Advertisement
ކ. މާލެ
|
23 އޯގަސްޓް 2024 | ހުކުރު 18:33
ހެލްތް މިނިސްޓްރީ، ރައީސް އޮފީސް އަދި ޤާނޫނު އަސާސީ
ހެލްތް މިނިސްޓްރީ، ރައީސް އޮފީސް އަދި ޤާނޫނު އަސާސީ
ރާއްޖެއެމްވީ
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު
ޤާނޫނީގޮތުން އުފެދިފައިވާ އިދާރާއެއް ރައީސް މުއިއްޒު އަލުން އުފައްދަވައިފި
އެ އިދާރާއަކީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ
ރައީސް ޑރ.މުހައްމަދު މުއިއްޒު އެ އޮތޯރިޓީ ޤާއިމްކުރެއްވީ ހުކުރު ދުވަހު
ޚަބަރުގެ އޯޑިއޯ

ޤާނޫނީގޮތުން އުފެދިފައިވާ އިދާރާއެއް ރައީސް މުއިއްޒު އަލުން އުފައްދަވައިފިއެވެ.

އެ އިދާރާ އުފައްދާފައިވަނީ ޤާނޫނު ނަންބަރު 6/2024 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު)ގެ 8ވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު އެ އޮތޯރިޓީ ޤާއިމްކުރެއްވީ ހުކުރު ދުވަހުއެވެ.

އެ އިދާރާއަކީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޤާނޫނު ނަންބަރު 6/2024 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު)ގެ ދަށުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ގާއިމުކުރެއްވުމާ ގުޅިގެން، މިހާތަނަށް މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންއައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ހުކުރު ދުވަހުން ފެށިގެން ވަނީ އުވާލާފައެވެ.

އެހެންކަމުންމި ބަދަލާއި އެކު ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ޤާނޫނު ނަންބަރު 6/2024 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު)ގެ ދަށުން ގާއިމުކޮށްފައިވާ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންއައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ހަމަޖައްސަވައިފައިވާ ނަންބަރު 182 ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Advertisement

ކާބޯތަކެތީގެ ގާނޫނަށް އަމަލު ކުރަން ހުކުރު ދުވަހު ވަނީ ފަށާފައެވެ. ކާބޯތަކެތީގެ ގާނޫނުގެ ދަށުން ކަނޑައެޅިފައިވާ މިންގަނޑުތަކާއި ހިލާފުވާ ފަރާތްތަކާއި ތަންތަން ޖޫރިމަނާކޮށް ލައިސަންސް ހިފަހެއްޓުމުގެ ބާރު އެ އޮތޯރިޓީ އަށް ވަނީ ލިބިދީފައެވެ. އަދި އެ ތަންތަނުގެ މައުލޫމާތު އާންމު ކުރުމުގެ އިޚުތިޔާރު ވެސް ގާނޫނުން އެމްއެފްޑީއޭއަށް ލިބިދެއެވެ.

ޤާނޫނީގޮތުން އުފެދިފައިވާ އިދާރާއެއް ރައީސް މުއިއްޒު އަލުން އުފެއްދެވުމާ ގުޅިގެން އެކަން ސަމާލުކަމަށް ގެނެސް އެމްޑީޕީގެ ޤާނޫނީ ކޮމިޓީގެ މެމްބަރު އަހުމަދު މައުރޫފް ވަނީ އެކްސްގައި ޕޯސްޓެއް ހިއްސާކުރައްވާފައެވެ.

އޭނާ ވިދާޅުވީ މި އަހަރުގެ މޭ މަހުގެ 13 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، މޭ 23 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް، 3 މަސް ފަހުން މިއަދު (އޮގަސްޓު 23 ވަނަ ދުވަހު) ޢަމަލުކުރަން ފެށުނު ޤާނޫނު ނަންބަރު 6/2024 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރަނީ، "މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު "މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދުނީއެވެ" މިފަދައިން ކަމަށެވެ.

އެހެންކަމުން އެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ޤާނޫނުގެ ޒަރީއާއިން އިދާރާ ގާއިމުވާނެތީ އަލުން ގާއިމުކުރާކަށް ނުޖެހޭނެކަން ފާހަގަކޮށްލެވެއެވެ.

މައުރޫފް ވަނީ އެ ގާނޫނާއި އެކު ކުރިން ހިނގަމުން އައި އިދާރާ ޤާނޫނީގޮތުން އުވުނީކަން ފާހަަގަކުރައްވާފައެެވެ. އުވައިލާކަށް ވެސް ނުޖެހެއެވެ. މުދަލާއި، ވަސީލަތްތަކާއި ބަޖެޓާއި މުވައްޒަފުންވެސް އައު އިދާރާގެ ދަށަށް ބަދަލުވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ އިދާރާއެއް/ ޑިޕާޓްމަންޓެއް/ ކޮމިޝަނެއް/ ލަފާދޭ ކައުންސިލެއް ނުވަތަ ބޯޑެއް ރައީސް އުފައްދަވަނީ، ސީދާ ރައީސުލްޖުމްހޫރިއްޔާ އެތަނެއް އުފައްދަންވާނެ ކަމަށް ޤާނޫނުގައި ބަޔާންކޮށް ލާޒިމުކޮށްފައި އޮންނަ ހާލަތުގައި އެކަންޏެވެ.

އެހެންކަމުން މި ފަހަރު ރައީސުލްޖުމްހޫރިއްޔާ ކުރައްވައިފައި މި އޮތީ ބޭކާރު ކަމެއް ކަމަށް މައުރޫފް ވިދާޅުވިއެވެ. އޭނާ ވަނީ ކަންކަން އޮންނަގޮތް ރަނގަޅަށް ރައީސަށް ދަންނަވައިދޭނެ މީހުން އަރިހުގައި ނެތީތޯ ސުވާލުކުރައްވާފައެވެ.

ނުވަތަ ހުސް ވަގުތު ގިނަކަމުން މިކަހަލަ ބޭކާރު ކަންކަން ރައީސަށް ކުރެއްވެނީތޯ އޭނާ ސުވާލު އުފެއްދެވިއެވެ. މިއާއި އެކު ސަރުކާރުގައި ރައީސަށް ލަފާދެއްވަން ތިއްބެވި ބޭފުޅުންގެ ފެންވަރާއި މެދުގައި އާއްމުން ވަނީ ސުވާލު އުފައްދާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް