Advertisement
ކ. މާލެ
|
8 ސެޕްޓެންބަރ 2024 | އާދީއްތަ 17:18
އެޗްއާރުސީއެމްއަށް އައްޔަންކުރެއްވި ހަބީބު އަދި ޖޭއެސްއީއަށް އައްޔަންކުރެއްވި ފަރުހާދު
އެޗްއާރުސީއެމްއަށް އައްޔަންކުރެއްވި ހަބީބު އަދި ޖޭއެސްއީއަށް އައްޔަންކުރެއްވި ފަރުހާދު
ރާއްޖެއެމްވީ
އެޗްއާރުސީއެމް އަށް އައު މެމްބަރަކު އައްޔަނުކުރުން
އެޗްއާރްސީއެމްގެ މެމްބަރު ކަމަށް ހަބީބު، ޖޭއެސްސީގެ މެމްބަރު ކަމަށް ފަރުހާދު އައްޔަނުކުރައްވައިފި
މި މަޤާމަށް މި ދެ ބޭފުޅުން އައްޔަންކޮށްފައިވަނީ އާދިއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްގެ މެމްބަރުކަމުގެ މަގާމަށް އިސްމާއިލް ހަބީބް އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެމްބަރުކަމަށް ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުތަކުން އިންތިޚާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުން ފަރުހާދު ރަޝީދު އައްޔަންކުރައްވައިފިއެވެ.

އެޗްއާރުސީއެމްގެ މެމްބަރު ކަމުގެ މަޤާމަށް އައްޔަނުކުރައްވާފައިވަނީ ގ. ގާކޮށި ފްލެޓް 111-ބީ، އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމެވެ.

މި މަޤާމަށް އޭނާ ޢައްޔަންކުރެއްވިކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވާފައިވަނީ އާދިއްތަ ދުވަހުގެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އޭނާއަށް އެޗްއާރްސީއެމްގެ މެމްބަރުކަމުގެ ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނެވެ.

Advertisement

މީގެ ކުރިން، ޙަބީބު ހުންނެވީ، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވައިސް ޗެއާޕާސަންގެ މަޤާމުގައެވެ. މީގެއިތުރުން، ޙަބީބު ވަނީ ޖެހިޖެހިގެން ދެ ދައުރު އީސީގެ މެމްބަރުކަމުގެ މަޤާމުވެސް އަދާކުރައްވާފައެވެ.

ތަޢުލީމީ ގޮތުން ބަލާއިރު، ޙަބީބަކީ ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން މާސްޓަރ އޮފް އާޓްސް (ދިވެހި ލޭންގުއޭޖް) ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

އެޗްއާރުސީއެމް މެމްބަރު ކަމަށް އަލްއުސްތާޛު އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް އައްޔަނުކުރެއްވި ރަސްމިއްޔާތުގެ ތެރެއިން - އެޗްއާރްސީއެމް

މީގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެމްބަރުކަމަށް ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުތަކުން އިންތިހާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުން، ގދ. ފިޔޯރީ، ލަންސިމޫގެ ފަރުހާދު ރަޝީދު، މި މަގާމަށް އައްޔަނު ކުރައްވާފައި ވަނީ އާދީއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ފަރުހާދު ރަޝީދު، މި މަގާމަށް އައްޔަންކުރެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ރ) އާއި، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން ފަރުހާދު ރަޝީދު، ވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވާފައެވެ.

ފަރުހާދު ރަޝީދަށް ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިންއެވެ. އަދި ހުވައިގެ އިގުރާރުގައި ފަރުހާދު ރަޝީދު، ވަނީ ސޮއިކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ފަރުހާދު ރަޝީދުއާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. ފަރުހާދު ރަޝީދު 2013 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވަނީ މަދަނީ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައެވެ. ފަރުހާދު ރަޝީދު ވަނީ މޯލްޑިވްސް ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ބެޗްލަރސް ޑިގްރީ އިން ޝަރީއާ އެންޑް ލޯ ހާސިލްކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް