Advertisement
ކ. މާލެ
|
30 ޖުލައި 2024 | އަންގާރަ 10:10
ކޭ-ޕާކު މައްސަލައިގައި ދައުވާ އުފުލާފައިވާ ހަސަން މަމްދޫޙު
ކޭ-ޕާކު މައްސަލައިގައި ދައުވާ އުފުލާފައިވާ ހަސަން މަމްދޫޙު
ސޯޝަލްމީޑިއާ
ކޭ-ޕާކް މައްސަލަ
ކޭ-ޕާކް މައްސަލަ: ވަކީލަކު އައްޔަނު ކުރަން ފުރުސަތު ދީފި
މަދުވާ ލިއުމެއް ވާނަމަ އެކަން ޝަރީއަތަށް އަންގައިދިނުމަށް ގާޒީ ދެންނެވި
ގާޒީ ވަނީ ވަކީލަކު އައްޔަނު ކުރުމަށް 10 ދުވަހުގެ މުހުލަތެއް ދެއްވާފައި
ޚަބަރުގެ އޯޑިއޯ

ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކޭ-ޕާކް ފްލެޓްތަކުގެ މައްސަލާގައި ދައުވާ އުފުލާފައިވާ ފަރާތްތަކަށް ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތު ދީފިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ހަސަން މަމްދޫހު (މަންޑޭ)ގެ އިތުރުން ޖައިޝާން ސައީދުގެ މައްޗަށެވެ. މަންޑޭގެ މައްޗަށް މިހާތަނަށް 104 ދައުވާ އުފުލާފައިވާއިރު، ޖައިޝާންގެ މައްޗަށް 97 ދައުވާ އުފުލާފައިވެއެވެ.

އަންގާރަ ދުވަހުގެ އަޑުއެހުމުގައި ގާޒީ އަލީ ނަދީމް ވަނީ ލިއެކިއުންތައް ލިބިފައިވޭތޯ ކަށަވަރު ކުރައްވާފައެވެ. އަދި މަދުވާ ލިއުމެއް ވާނަމަ އެކަން ޝަރީއަތަށް އަންގައިދިނުމަށް ގާޒީ ދެންނެވިއެވެ.

އޭގެ އިތުރުން ގާޒީ ވަނީ ވަކީލެއްގެ ފުރުސަތު ބޭނުންވޭތޯ ދެފަރާތަށްވެސް ސުވާލު ކުރައްވާފައެވެ. ދައުވާ ލިބޭ ދެމީހުންވެސް ބުނެފައިވަނީ އެމީހުން ވަކީލެއްގެ ފުރުސަތު ބޭނުންވާ ކަމަށާއި، އަމިއްލައަށް ވަކީލަކު އައްޔަނު ކުރަން ބޭނުންވާކަމަށް ބުނެފައެވެ.

އެހެންކަމުން ގާޒީ ވަނީ ވަކީލަކު އައްޔަނު ކުރުމަށް 10 ދުވަހުގެ މުހުލަތެއް ދެއްވާފައެވެ. ގާޒީ ވިދާޅުވީ، ދެން އޮންނަ އަޑުއެހުމެއްގައި ވަކީލަކާ ނުލައި ހާޒިރުވިނަމަވެސް މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށެވެ.

Advertisement

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްގީކުރަމުންދާ ކޭ-ޕާކް ރެޒިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި އޮޅުވާލުމާއި، މަކަރާއި ހީލަތް ހަދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ފުރިހަމަކޮށް، ގެއްލުން ލިބުނު 51 މީހުންނާ ގުޅިގެން ދައުވާތައް ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅީ 12 ޑިސެންބަރު 2023ގައެވެ.

މި ދައުވާތަކުގައި، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި، އެނގިހުރެ، ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާތައް ކޮށްފައިވަނީ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ %95 ހިއްސާދާރު، ޖިން ޝިހޫގެ ހުއްދަ ނެތި، އޭނާގެ ނަމުގައި ސައްހަނޫން ސޮއިކޮށްފައިވާ ލިޔުންތަކެއް ބީއެމްއެލަށް ހުށަހަޅާފައިވާތީއެވެ.

ޕީޖީން ބުނީ، ޓެކުމާއި، ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކޮށްފައިވަނީ ކޭ-ޕާކް ރެޒިޑެންސްގެ ނަމުގައި ހުޅުމާލޭގައި 110 (ސަތޭކަ ދިހައެއް) އެޕާޓްމަންޓް ހިމެނޭ ރެޒިޑެންޝަލް ކޮމްޕްލެކްސްއެއް އިމާރާތްކުރުމަށް ފަށައި، މި ޕްރޮޖެކެޓް ހިންގާކަން އާންމުކޮށް އިއުލާންކޮށް، އާންމުންނަށް މި އެޕާޓްމަންޓްތައް ވިއްކިއިރު، އެއް އެޕާޓްމަންޓެއް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކައި، އެމީހުންގެ އަތުން ފައިސާ ނަގާފައި ވާތީކަމަށެވެ. އަދި އޮޅުވާލުމުގެ ދައުވާކޮށްފައިވަނީ އެއް އެޕާޓްމަންޓެއް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކިއިރު އެކަން އެޕާޓްމަންޓް ގަތް މީހުންނަށް އޮޅުވާލާފައި ވާތީކަމަށެވެ.

މަނީ ލޯންޑްރިންގއާއި މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާކޮށްފައިވަނީ އެކި ފަރާތްތަކުން އެޕާޓްމަންޓް ގަތުމަށް ފޮނުވާފައިވާ ފައިސާއާއި، ގޮތް ނޭނގޭ އެކި ގޮތްގޮތަށާއި، ނަގުދު ފައިސާ ޑިޕޮސިޓްކޮށް، އެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއާ އެއްކޮށްގެން، އެ އެކައުންޓް މަންޑޭ ބޭނުންކުރަމުން އައިސް، އެ އެކައުންޓްގައިވާ ފައިސާއިން ހުޅުމާލޭގައި އެފްޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ތަރައްގީކޮށްފައިވާ އެފްޑަބްލިއު ރެޒިޑެންސްގެ އެޕާޓްމަންޓެއް ގަނެފައި ވާތީކަމަށް ޕީޖީން ބުނެއެވެ.

ޕީޖީން ބުނީ މިހާރު ހުށަހަޅާފައިވާ 201 ދައުވާއާ ގުޅިގެން، ގެއްލުން ލިބިފައިވާ ފަރާތްތަކަށް ގެއްލުމުގެ ބަދަލު ނަގައިދިނުމަށްވެސް މި ދައުވާތަކުގައި އެދިފައިވާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް