ކ. މާލެ
|
14 ސެޕްޓެންބަރ 2024 | ހޮނިހިރު 13:58
ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް
ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް
ރޮއިޓާސް
މެންޗެސްޓަރ ޔުނައިޓެޑު
އަމާޒުތަކެއް އެބަހުރި، ޙާސިލުވާނެ ކަމުގެ ޔަޤީންކަން ވެސް އެބަ އޮތް: ޓެން ހާގް
އައު ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑުން މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު، މޮޅުވީ އެންމެ މެޗަކުންނެވެ.

މެންޗެސްޓަރ ޔުނައިޓެޑާ އެކު ކުރިއަށް ދިޔުމުގައި އަމާޒުތަކެއް އެބަހުރި ކަމަށާއި، އެކަންކަން ޙާސިލު ވާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް ވެސް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

ޓެން ހާގް ބުނީ، ފުޓުބޯޅައިގައި ޙާސިލު ކުރަން ޖެހޭ މަދު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ މޮޅުވުން ކަމަށާއި، ދެން ޖެހޭނީ ނަތީޖާ ނެރެން ކަމަށެވެ. އެކަމަކީ ވަރަށް ސާފުކޮށް ފެންނަން އޮތް ދެ ކަންތައް ކަމަށާއި، އޭނާ ވެސް މަސައްކަތް ކުރަމުން ދަނީ އެކަންކަން ޙާސިލު ކުރުމަށް ކަމަށް ޓެން ހާގް ބުންޏެވެ.

މީގެ އިތުރުން ޓެން ހާގް ބުނީ ޔުނައިޓެޑުގެ އައު ވެރިން ވެސް ތިބީ އެކަން ޤަބޫލުކޮށްގެން ކަމަށާއި، ކަންކަން ކުރުމުގައި އެމީހުންނާ މަޝްވަރާކޮށް އަދި ވާހަކަ ދެކެވޭ ކަމަށެވެ. އަދި ގުޅިގެން މަސައްކަތް ކުރަމުން އަންނައިރު، ވެރިން ވެސް އެ ވާހަކަތައް ތަކުރާރު ކުރަމުންދާ ކަމަށް ޓެން ހާގް ބުންޏެވެ. އެކަން ފާހަގަކޮށް ޓެން ހާގް ބުނީ، މިހާތަނަށް ޔުނައިޓެޑަށް ޙާސިލު ކުރެވިފައިވާ ޓާގެޓުތަކަށް ވުރެ ވެސް، ބޮޑެތި ޓާގެޓުތަކެއް ޙާސިލު ކުރަން މަސައްކަތް ކުރާ ކަމަށެވެ.

މީގެ އިތުރުން ޓެން ހާގް ބުނީ ފާއިތުވި ނުވަ ވަރަކަށް މަސް ދުވަސް، ނުވަތަ އަށް ވަރަކަށް މަސް ދުވަހަށް ބަލާއިރު، ކުލަބަށް ބަދަލިތަކެއް އަތުވެއްޖެ ކަމަށެވެ. އައު ވެރިންނާއެކު، ކުލަބުގެ އައު އަމާޒުތަކަކާއި، ލަނޑު ދަނޑިތަކެއް ވެސް އޮންނާނެ ކަމަށް ޓެން ހާގް ބުންޏެވެ. އަދި އެކަންކަން ޙާސިލު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޭނާ އަށް އޮތް ކަމަށް ވެސް ޓެން ހާގް ވަނީ ބުނެފަ އެވެ.

އައު ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑުން މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު، މޮޅުވީ އެންމެ މެޗަކުންނެވެ. ދެ މެޗުން ބަލިވެފައިވާއިރު، ތިން ޕޮއިންޓާ އެކު ޔުނައިޓެޑު އޮތީ 14 ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް