Advertisement
ކ. މާލެ
|
5 ނޮވެންބަރ 2025 | ބުދަ 12:26
އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން އަދި، ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް
އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން އަދި، ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް
ރޮއިޓަރސް
އެމެރިކާ
"ރިޔާސީ ރޭހުން ބައިޑަން ވަކިވެ، ކަމަލާ ވާދަ ކުރެއްވުމަކީ ގޯހެއް!"
މަޝްހޫރު އެކްޓަރު ކްލޫނީ މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ، ރިޔާސީ ރޭހުން ބައިޑަން ވަކިވާން ޖެހޭ ކަމަށް ވެސް ގޮވާލައިފަ އެވެ. އޭގެ އަހަރެއް ފަހުން އޭނާ ބުނެފައި ވަނީ، ރިޔާސީ ރޭހުން ބައިޑަން ވަކިވެ، އެ އިންތިޚާބުގައި ކަމަލާ ވާދަ ކުރުމަކީ ހެދުނު ގޯހެއް ކަމަށެވެ. ނަމަވެސް، ރިޔާސީ ރޭހުން ބައިޑަން ވަކިވުމަށް އޭރު ދެއްކި އެއްވެސް ވާހަކައަކާ މެދު ހިތާމަ ނުކުރާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުން އޭރުގެ ރައީސް ޖޯ ބައިޑަން ވަކިވެ، އޭރުގެ ނައިބު ރައީސް ކަމަލާ ހެރިސް ވާދަ ކުރެއްވުމަކީ ބޮޑު ގޯހެއް ކަމަށް، ޖޯޖް ކްލޫނީ ބުނެފި އެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރަޓިމް ޕާޓީ އިން އެންމެ ފުރަތަމަ ވާދަ ކުރައްވަން ނިންމެވީ ބައިޑަން އެވެ. ނަމަވެސް ބައިޑަންގެ އުމުރާއި، ޞިއްޙީ ޙާލުކޮޅާ ގުޅޭ ގޮތުން ކުރިމަތި ވަމުން އައި ފާޑު ކިޔުން ތަކުގެ ސަބަބުން ބައިޑަން ވަނީ ރިޔާސީ ރޭހުން ވަކިވެ ވަޑައިގެންފަ އެވެ. އޭގެ ފަހުން އެ ޕާޓީގެ ފަރާތުން ކަމަލާ ވާދަ ކުރެއްވި ނަމަވެސް، މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ވާދަކުރައްވައި ވަނީ ނާކާމިޔާބުވެ ވަޑައިގެންފަ އެވެ.

މަޝްހޫރު އެކްޓަރު ކްލޫނީ މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ، ރިޔާސީ ރޭހުން ބައިޑަން ވަކިވާން ޖެހޭ ކަމަށް ވެސް ގޮވާލައިފަ އެވެ. އޭގެ އަހަރެއް ފަހުން އޭނާ ބުނެފައި ވަނީ، ރިޔާސީ ރޭހުން ބައިޑަން ވަކިވެ، އެ އިންތިޚާބުގައި ކަމަލާ ވާދަ ކުރުމަކީ ހެދުނު ގޯހެއް ކަމަށެވެ. ނަމަވެސް، ރިޔާސީ ރޭހުން ބައިޑަން ވަކިވުމަށް އޭރު ދެއްކި އެއްވެސް ވާހަކައަކާ މެދު ހިތާމަ ނުކުރާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

އޭރު ކްލޫނީ ބުނެފައި ވަނީ އޭނާ ލޯބި ކުރާ ކެންޑިޑޭޓަކީ ބަައިޑަން ކަމަށެވެ. އެހެން ނަމަވެސް، އިންތިޚާބުގައި ވާދަ ކުރަން އައު ކެންޑިޑޭޓެއް ކޮންމެހެން ވެސް ބޭނުންވާ ކަމަށް އޭރު އޭނާ ބުނެފައިވެ އެވެ. އޭރު ލިޔެފައިވާ ލިޔުމެއްގައި އޭނާ ބުނެފައި ވަނީ، އުމުރުން ދުވަސްވެފައި ހުންނެވި ނަމަވެސް، ބައިޑަން ވަނީ އެތައް ހަނގުރާމައަކާ ކުރިމަތިލައި ކާމިޔާބު ހޯއްދަވާފައި ކަމަށެވެ. ނަމަވެސް، ވަގުތާ ދެކޮޅަށް ކުރާ ހަނގުރާމަ އަކީ ބައިޑަން އަށް ކާމިޔާބު ކުރެވޭނެ ހަނގުރާމައެއް ނޫން ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ސީބީއެސް އަށް މި ފަހުން ދިން އިންޓަވިޔުއެއްގައި ކްލޫނީ ވުނެފައި ވަނީ، އެ ލިޔުން އޭނާ އަލުން ލިޔާނެ ކަމަށެވެ. އަދި އިންތިޚާބުގެ ކުރިން ފުރުސަތެއް ވެސް ލިބިފައި އޮތް ކަމުގައި ފާހަގަ ކުރި އެވެ. އެކަން ފާހަގަ ކުރަމުންް ކްލޫނީ ބުނީ، އެ ލިޔުމުގައި ބުނެފައިވާ ގޮތަށް އޭނާ ބޭނުންވީ އިންތިޚާބުގެ ކުރިން ޕްރައިމަރީއެއް ބާއްވަން ކަމަށެވެ.

