Advertisement
ކ. މާލެ
|
26 ޖުލައި 2025 | ހޮނިހިރު 08:39
އިންޑިއާގެ އެހީތެރިކަމާއެކު 10 ފަންގިފިލާއަށް ތަރައްގީކުރި އެމްއެންޑީއެފް ކޯސްޓު ގާޑުގެ ދޮށިމޭނާ ބިލްޑިން ހުޅުވުމުގެ ތެރެއިން
އިންޑިއާގެ އެހީތެރިކަމާއެކު 10 ފަންގިފިލާއަށް ތަރައްގީކުރި އެމްއެންޑީއެފް ކޯސްޓު ގާޑުގެ ދޮށިމޭނާ ބިލްޑިން ހުޅުވުމުގެ ތެރެއިން
ރައީސް އޮފީސް
އެމްއެންޑީއެފް
އިންޑިއާގެ އެހީތެރިކަމާއެކު އިމާރާތްކުރި ކޯސްޓު ގާޑުގެ ދޮށިމޭނާ ބިލްޑިން ހުޅުވައިފި
އިންޑިއާގެ އެހީތެރިކަމާއެކު 10 ފަންގިފިލާގެ އެމްއެންޑީއެފް ކޯސްޓް ގާޑުގެ ދޮށިމޭނާ ބިލްޑިން ހުޅުވީ ހުކުރު ދުވަހު
ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގެންފައިވަނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި

އިންޑިއާގެ އެހީތެރިކަމާއެކު 10 ފަންގިފިލާއަށް ތަރައްގީކުރި އެމްއެންޑީއެފް ކޯސްޓު ގާޑުގެ ދޮށިމޭނާ ބިލްޑިން ހުޅުވައިފި އެވެ.

އެމްއެންޑީއެފްގެ ދޮށިމޭނާ ބިލްޑިން ހުޅުވައިދެއްވީ އެކަމަށް ހުކުރު ދުވަހު އޮތް ރަސްމިއްޔާތެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި ރައީސް މުހައްމަދު މުއިއްޒު އެވެ.

ރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި މޯދީ ހުކުރު ދުވަހު ރާއްޖެ ވަޑައިގެންފައިވާއިރު، 10 ބުރިއަށް އިމާރާތް ކުރި ދޮށިމޭނާ ބިލްޑިންގެ އިތުރުން ރާއްޖޭގައި އިންޑިއާއިން ފަށާފައިވާ ބައެއް މަޝްރޫއުތަކުގެ ނިންމުން ވަނީ ފާހަގަކޮށްފަ އެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ހުކުރު ދުވަހު ރައީސް އޮފީހުގައި ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވީ، މީގެ ކުރިން ވެސް އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިން ގޮތަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

މޯދީ ރާއްޖެ ވަޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ދައުވަތަކަށް ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރަން ޖުލައި 26 ވަނަ ދުވަހު ބާއްވާ ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށެވެ.

- ކޮމެންޓް