Advertisement
ކ. މާލެ
|
20 ސެޕްޓެންބަރ 2024 | ހުކުރު 10:24
ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވާހަކަދައްކަވަނީ
ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވާހަކަދައްކަވަނީ
އެމްޑީޕީ
ރައީސް ޑރ މުއިއްޒުގެ ސަރުކާރު
ރައީސް މުއިއްޒުގެ ސަރުކާރު ނުވެއްޓޭނެ ކަމަށް ވިދާޅުވި ނަމަވެސް މިސަރުކާރު ވެއްޓޭނެ: މެންބަރު ނާޒިލް
ނުކުރާނަމޭ ވިދާޅުވާ ހުރިހާ ކަމެއް ރައީސް މުއިއްޒު ކުރައްވާ
އިންޑިއާ ސިފައިން ނުތިބޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އިންޑިއާ ސިފައިން އެބަތިބި
މި ސަރުކާރުން ރައްޔިތުން ބިކަކޮށް ނިކަމެތިކުރަމުން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރު ނުވެއްޓޭނެ ކަމަށް ވިދާޅުވި ނަމަވެސް މިސަރުކާރު ވެއްޓޭނެ ކަމަށް ދިވެހިރައްޔިތުން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ ޖަލްސާގައި މެންބަރު ނާޒިލް ވިދާޅުވީ ރައީސް މުއިއްޒު ސަރުކާރަކީ ދިމާ އިދިކޮޅަށް މަސައްކަތް ކުރާ ސަރުކާރެއް ކަމަށާއި، ނުކުރާނަމޭ ވިދާޅުވާ ހުރިހާ ކަމެއް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ކަމަށެވެ.

Advertisement

ނާޒިލް ވިދާޅުވީ މަސްވެރިންނަށް ދޭ ފައިސާ ކުޑަ ނުކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެފައިސާ ކުޑަކޮށްފައިވާ ކަމަށާއި، ޑޮލަރުގެ ރޭޓް މަތިނުވާނެ ކަމަށް ވިދާޅުވި ނަމަވެސް ޑޮލަރުގެ ރޭޓް މަތިވެފައިވާ ކަމަށެވެ. ފްލެޓު އަދި މާލޭގެ ރައްޔިތުންނަށް ގޯތި ދޭނެ ކަމަށް ވިދާޅުވި ނަމަވެސް މިއަދާ ހަމައަށް އެ ދޫކޮށްފައިނުވާ ކަމަށް ނާޒިލް ވިދާޅުވިއެވެ.

މީގެ އިތުރުން ނާޒިލް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ނުތިބޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އިންޑިއާ ސިފައިން އެބަތިބި ކަމަށެވެ. އަދި ރާއްޖޭގައި އިންޑިއާގެ ހެލްކޮޕްޓަރު ނުދުހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް ހެލްކޮޕްޓަރު ވެސް އުދުހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީއެންއެފްގެ ކަންތައްތައް ހިނގިރޭ ރައީސް ވިދާޅުވީ ނުނިދަމޭ. ހަމަޔަގީނުން ވެސް ނިދާފައި އޮންނާނީ. މަސްވެރިންނަށް ދޭ ފައިސާ ކުޑަ ނުކުރާނަމޭ. ހަމަޔަގީނުން ވެސް ކުޑަކޮށްފި. ނޫމަޑީގެ ބަޔާން ނުދެމޭ ނުދޭވާހަކަ ހަމަޔަގީނުން ވެސް ދިން. މާލޭ ރައްޔިތުންގެ ގޯތި ދޭނަމޭ. ހަމަޔަގީނުން ވެސް ނުދޭނެ. ފްލެޓު ދޭނަމޭ. އަދިވެސް ނުދޭ މިއީ ހަގީގަތަށް. އާސަންދަ ކަނޑާނުލާނަމޭ ކަނޑާލައިފި. ދުބާއީއަށް ށޭ ތައިލެންޑަށްށޭ ފޮނުވާނީ އަދިއެއް ނުފޮނުވާ. ޑޮލަރުގެ އަގު މަތިނުވާނެއޭ. ބޮޑުތަނުން މަތިވެއްޖެ. އިންޑިއާ ސިފައިން ނުތިބޭނެއޭ. އެބަ ތިބި. އިންޑިއާގެ ހެލްކަޕްޓަރު ދެން ނުދުހޭނޭ. އެބަ އުދުހޭ. އަޅުގަނޑު ހަމަ ނިންމާލަމުން ބުނާނީ މިސަރުކާރު ނުވެއްޓޭނޭ ވެސް ބުނި. ވެއްޓޭނެ މިސަރުކާރު
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

ނާޒިލް ވިދާޅުވީ މި ސަރުކާރުން ރައްޔިތުން ބިކަކޮށް ނިކަމެތިކުރަމުން ދަނީ ރައްޔިތުންގެ ފަރާތުން ބޭނުންވާ ހުރިހާ ކަމެއް ފުދުމުން ކަމަށެވެ. އެގޮތުން މިއަދު އާދައިގެ ރައްޔިތުން މީހާ ވަޒީފާއިން ވަކިކޮށް ރައްޔިތުން ނިކަމެތި ކުރަމުންދާ ކަމަށާއި، މިސަރުކާރުން ދެކެނީ ރައްޔިތުންނަކީ ތަންދޮރު ނުދައްނަ ބައެއްގެ ގޮތުގައި އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ އިގްތިސާދު ރަނގަޅުވަމުންދާ ކަމަށާއި، ނަމަވެސް މިސަރުކާރަށް ފައިސާ މެނޭޖްކުރަން ނޭނގޭ ކަމަށެވެ. އަދި ވަޒީފާތައް މަދުކުރި ނަމަވެސް ތިޖޫރީ ހުސްވާ ކަމަށް ނާޒިލް ވިދާޅުވިއެވެ. އަދި މިސަރުކާރުގައި ހުރިހާ ދެރަނިކަމެތި ކަމެއް ދެނީ ރައްޔިތުންނަށް ކަމަށާއި، މިގޮތަށް ގައުމު ކުރިއަށް ނުގެންދެވޭނެ ކަމަށް ނާޒިލް ވިދާޅުވިއެވެ.

Advertisement

Advertisement
- ކޮމެންޓް