Advertisement
ކ. މާލެ
|
14 އޯގަސްޓް 2025 | ބުރާސްފަތި 19:28
ގާރޑްންބިޔުޓީ / މާލެ، އަޙްމަދު ނައުފަލް (29އ)
ގާރޑްންބިޔުޓީ / މާލެ، އަޙްމަދު ނައުފަލް (29އ)
ރާއްޖެއެމްވީ
ބަންދުގައި ހުރި މީހަކު ކޯޓަށް ހާޒިރުކުރުން
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
ކްރިމިނަލް ކޯޓަށް ހާޒިރުނުވާތީ އަޙްމަދު ނައުފަލް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން
އޮގަސްޓް 18 ވަނަ ދުވަހުގެ 09:00 އަށް އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ވަނީ އަމުރު ކޮށްފަ
އަޙްމަދު ނައުފަލްއާ ބެހޭ މައުލޫމާތެއް ލިބިފައިވާ ފަރާތްތަކުން 9991442 އަށް ގުޅުމަށް އެދޭ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ހޯދަމުންދާ ކަމަށެވެ. އެގޮތުން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

މި އަމުރާ ގުޅިގެން ހޯދަމުންދަނީ ހ. ގާރޑްންބިޔުޓީ / މާލެ، އަޙްމަދު ނައުފަލް (29އ) އެވެ.

އަޙްމަދު ނައުފަލް ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2025 އޮގަސްޓް 18 ވަނަ ދުވަހުގެ 09:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

އަޙްމަދު ނައުފަލްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ ބުނެފައެވެ.

- ކޮމެންޓް