ނަމަވެސް، ޑިމޮކްރަޓިކް ޕާޓީ އިން ޕްރައިމަރީއެއް ބޭއްވުމެއް ނެތި ބައިޑަންގެ ނައިބު ރައީސް ކަމަލާ އަށް ޓިކެޓު ދެއްވީ ކަމަށާއި، އޭގެ ނަތީޖާ އަކީ އިންތިޚާބުގައި ޓްރަމްޕް އަތުން ބަލިވުން ކަމަށް ކްލޫނީ ބުންޏެވެ. އެކަން ފާހަގަކޮށް ކްލޫނީ ބުނީ، އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި ކަމަލާ އަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އެކަމަނާގެ އަމިއްލަ ރެކޯޑާ ދެކޮޅަށް މަސައްކަތް ކުރަން ޖެހުން ކަމަށެވެ.

ޚާއްސަކޮށް އިންތިޚާބުގައި ކަމަލާ ވާދަ ކުރައްވަމުން އައި އިރު ވެސް، "އޭނާ އަކީ އެމީހާއެއް ނޫން" ކަމަށް ބުނާ އަޑުތައް ވަރަށް ގިނަވި ކަމަށް ކްލޫނީ ފާހަގަ ކުރި އެވެ. އެކަމުގައި ކަމަލާ އަށް ހަވާލު ކޮށްފައި އޮތީ ވަރަށް އުނދަގޫ މަސައްކަތެއް ކަމަށާއި، އެކަމަކީ ކުރަން ވަރަށް އުނދަގޫ ކަމެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި ތެދު ތެދަށް ވާހަކަ ދައްކާ ނަމަ، ރިޔާސީ ރޭހުން ބައިޑަން ވަކިވެ، ކަމަލާ އަށް ޓިކެޓު ދިނުމަކީ ހެދުނު ގޯހެއް ކަމަށް ދެކޭ ކަމުގައި ވެސް ކްލޫނީ ބުނެފައިވެ އެވެ.

ޑިމޮކްރަޓިކް ޕާޓީ އަށް ފަންޑު ހޯދުމުގައި ވެސް އިސް ދައުރެއް މީގެ ކުރިން އަދާ ކޮށްފައިވާ ކްލޫނީ ބުނީ، ބައެއް ވާހަކަރައް ބުނަން ވެސް ހިތާމަ ކުރާ ކަމަށެވެ. އެެގޮތުން ފަންޑު ހޯދުމުގެ ޙަރަކާތުގެ ތިން ހަފުތާ ކުރިން ބައްދަލުވި ބައިޑަން އަކީ، 2010 ވަނަ އަހަރުގެ ބައިޑަން ނޫން ކަމަށް އޭނާ ބުންޏެވެ. އަދި ވަކިން އެއީ، 2020 ވަނަ އަހަރުގެ ވބައިޑަން ވެސް ނޫން ކަމަށް އޭނާ ބުންޏެވެ.

ހަމަ އެހެންމެ ޓްރަމްޕްއާ އެކު އޮތް ރިޔާސީ ބަހުސްގައި އުމުރުފުޅުން 81 އަހަރުގެ ބައިޑަންގެ ޞިއްޙަތާ މެދު ސުވާލު އުފެދިފައި އޮތްއިރު، އެ ބަހުސްގައި ފެނުނީ ކުރިން ވެސް އުންމީދު ކުރެވުނު ބައިޑަން ކަމަށް އޭނާ ބުންޏެވެ. ޚާއްސަކޮށް އެ ބަހުސް އަކީ ބައިޑަން އަށް ވަރަށް ބޮޑު ނާކާމިޔާބަކަށް ވީ ބަހުސްއެއް ކަމަށް އޭނާ ފާހަގަ ކޮށްފައިވެ އެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕްއާ ވާދަ ކުރައްވައި ކަމަލާ އަށް ނާކާމިޔާބާ ކުރިމަތިލާން ޖެހިފައި ވީ ނަމަވެސް، ކަމަލާ ވަނީ އަލުން އިންތިޚާބުގައި ވާދަ ކުރައްވަފާނެ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ. އެގޮތުން ޔޫކޭ އަށް ދެއްވި އިންޓަވިޔުގައި ކަމަލާ ވިދާޅުވެފައި ވަނީ، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި އަންހެން ރައީސް އަކު ހުންނާނެ ކަމަށެވެ.

މީގެ އިތުރުން މިހާާތަނަށް ކަމަލާ ކުރައްވަމުން އައި މަސައްކަތް ނުނިމޭ ކަމަށާއި، ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމަކީ އެކަމަނާގެ ލޭގައި ހުރި ކަމެއް ކަމަށް ކަމަލާ ވިދާޅުވި އެވެ. އެ މަސައްކަތް އަދި ނުނިމޭ ކަމަށް ވިދާޅުވެ، ކަމަލާ ވަނީ 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަފާނެ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ.

މަސްދަރު: ބީބީސީ
- ކޮމެންޓް