އެމެރިކާގެ ރައީސް ޖޯ ބައިޑްން ކޮވިޑް-19ށް ފޮސިޓިވް ވެއްޖެ ކަމަށް ބުދަ ދުވަހު ވައިޓް ހައުސް އިން ބުނެފިއެވެ.
ބައިޑްންގެ ޕްރެސް ސެކްރެޓަރީ ހާމަކޮށްފައިވާ ގޮތުގައި ބައިޑްން ވަނީ ކޮވިޑް ވެކްސިން އާއި ބޫސްޓަރ ޑޯޒް ވެސް ޖައްސަވާފައެވެ.
މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ބައިޑްން ވަނީ ކޮވިޑް އަށް ޕޮސިޓިވް ވެފައެވެ.
އުމުރުފުޅުން 81 އަހަރުގެ އެމެރިކާގެ ރައީސް ބައިޑްން ވަނީ ބުދަ ދުވަހު ލަސް ވެގާސް ގައި އޮތް ކެމްޕޭން ހަރަކާތެއްގައި ބައިވެރިވެ ވަޑައިގެން ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވާފައެވެ. އެހެން ނަމަވެސް އޭގެ ފަހަށް ރޭވިފައި އޮތް އެހެން ކެމްޕޭން އިވެންޓެއް ވަނީ ކެންސަލް ކޮށްފައެވެ.
ބައިޑްން ކޮވިޑް އަށް ޕޮސިޓިވް ވި ޚަބަރު ފެތުރިގެން ދިޔަ މި ދަނޑިވަޅަކީ އެމަނިކުފާނުގެ ދޮށީ އުމުރުފުޅުގެ ސަބަބުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ފިޓް ނޫން ކަމަށް ބުނެ ބައިޑްން ނިސްބަތްވެ ވަޑައިގަންނަވާ ޑިކޮކްރެޓިކް ޕާޓީގެ އިސްފަރާތްތަކުން އޭނާ ރިޔާސީ ރޭހުން ދުރަށް ވަޑައިގަތުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.
ބައިޑްންގެ ޕްރެސް ސެކްރެޓަރީ ޖޮން ޕިއެރ ހާމަ ކޮށްފައިވާ ގޮތުގައި ރައީސް ބައިޑްން ހުންނަވާނީ އެކަހެރިކޮށް ޑެލަވެއަރ ގައި ހުންނަ އެމަނިކުފާނުގެ ގެކޮޅުގައެވެ. އެކަހެރިކޮށް ހުންނަވާ އިރުވެސް ހުރިހާ ޒިންމާ ތަކެއް ފުރިހަމަ އަށް އަދާ ކުރައްވާނެ ކަމަށްވެސް ޕްރެސް ސެކްރެޓަރީ ހާމަ ކޮށްފައިވެއެވެ.