ކ. މާލެ
|
10 މެއި 2025 | ހޮނިހިރު 09:35
މެޗުގައި ލަނޑު ޖެހުމަށްފަހު ރާއްޖޭގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ރާއްޖޭގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ސައުތު އޭޝިއަން ފުޓުބޯޅަ ފެޑެރޭޝަން - ސާފް
19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް
ރާއްޖެ އިން ބަންގްލަދޭޝް އާއި އެއްވަރު ކޮށްފި
މި މެޗުގައި ފުރަތަމަ ދެ ލަނޑު ޖަހައި ކުރި ހޯދީ ބަންގްލަދޭޝް އިންނެވެ. ނަމަވެސް، ރާއްޖެ އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މިހާރު ކުރިއަަށްދާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ދިވެހި ރާއްޖެ އިން ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އާއި އެއްވަރު ކޮށްފި އެވެ.

އިންޑިގާއި ހުކުރު ދުވަހުގެ ފެށި މުބާރާތުގައި، ރާއްޖޭގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް އާއި އެއްވަރު ވެފައި ވަނީ 2-2 އިންނެވެ.

މި މެޗުގައި ފުރަތަމަ ދެ ލަނޑު ޖަހައި ކުރި ހޯދީ ބަންގްލަދޭޝް އިންނެވެ. ނަމަވެސް، ރާއްޖެ އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗު ފަށައިގެން 13 ވަނަ މިނެޓުގައި ބަންގްލަދޭޝް އަށް ލީޑު ނަގައިދިނީ ނަމްޒުލް ހުދާ ފައިސަލް އެވެ. އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފުގެ ފަހު ވަގުތުގައި އެމްޑީ ރިފާތު ކާޒީ ވަނީ ބަންގްލަދޭޝްގެ ދެ ވަނަ ލަނޑު ޖަަހައި ލީޑު ފުޅާ ކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި އަނޫފް ޢަބްދުالله ވަނީ ލަނޑު ޖަހައި ރާައްޖެ އަށް އުންމީދެއް ހޯދައިދީފަ އެވެ.

ދެ ވަނަ ހާފުގައި ރާއްޖެ އިން ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށް، މޮޅު ކުޅުމެއް ދެއްކި އެވެ. މެޗުގެ 73 ވަނަ މިނެޓުގައި ރާއްޖެ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އީތަން އިބްރާހިމް ޒަކީ އެވެ.

އޭގެ ފަހުން ވެސް ރާއްޖެ އިން ވަނީ މެޗުގައި ލަނޑު ޖަހާނެ ފުރުސަތު ތަކެއް ތަންވަސްކޮށްފަ އެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ރާއްޖެ ހިމެނުނު ގުރޫޕުގައި އޮތީ ބަންގްލަދޭޝްގެ އިތުރުން ބޫޓާން އެވެ.

- ކޮމެންޓް