ކ. މާލެ
|
29 ސެޕްޓެންބަރ 2024 | އާދީއްތަ 01:36
ޔަހްޔާ ސާރީ - ހޫތީންގެ ތަރުޖަމާނު
ޔަހްޔާ ސާރީ - ހޫތީންގެ ތަރުޖަމާނު
ގެޓީ އިމޭޖަސް
ޔަމަނުގެ ހޫތީން
ހޫތީން ބުނަނީ އިޒްރޭލުގެ ބެން ގުރިއޯން ވައިގެ ބަނދަރަށް ބެލިސްޓިކް މިސައިލް ހަމަލާއެއް ދީފި ކަމަށް
ހޫތީން ބުނެފައިވަނީ ހަމަލާ ދިނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނިއުޔޯކުން އެނބުރި ވަޑައިގަތުމާ ދިމާކޮށް ކަމަށް
ޚަބަރުގެ އޯޑިއޯ

ޔަމަނުގެ ހޫތީންގެ އަސްކަރީ ޚަބަރު ފަތުރާ ފަރާތުން ބުނެފައިވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނިއުޔޯކުން އެނބުރި ވަޑައިގަތުމާ ދިމާކޮށް ބެން ގުރިއޯން ވައިގެ ބަނދަރަށް ހަމަލާއެއް ދީފައިވާކަމަށެވެ.

މި ހަމަލާގައި ލިބުނު ގެއްލުމެއް ނުވަތަ މަރުވި މީހުންގެ މަޢުލޫމާތެއް ވަގުތުން ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫ އެނބުރި ވަޑައިގަތީ އދ.ގެ އާންމު މަޖިލީހުގައި ވާހަކަ ދެއްކެވުމަށްފަހު އެމެރިކާއިންނެވެ.

"މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ފަލަސްތީން-2 ބެލިސްޓިކް މިސައިލަކުންނެވެ،" ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސާރީގެ ބަޔާނެއްގައި ބުނެފައިވެއެވެ.

"ޔަމަނުގެ ހަތިޔާރުއެޅި ބާރުތަކުން - ޤައުމުގެ އިއްޒަތްތެރި އަދި މިނިވަން އެންމެހައި ރައްޔިތުންނާއެކު - އިޒްރޭލީ ދުޝްމަނުންގެ ޖަރީމާތަކަށް ރައްދު ދިނުމުގައި ކުރިއަށްދާނެއެވެ. އަދި ޣައްޒާ އާއި ލުބުނާނަށް އިޒްރޭލުންދޭ ހަމަލާތަކުގެ ހާލަތައް ބަލައި، ހަމަލާތައް ވަރުގަދަކުރަން ފަސް ނުޖެހޭނަމެވެ،" ހޫތީން ބުނެފައިވެއެވެ.

"މި އޮޕަރޭޝަންތައް ހުއްޓާލާނީ ޣައްޒާއާއި ލުބުނާނަށް ކުރިމަތިކުރާ އަނިޔާވެރިކަން ހުއްޓާލުމުންނެވެ."

- ކޮމެންޓް