ކ. މާލެ
|
28 ޖޫން 2024 | ހުކުރު 01:30
ކަރެކްޝަންގެ މުވައްޒަފުންގެ ބައިވެރިވުމާއި އެކު ޖަލަށް ފޯނާއި މަސްތުވާތަކެތި ވައްދަމުންދާ މައްސަލައިގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ކަރެކްޝަންގެ މުވައްޒަފުންގެ ބައިވެރިވުމާއި އެކު ޖަލަށް ފޯނާއި މަސްތުވާތަކެތި ވައްދަމުންދާ މައްސަލައިގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ރާއްޖެއެމްވީ
ޖަލަށް ފޯނާއި މަސްތުވާތަކެތި ވެއްދުން
ޖަލަށް ފޯނާއި މަސްތުވާތަކެތި ވެއްދުމުގައި ކަރެކްޝަންސް އޮފިސަރުންގެ ބައިވެރިވުން - މިއަހަރު އެކަނި 73.6 މިލިއަން ރުފިޔާ އޮފިސަރުންނަށް ލިބިފައިވޭ
މި މައްސަލަ އާއި ގުޅިގެން މާފުށީ ޖަލުގައި އޮޕަރޭޝަނެއް ހިންގާފައިވޭ
އެއް މުވައްޒަފުންގެ އެކައުންޓަށް ގާތްގަނޑަކަށް 24 މިލިއަން ރުފިޔާ ޖަމާވެފައިވޭ
މި މައްސަލަ އާއި ގުޅިގެން ކަރެކްޝަންސްގެ ބައެއް މުވައްޒަފުން ވަނީ ހައްޔަރުކޮށްފަ

ބޮޑެތި އަދަދުތަކުން ފައިސާ ދީގެން، ކަރެކްޝަންގެ 18 މުވައްޒަފުންގެ ބައިވެރިވުމާއި އެކު ޖަލަށް ފޯނާއި މަސްތުވާތަކެތި ވައްދަމުންދާކަމަށާއި މި އަހަރު އެކަނިވެސް އޮފިސަރުންނަށް 73.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުވެފައިވާ، ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވަނީ މިކަމާއި ގުޅޭ ތަފްސީލްތައް ހިއްސާކުރައްވާފައެވެ. އިހުސާން ވިދާޅުވީ ޔުނިފޯމް އެޅި މުއައްސަސާއެއްގައި ހަރަކާތްތެރިވާ އެއްވެސް މީހަކު ފައިސާއަށް ވިކުމަކީ އެއްވެސް ވަރަކަށް ތަޙައްމަލްކުރައްވާނެ ކަމެއް ނޫން ކަމަށެވެ. ޖަލުން ތަކުރާރުކޮށް ފޯނާއި މަސްތުވާތަކެތި ފެންނަމުންދާތީ އެ މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އިހުސާން ވިދާޅުވިއެވެ. އެގޮތުން ކުރި މަސައްކަތުގެ ތެރެއިން، މީގެ ތިން މަސް ކުރިން ޖަލުގެ އޮފިސަރުންގެ ބައިވެރިވުމާއި އެކު އެފަދަ ކަންކަން ހިނގާކަން އެމަނިކުފާނުގެ ސަމާލުކަމަށް ފުލުހުންގެ އިންޓެލެޖެންސުން ގެނެސްފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ އެ މައުލޫމާތުތައް ލިބުމާއި އެކު ފުލުހުންގެ އިންޓެލިޖެންސުން ޚާއްސަ މަސައްކަތަކެއް ކޮށްފައިވާ ކަމަށާއި އެ މަސައްކަތްތަކުގެ އަލީގައި ދެނެގަނެވުނު ކަންކަން އެމަނިކުފާނާއި ހިސާބަށް ފުލުހުން ގެނެސްފައި ވަނީ ބުދަ ދުވަހު ކަމަށެވެ.

