ކ. މާލެ
|
25 ޖޫން 2024 | އަންގާރަ 13:20
ރާއްޖޭގައި ތިބި ބައެއް ބިދޭސީން ފުރަން ގޮސް ތިއްބާ ނަގާފައިވާ ފޮޓޯ އެއް
ރާއްޖޭގައި ތިބި ބައެއް ބިދޭސީން ފުރަން ގޮސް ތިއްބާ ނަގާފައިވާ ފޮޓޯ އެއް
އިމިގްރޭޝަން
ބިދޭސީންގެ މައްސަލަ
ރާއްޖޭގައި ތިބި ބިދޭސީންގެ އަދަދާއި، އެ ބިދޭސީން ތިބި ތަނުގެ 100 އިންސައްތަ މައުލޫމާތު އަހަރެއްގެ ތެރޭގައި އެއްކުރެވޭނެ - އިހުސާން
ޤަވައިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ބެލުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޑޭޓާ ބަލަހަައްޓަމުންދާ ނިޒާމް ކަމަށް އިހުސާން ވަނީ ވިދާޅުވެފަ
ވޯރކް ޕަރމިޓްގައި ތިބި މީހުން ފުރައިގެން ދިޔަ ނަމަވެސް އެކަން ކަމާއި ގުޅުން ހުރި އިދާރާތަކަށް ނޭނގި ހުރި ކަމަށް އިހުސާން ވަނީ ފާހަގަކުރައްވާފަ

ރާއްޖޭގައި ތިބި ބިދޭސީންނާއި އެ ބިދޭސީން ތިބި ތަނުގެ 100 އިންސައްތަ މައުލޫމާތު އަހަރެއްގެ ތެރޭގައި އެއްކުރެވޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޤައުމީ ސަލާމަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ޤަވައިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ބެލުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޑޭޓާ ބަލަހަައްޓަމުންދާ ނިޒާމް ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.

އެގޮތުން ބަލާއިރު މި ވަގުތު އެ ނިޒާމްގެ ތެރެއިން އެނގެން އޮތީ ރާއްޖޭގައި ތިބި ބިދޭސީން ތިބި އަދަދަށް ވުރެ ބޮޑަށް ރާއްޖެ އަށް މީހުން ގެނެވިފައި ހުރި އެކްޓިވް ވޯރކް ޕަރމިޓުގެ އަަދަދު ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި ވޯރކް ޕަރމިޓްގައި ތިބި މީހުން ފުރައިގެން ދިޔަ ނަމަވެސް އެކަން ކަމާއި ގުޅުން ހުރި އިދާރާތަކަށް ނޭނގި ހުރި ކަމަށް އިހުސާން ވަނީ ފާހަގަކުރައްވާފައެވެ. އިހުސާން ވަނީ ރާއްޖެގައި ޤަވައިދާއި ޚިލާފަށް އުޅޭ ބިދޭސީން ހިމެނޭހެން، އެ މީހުން އެނގޭނެ ގޮތަށް އެ މީހުންގެ އިނގިލީގެ ނިޝާން ނަގާ، އެ މީހުންގެ ފޮޓޯ ނެގުމަށް ފަހު ރާއްޖޭގައި ލިބެން ހުރި ޑާޓާ ބޭސް އާއި އަޅާ ކިޔުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. މިހާރު އެ މަރުހަލާގެ ތެރެއިން ޑާޓާ އެއްކުރުމަށް ފުރަތަމަ ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް އިހުސާން ވިދާޅުވިއެވެ.

މާނަ އަކި އެ މީހާ މިތަނަށް އައިސް ވޯރކް ޕަރމިޓެއް ނަގައިގެން އަދި ކެންސަލް ނުކުރާކަން ސިސްޓަމަށް މި އެނގެނީ. އެހެންވީމަ އެ ސިސްޓަމުން ބަލާއިރުގަ ކެންސަލް ނުކުރާ ބައިވަރު އެބަ ހުރި. އެކަމަކު ކެންސަލް ނުކުރާ ބައިވަރު ވޯރކް ޕަރމިޓްގައި ތިބި މީހުން ފުރައިގެން ވެސް ގޮސްފި. އެހެންވީމަ މި މައުލޫމާތު ގާތްގަނޑަކަށް 2021 ވަނަ އަހަރާއި ޖެހެންދެން ބޯޑަރ ކޮންޓްރޯލް ސިސްޓަމާާއި، އެކްސްޕެޓް ސިސްޓަމާއި ދެމެދު ސިންކްރޮނައިޒޭޝަނެއް ނެތް. ނެތީމަކާ އޭގެ ކުރިން ފުރައިގެން ދިޔަ މީހުން އެނގޭ ކަމަށް ނެތް. އަދި ޑޭޓާ ބެލެހެއްޓުމާއި މިކަހަލަ ކަންކަން އެނގޭނެ މައުލޫމާތު ނެގިފައެއް ނެތް. ބައޯ މެޓްރިކަލީ މީހުން އައިޑެންޓިފައި ކުރެވޭނެ ގޮތެއް ނެތް.
ހޯމް މިނިސްޓަރު އަލީ އިހުސާން

