Advertisement
ކ. މާލެ
|
24 ޖުލައި 2025 | ބުރާސްފަތި 19:06
ޅޮހީގެ ރައްޔިތުންނާ ބައްދަލުކޮށް ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ
ޅޮހީގެ ރައްޔިތުންނާ ބައްދަލުކޮށް ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ
ރައީސް އޮފީސް
ނ ޅޮހި
ޅޮހީގެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ރައީސް މުޢިއްޒު އަނެއްކާ ވެސް ތަކުރާރު ކުރައްވައިފި
ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ އެ ރަށުގެ ތަރައްޤީ އަކަށްޓަކައި ރައްޔިތުން އެދިފައިވާ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް މާ ލަގެއް ނުވެ ފަށާނެ ކަމަށް.

ނ.އަތޮޅު ޅޮހީގެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަނެއްކާ ވެސް ތަކުރާރު ކުރައްވައިފި އެވެ.

ބުރާސްފަތި ދުވަހު ޅޮއްސަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ އެ ރަށުގެ ތަރައްޤީ އަކަށްޓަކައި ރައްޔިތުން އެދިފައިވާ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް މާ ލަހެއް ނުވެ ފަށާނެ ކަމަށެވެ. އަދި އެކަންކަން ފުރިހަމަ ކޮށްދެއްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެ އެވެ.

ރައީސް މުޢިއްޒު ވިދާޅުވީ އެދެވޭ ގޮތުގައި ހުރިހާ މޫސުމެއްގައި ފުރިހަމަ އަށް ބަނދަރު ބޭނުން ކުރުމުގައި ދަތިތަކެއް ހުރިކަމަށާއި، އެކަމުގެ ފަންނީ ލަފަޔާއެކު، ރައްޔިތުން އެދިފައިވާ ގޮތަށް، ދިގު މުއްދަތަކަށް ބަނދަރުގެ ބޭނުން ހިފޭނެ ގޮތަށް އެ މަސައްކަތް ނިންމާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ހިންގާ ތަރައްޤީގެ މަޝްރޫއުތަކެއްގައި ވަރަށް އަވަހަށް ސޮއި ކުރެވޭނެ ކަމަށެވެ. އަދި އެކަމުގެ އަމަލީ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

ޅޮހީގެ ޞިއްޙީ މަރުކަޒަށް ބޭނުންވާ ހުރިހާ ޚިދުމަތްތަކެއް ދެވޭ ގޮތަށް އިމާރާތް އެޅުމަށް މިއަހަރުގެ ފަހު ކޮޅު އަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި، ވަސީލަތްތައް ފުރިހަމަ ވެފައިވާ އިމާރާތެއް އެޅުމުގެ މަޝްރޫއު އަންނަ އަހަރު ފެށޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުޢިއްޒު ވަނީ މީގެ އިތުރުން ވެސް ޅޮހީގެ ތަރައްޤީ އަށް ކުރަން ޖެހޭ ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ރައީސް މިހެން ވިދާޅުވެފައިވާއިރު، މިއީ މީގެ ކުރިން ވެސް އެމަނިކުފާނު އެ ރަށަށް ވެފައިވާ ވައުދުތަކެވެ.

- ކޮމެންޓް