ޖަލުން ތަކުރާރުކޮށް ފޯނު ފެނި މަސްތުވާތަކެތި ފެންނަމުންދާ މައްސަލައިގައި އަޅުގަނޑުމެން ދިޔައީ ޚާއްސަ މަސައްކަތްތަކެއް ކުރަމުން. ތިން މަހެއްހާ ދުވަސް ކުރިން އަޅުގަނޑާއި ހިސާބަށް ވަނީ ގެނެސްފައި ޖަލުގެ އޮފިސަރުން ބައިވެރިވެގެން އެފަދަ ކަންކަން ކުރާ ކަމަށް. އެ މައުލޫމާތުތަކާއި ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް ހިންގާ ފައިންޑިންސް އަޅުގަނޑަށް ލިބުނީ އިއްޔެ. މިރޭ ފުލުހުން ވަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގާފަ.
ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވަނީ އެ މައްސަލަ އާއި ގުޅިގެން ފުލުހުންނަށް ފާހަގަކުރެވޭ ކަންކަމަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން މިހާތަނަށް އައި އިރު ބެލި ބެލުމުން ކަރެކްޝަންގެ 18 މުވައްޒަފެއްގެ އެކައުންޓަށް އާދަޔާއި ޚިލާފަށް ގިނައިން ފައިސާ ޖަމާވެފައި ހުރިކަން އެނގެން އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއް މުވައްޒަފުގެ އެކައުންޓަށް ގާތްގަނޑަކަށް 24 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެ 18 މުވައްޒަފުންގެ އެކައުންޓަށް އެކި ފަހަރު މަތިން ގާތްގަނޑަކަށް 73 މިލިއަން ރުފިޔާ އެ މުވައްޒަފުންގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މި ފައިސާ ޖަމާކުރަނީ މިހާރު ހައްޔަރުގައި ތިބި އަދި ކުރީގައި ވެސް ހައްޔަރުގައި ތިބި ގައިދީންގެ ފަރާތުން އެ މީހުންގެ އެކައުންޓްގައި ހުރި ފައިސާއިންނާއި މާލޭގައި ކުށުގެ މާހައުލުގައި ހަރަކާތްތެރިވާ މީހުންގެ އެކައުންޓުންކަން ފާހަގަކުރެވުނު. މިހާރު މާފުށީގައި އޮޕަރޭޝަނެއް ވަނީ ހިންގަން ފަށާފައި.
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް

މި މައްސަލަ އާއި ގުޅިގެން ކަރެކްޝަންސްގެ ބައެއް މުވައްޒަފުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލަ ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމުގެ ޔަޤީންކަން ފުލުހުން ވަނީ ދީފައެވެ.

ކޮމެންޓް
- ގުޅުންހުރި
އެމްޑީޕީ ވެރިކަމުގައި ނެތް ކޮންމެ ފަހަރަކު ޖަލުގައި އަނިޔާކުރުން ފަދަ މައްސަލަތައް އާއްމުވޭ: މައުރޫފް
ޖަމީލު ނިޔާވި މައްސަލައިގައި ފުލުހުންގެ ގާނޫނާއި ފުށުއަރާ ބައިވަރު ކަންތައްތަކެއް ހިނގާފައި އެބަހުރި - ނާޒިލް
ޖަމީލް ނިޔާވެފައި މައްސަލައިގައި ޝައްކުއުފެދޭ ކަންކަން ހުރުމުން އެކަން ބަލައިދިނުމަށް ޑިމޮކްރެޓްސްގެ ފަރާތުން އެޗްއާރުސީއެމްއަށް ހުށަހަޅައިފި
ޖަމީލްގެ މަރާއި އެކު ޖަލުގެ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް - މީގެ ފަހުން ޖަލުގައި މަރުވާ އެންމެންގެ ޕޯސްޓްމޯޓަމް ހަދާނެ
ޖަމީލްގެ ހަށިގަނޑުގައި ހުރީ ގޯނާއެއްގެ ސަބަބުން ލިބިފައިވާ އަނިޔާއެއް ނޫން، ޑޮކްޓަރުންނަށްވެސް ބެލެވެނީ އެހެން: ފުލުހުން
ޖަމީލްގެ މަރަށް ބަލާއިރު، އޭނާއަށް އެއްވެސް ފަރާތެއްގެ ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމަށް ނުބެލެވޭ: ފުލުހުން
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކުރި އޮފިސަރުންގެ ބަންދުގެ މުއްދަތު ޖަހައިފި
މާފުށި ޖަލުގައި ނިޔާވި ޖަމީލްގެ ޕޯސްޓްމޯޓަމް ހަދަން ހޯމް މިނިސްޓަރ އަންގަވައިފި