Advertisement
ކ. މާލެ
|
27 ޖުލައި 2024 | ހޮނިހިރު 19:28
ކަސްޓަމްސް އާއި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެެއިން
ކަސްޓަމްސް އާއި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެެއިން
ރާއްޖެއެމްވީ
މަސްތުވާތަކެތީގެ މައްސަލަ
"2،120،000 ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި، މައްސަލައިގައި ތުހުމަތުކުރެވޭ ދިވެހިން ރާއްޖެއިން ބޭރުގައި ވެސް އެބަތިބި"
މަސްތުވާތަކެތި ފޮނުވާ ދިވެހިން ރާއްޖެއިން ބޭރުގައި ތިބިކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވޭ
ހައްޔަރުކުރި މީހުން މީހުން ބަންދުގައި ބައިތިއްބާފައި ވަނީ 15 ދުވަހުގެ މުއްދަތަކަށް
މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައި ވަނީ 24 ޖުލައިގައި

މި މަހުގެ 24 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި 2,120,000 ދެ މިލިއަން އެއްލައްކަ ވިހިހާސް ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.

ކަސްޓަމްސް އާއި ފުލުހުން ވަނީ ހޮނިހިރު ދުވަހު އެކަމާއި ގުޅޭ މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޓްރެފިކް އިންވެސްޓިގޭޝަންގެ ހެޑް، ޗީފް އިންސްޕެކްޓަރ އަހުމަދު ވަހީދު ވިދާޅުވީ މި މައްސަލައިގެ ތަހުގީގު އޮތީ އަދި ވަރަށް ކުރީ މަރުހަލާގައި ކަމަށާއި ބައެއް މައުލޫމާތުތައް އަދި ހާމަކުރެވެން ނެތް ކަމަށެވެ. މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޕާކިސްތާނުގެ ރައްޔިތަކާއި ދެ ދިވެހިން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ދެ ދިވެހިންގެ ތެރޭގައި ހިމެނެނީ 25 އަހަރުގެ ދިވެހި ފިރިހެނަކާއި 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެ އެންމެވެސް ވަނީ ކޯޓުއަމުރެއްގެ ދަށުން ބަންދުކޮށްފައި ކަމަށް ވަހީދު ވަނީ ވިދާޅުވެފައެވެ. އެ މީހުން ބަންދުގައި ބައިތިއްބާފައި ވަނީ 15 ދުވަހުގެ މުއްދަތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. ވަހީދު ވިދާޅުވީ މި މައްސަލައިގައި ހައްޔަރުކުރި ދެ ދިވެހިންނަކީ ކުށުގެ ރިކޯޑް އޮތް ބައެއް ކަމަށާއި މަސްތުވާތަކެތީގެ މައްސަލަތަކާއި އެ މީހުންނާއި ގުޅުން އެބަ އޮތް ކަމަށެވެ.

Advertisement

މި މައްސަލައިގެ ތަހުގީގަށް ބަލާއިރު، މަސްތުވާތަކެތި ފޮނުވާ ދިވެހިން ރާއްޖެއިން ބޭރުގައި ތިބިކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. މިގޮތުން އެ ފަރާތްތަކަކީ މި ކޭސްގައި ފާހަގަކުރާ މަސްތުވާތަކެއްޗާއި ގުޅުން ހުރި މީހުންކަމަށް ބެލެވޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ހައްޔަރުކުރެވިފައިވާ މީހުން މިކަމުގައި ބައިވެރިވާ މިންވަރާއި ގުޅޭ ގޮތުން ވެސް ތަހުގީގުގައި ހޯދުންތައް ހޯދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަސްޓަމްސްގެ އިންޓެލިޖެކްސްގެ ހެޑް ސުޕްރިޑެންޓެންޑް މުހައްމަދު އަފްޒަލް ވިދާޅުވީ މި މަހުގެ 24 ވަނަ ދުވަހު ހިންގި އިޕަރޭޝަނެއްގައި ވައިގެ މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު ދެ ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ. މަސްތުވާތަކެތި ފެނިފައި ވަނީ ޕާކިސްތާނަށް ނިސްބަތްވާ ފަސިންޖަރެއްގެ އަތުން ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާގެ އަތުން ފެނުނު ތަކެތި ޓެސްޓް ކުރި އިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެތަކެތީގެ ބަރުދަނުގައި 2.12 ކިލޯ ހުރި ކަމަށް އަފްޒަލް ވިދާޅުވިއެވެ.މަސްތުވާތަކެތި އަތުލައިގެންފައިވަނީ އަބޫދާބީ މަގުން ރާއްޖެއައި ފަސިންޖަރެއްގެ އަތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް