ކ. މާލެ
|
26 ސެޕްޓެންބަރ 2024 | ބުރާސްފަތި 12:51
ރާއްޖެ އާއި އިންޑޮނޭޝިއާ ކުޅުނު މެޗުގެ ތެރެއިން
ރާއްޖެ އާއި އިންޑޮނޭޝިއާ ކުޅުނު މެޗުގެ ތެރެއިން
އެފްއޭއެމް
އޭޝިއަން ކަޕް ކޮލިފައިން
ފުރަތަމަ މެޗުގައި އިންޑޮނޭޝިއާ އަތުން ރާއްޖެ ބަލިވެއްޖެ
ފުރަތަމަ ހާފުގައި ރާއްޖެ އިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ދެ ވަނަ ހާފުގައި އެ ކުޅުން ތަކުރާރު ކުރެވޭ ގޮތެއް ނުވި އެވެ.

ވިހި އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގެ ގުރޫޕް ސްޓޭޖުގައި ރާއްޖެ އިން ކުޅުނު ފުރަތަމަ މެޗުގައި އިންޑޮނޭޝިއާ އަތުން ބަލިވެއްޖެ އެވެ.

އިންޑޮނޭޝިއާ ގައި މިހާރު ކުރިއަށްދާ ކޮލިފައިންގައި ރާއްޖެ އޮތީ ގުރޫޕް އެފްގަ އެވެ. މި ގުރޫޕުގައި ރާއްޖޭގެ އިތުރުން ދެން އޮތީ އިންޑޮނޭޝިއާ، ޔަމަން އަދި ޓިމޯ ލެސްޓޭ އެވެ. ބުދަ ދުވަހު ކުޅުނު މެޗުން ރާއްޖެ ބަލިވީ 4-0ންނެވެ. އެއީ މެޗުގެ ދެ ވަނަ ހާފުގައި އިންޑޮނޭޝިއާ އިން ޖެހި ތިން ލަނޑުންނެވެ.

ފުރަތަމަ ހާފުގައި ރާއްޖެ އިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ދެ ވަނަ ހާފުގައި އެ ކުޅުން ތަކުރާރު ކުރެވޭ ގޮތެއް ނުވި އެވެ. ދެ ވަނަ ހާފުގައި އިންޑޮނޭޝިއާ އަށް ލީޑު ނަގައިދިނީ މެޗުގެ 52 ވަނަ މިނެޓުގައި އަދިތުޔާ ވަރްމަން އެވެ. އޭގެ ތިން މިނެޓު ފަހުން އިންޑޮނޭޝިއާގެ ދެ ވަނަ ލަނޑު ޖެހީ ފިގޯ ޑެނިސް އެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

ދެ ވަނަ ލަނޑު ޖެހިތާ ދެ މިނެޓު ފަހުން އިންޑޮނޭޝިއާ އިން ވަނީ ތިން ވަނަ ލަނޑެއް ވެސް ޖަހައިފަ އެވެ. އެ ލަނޑު ޖަހައިދިނީ ޓޯނީ ފިރްމާންސްޔާ އެވެ. އޭނާ އެ ލަނޑު ޖެހީ އިންޑޮނޭޝިއާ އަށް ލިބުނު ހިލޭ ޖެހުމެއްގަ އެވެ. މެޗުގައި އިންޑޮނޭޝިއާގެ ހަތަރު ވަނަ ލަނޑު، 66 ވަނަ މިނެޓުގައި ޖެހީ ޖެންސް ރެވެން އެވެ.

ފުރަތަމަ މެޗުން ރާއްޖެ ބަލިވެފައިވާއިރު، ދެ ވަނަ މެޗުގައި ނިކުންނާނީ ޔަމަންއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ހުކުރު ދުވަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް