Advertisement
ކ. މާލެ
|
26 ޖުލައި 2025 | ހޮނިހިރު 08:45
އިންޑިއާ އިން ރާއްޖެއަށް އާރޮގްޔާ މައިތުރީ ހެލްތު ކިއުބް ހަދިޔާކުރުން
އިންޑިއާ އިން ރާއްޖެއަށް އާރޮގްޔާ މައިތުރީ ހެލްތު ކިއުބް ހަދިޔާކުރުން
ރައީސް އޮފީސް
އިންޑިއާ-ރާއްޖެ ގުޅުން
އިންޑިއާއިން ރާއްޖެއަށް ޕޯޓަބަލް ދެ ހޮސްޕިޓަލް ހަދިޔާކޮށްފި
އިންޑިއާއިން ރާއްޖެއަށް ޕޯޓަބަލް ދެ ހޮސްޕިޓަލް ހަދިޔާކޮށްފައި ވަނީ ހުކުރު ދުވަހު މިކަމަށް ބޭއްވި ރަސްމިއްޔާތުގައި
އެއްތަނުން އަނެއް ތަނަށް ގެންދެވޭ މި ހޮސްޕިޓަލްތަކުން އައިސީޔޫ، އޮޕަރޭޝަން ތިއޭޓަރު، އެކްސް-ރޭ އަދި އެމެޖެންސީ ހިދުމަތްތައް ލިބޭނެ
މިއިން ކޮންމެ ކިއުބަކުން 72 ގަޑިއިރު މެދުނުކެނޑި އޮޕަރޭޓްކުރެވި 200 މީހުންނަށް ފަރުވާދެވޭނެ

އިންޑިއާއިން ރާއްޖެއަށް ޕޯޓަބަލް ދެ ހޮސްޕިޓަލް ހަދިޔާކޮށްފި އެވެ.

އެ ހެލްތު ކިއުބް ހަވާލުކުރީ އިންޑިއާގެ ބޮޑުވަޒީރު ނެރެންދުރަ މޯދީ ހުކުރު ދުވަހު ރާއްޖެއަށް ފެއްޓެވި ފުރަމާނަ ދަތުރުފުޅާ ގުޅިގެން ސަލްޓަން ޕާކުގައި މިއަދު ބޭއްވި ހާއްސަ ރަަސްމިއްޔާތެއްގަ އެވެ.

ހުކުރު ދުވަހު ހަވީރު ސަލްޓަން ޕާކުގައި ބޭއްވި މި ހަފުލާގައި ހޮސްޕިޓަލްތަކާ ހަވާލުވެ ވަޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

"އަރޯގްޔާ މައިތިރީ ހެލްތު ކިއުބް" އަކީ ޕޯޓަބަލް ހޮސްޕިޓަލެއް ގޮތަށް އެއްތަނުން އަނެއް ތަނަށް ގެންދެވޭ ގޮތަށް ދުނިޔޭގައި ތަރައްގީކުރި އެފަދަ ފުރަތަމަ ކިއުބެވެ. މި ހޮސްޕިޓަލްތަކުން އައިސީޔޫ، އޮޕަރޭޝަން ތިއޭޓަރު، އެކްސް-ރޭ އަދި އެމެޖެންސީ ހިދުމަތްތައް ލިބޭނެ އެވެ.

އެ ކިއުބްގައި އެކި ހާލަތްތަކުގައި ބޭނުންކުރާނެ ކިޓްތަކާއި ބޭހުގެ އިތުރުން ހާލަތައް ރިއާޔަތްކޮށް ހަދަންޖެހޭ ސެޓްއަޕް ހެދުމަށް ބޭނުންވާ ސާމާނު ހިމެނެއެވެ. އަދި މި ކިއުބް ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ "ބީޝްމް އެޕް" މެދުވެރިކޮށް މިނީ ކިއުބްތަކުގެ މައުލޫމާތު ލިބި، އޭގައި ހިމެނޭ ސާމާނު ޓްރެކް ކުރެވޭނެއެވެ.

ޕަވަ ޖަނަރޭޓަރާ ވެސް އެކު ހުންނަ މި ހެލްތު ކިއުބްގައި ލޭގެ ޓެސްޓްތައް ހަދަން ބޭނުންވާ ސާމާނު ވެސް ހުންނަ އިރު މިއީ ބޮޑެތި ކާރިސާތަކުގައި ގިނަ ބަޔަކަށް ކުއްލި ފަރުވާ މަތީ ފެންވަރުގައި ފޯރުކޮށްދެވޭ ގޮތަށް ތަރައްގީ ކޮށްފައިވާ އެއްޗެކެވެ.

މިއިން ކިއުބަކުން މެދުނުކެނޑި 72 ގަޑިއިރު އޮޕަރޭޓްކުރެވޭނެ އެވެ. އަދި މީގެ އިތުރުން 200 މީހުންނަށް ފަރުވާދެވޭނެ އެވެ. ހެލިކޮޕްޓަރާއި ޕެރަޝޫޓްގައި ވެސް ކޮންމެ ތާކަށް ވެސް ގެންގޮސް ބޭނުން ކުރެވޭ މި ކިއުބްގެ ސެޓްއަޕް ރާވައި، ފަރުވާގެ ކަންކަން ފެށުމަށް ހޭދަވާނީ އެންމެ 12 މިނެޓެވެ.

އިންޑިއާއިން ހަދިޔާކުރާ އެ ދެ ޕޯޓަބަލް ކިއުބް ހިންގުމުގައި ހަރަކާތްތެރިވާނީ ހެލްތު މިނިސްޓްރީގެ ދަށުން ހިނގަމުންދާ މޯލްޑިވްސް އެމަޖެންސީ މެޑިކަލް ސަރވިސް (އީއެމްއެސް) އިންނެވެ.

މޯލްޑިވްސް އެމަޖެންސީ މެޑިކަލް ސަރވިސް އަށް އިންޑިއާ ސަރުކާރުން ވަނީ "އަރޯގްޔާ މައިތިރީ ހެލްތު ކިއުބް" އާއި ގުޅޭ ޓްރޭނިންގ ޕްރޮގްރާމެއް ވެސް ހިންގާފައި އެވެ.

- ކޮމެންޓް