އެންމެ ފުރަތަމަ އެ މަސައްކަތް ކުރިއަށް ދިޔައީ ހިންމަފުށީގައި ކަަމަށް ފާހަގަކުރައްވާ އިހުސާން ވަނީ އެ ރަށުގެ ބިދޭސީންގެ ހާލަތު އެ ޑާޓާ އިން ދެނެގަނެވުނު ގޮތް ކޮމިޓީ އާއި ހިއްސާކުރައްވާފައެވެ. އެ ރަށުގެ ކުރީގެ ޑާޓާތަކުން އެނގޭ ގޮތުން އެ ރަށުގައި ތިބި ކަމަށް އެނގެން އޮތީ 600 އެއްހާ ބިދޭސީން ކަމަށް އިހުސާން ވިދާޅުވިއެވެ. އެހެންނަމަވެސް ފަހުން ކުރި މަސައްކަތުން އެ ރަށުގައި 800 އެއްހާ ބިދޭސީން ތިބިކަން އެނގިފައިވާ ކަމަށާއި، ޑާޓާ އެއްކުރުމުގެ މަސައްކަތް ކުރިއަށް ދާ އިރު މުޅި ރާއްޖޭގެ ހާލަތު އޮތީ އެހެންކަމަށް ވުން އެކަށީގެންވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

ކުރީގެ ޑާޓާ އާއި ފަހުގެ ޑާޓާ އަޅާ ކިޔުމަށް ބޭނުންވާ ސޮފްޓްވެއަރގެ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ މަސައްކަތް މުޅި ރާއްޖޭގައި އެއް ފަހަރާ ކުރިއަށް ގެންދިއުމަށްޓަކާއި ކައުންސިލްތަކާއި ގުޅިގެން މަސައްކަތް ކުރަން ނިންމަވާފައިވާ ކަަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ. އިހުސާން އިތުރަށް ވިދާޅުވީ އެ ޑާޓާ ބޭސް އެކުލަވާލުމުން، ޑާޓާ ހިމެނޭ ސޮފްޓްވެއަރ އަށް ފުލުހުންނާއި ކައުންސިލަށް އެކްސެސް ލިބޭނެ މަގު ފަހިކޮށްދެއްވާނެ ކަަމަށެވެ. އެ މަރުހަލާ ނިމުމުން ރިއިންޓްރެގްރޭޝަންގެ މަރުހަލާ ފަށާނެ ކަމަށާއި، ފަސޭހަ ކަމާއި އެކު މަސައްކަތަށް ނުކުންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ލިބޭނެ މަގު ފަހިކޮށްދޭނެ ކަމަށާއި އެކަން ކުރާނީ ޤަވައިދަށް ބަދަލު ގެނެސްގެން ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް
- ގުޅުންހުރި
ގަވައިދާ ޚިލާފަށް ވިޔަފާރި ކުރާ ބިދޭސީން ފުލުހުން ހޯދަނީ
ޖަމީލްގެ މަރާއި އެކު ޖަލުގެ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް - މީގެ ފަހުން ޖަލުގައި މަރުވާ އެންމެންގެ ޕޯސްޓްމޯޓަމް ހަދާނެ
ޖަލަށް ފޯނާއި މަސްތުވާތަކެތި ވެއްދުމުގައި ކަރެކްޝަންސް އޮފިސަރުންގެ ބައިވެރިވުން - މިއަހަރު އެކަނި 73.6 މިލިއަން ރުފިޔާ އޮފިސަރުންނަށް ލިބިފައިވޭ
"މަސްތުވާތަކެތި ބޭނުންކުރާ އައްޑާތަކުގެ ގޮތުގައި މާލޭގައި ބޭނުންކުރި 50 ތަނެއް، އޭގެ ތެރޭގައި ސަރުކާރު އިމާރާތްތައް ހިމެނޭ"
އެއް ގައުމުން ލައްކައަކަށް ވުރެ ގިނަ ބިދޭސީން ނުގެނެވޭ ގޮތަށް އޮތް ބައި އުވާލަން މަޖިލީހަށް ހުށަހަޅާނެކަން ސަރުކާރުން ހާމަކޮށްފި
ބިދޭސީންގެ މައްސަލަ ހައްލުކުރަން މާފުއްޓަށް
ރާއްޖޭގައި ވިޔަފާރި އެއް ގޮތައް ހިއުމަން ޓްރެފިކިންގ ގެ މައްސަލަ އެބައޮތް: މިނިސްޓަރ
ކަންމަތީ ފިހާރަ ހިންގާ އުސޫލުން ރާއްޖޭގައި ޑްރަގް ވިޔަފާރި ހިންގަމުން އެބަދޭ: މިނިސްޓަރ އިހްސާން