޔުނިޓަށް ދިން މިހަމަލާތަކުގެ ސަބަބުން އިޒްރޭލުގެ ބައެއް ސިފައިން މަރުވެ ބައެއް ސިފައިންވަނީ ޒަޚަމްވެފައެވެ.

ޙިޒްބުﷲ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލުް ދެކުނު ލުބުނާނަށް އަރައިގަތް ފަހުން މިހާތަނަށް މަދުވެގެން 17 އިޒްރޭލު ސިފައިން މަރުވެފައިވާ ކަމަށެވެ.

"އިސްލާމިކް ރެޒިސްޓަންސް އޮޕަރޭޝަންސް ރޫމުން މައިދާނުގައި ތިބި އަދި ސަލާމަތީ އިތުބާރުހުރި މަސްދަރުތަކުން ކަށަވަރުކޮށް މިދެނީ ބުރާސްފަތި ދުވަހު 03-10-2024 ގައި ހަނގުރާމަވެރި ބަޠަލުން ސަހްޔޫނީންނާ ކުރިމަތިލުންތަކުގައި ޢަދުއްވުންގެ އޮފިސަރުންނާއި ސިފައިންގެ ތެރެއިން މަރުވެފައިވާ މީހުންގެ އަދަދު 17 އޮފިސަރުންނާއި ސިފައިންނަށް އަރާފައިވާ ކަމަށެވެ،" އެ ބަޔާނުގައި ބުނެފައިވެއެވެ.

ބުރާސްފަތި ދުވަހުގެ ފަތިހުން ފެށިގެން، ލުބުނާނުގެ ހަނގުރާމަވެރިން ވަނީ ދެކުނު ލުބުނާނުގެ ގިނަ ސަރަޙައްދުތަކަކުން ކުރިއަށް ދިއުމަށް އިޒްރޭލުގެ އެލީޓް ބާރުތަކުން ކުރި ކޮންމެ މަސައްކަތަކަށް ހުރަސްއަޅަމުން ގޮސްފައެވެ.

އަދި އެ ފަރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ތަކެއްޗަށާއި މީހުންނަށް ދީފައެވެ.

ޙިޒްބުﷲގެ ހަނގުރާމަވެރިން ވަނީ އިޒްރޭލު ސިފައިން އެއްވެފައިވާ ތަންތަނަށާއި ކުރިއަށްދާން މަސައްކަތް ކުރި ޔުނިޓްތަކަށް އާޓިލަރީ ޝެލްތަކާއި ރޮކެޓްތަކުން ހަމަލާދީފައެވެ.

ބުރާސްފަތި ދުވަހު އިޒްރޭލު ސިފައިންގެ ފަރާތުން ބުނެފައިވަނީ ދެކުނު ލުބުނާނުގައި ހިނގި ހަނގުރާމައިގައި އެފަރާތުން މަރުވި މީހުންގެ އަދަދު 9 އަށް އަރާފައިވާ ކަމަށެވެ.

ހަނގުރާމައިގައި މަރުވާ އިޒްރޭލު ސިފައިންގެ ހަގީގީ އަދަދު ހާމަ ނުކުރުމާއި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްކޮށް ބުނުމަކީ އިޒްރޭލުން އާންމުކޮށް ކަންކުރާ ގޮތްކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް