ކ. މާލެ
|
30 ސެޕްޓެންބަރ 2024 | ހޯމަ 18:32
މަރުވެފައި އޮތް މީހާ ފެނުނީ އުސްފަސްގަނޑާ ދިމާލުން ކަނޑުމަތިން
މަރުވެފައި އޮތް މީހާ ފެނުނީ އުސްފަސްގަނޑާ ދިމާލުން ކަނޑުމަތިން
ގޫގްލް މެޕްސް
މީހަކު މަރުވެފައި އޮއްވާ ފެނުން
އުސްފަސްގަނޑާ ދިމާލުން މޫދުގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ
ފެނިފައިވަނީ ދިވެހި ފިރިހެނެއް
އައިޖީއެމްއެޗްއަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައި

އުސްފަސްގަނޑާ ދިމާލުން މޫދުގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ އުސްފަސްގަނޑާ ދިމާލުން ކަނޑުމަތީގައި މީހަކު މަރުވެފައި އޮތްކަމަށް ހަވީރު 5:06 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ނިޔާވެފައި އޮއްވާ ފެނުނީ ހ. ވެލަސްފަރުގެ އިބްރާހިމް ޖައުހަރީ (62އ) ކަމަށެވެ.

އަދި އެމީހާގެ ހަށިގަނޑު އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށާއި، ގެންދިޔައިރުވެސް މީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން އަންނަނީ މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.

- ކޮމެންޓް