ކ. މާލެ
|
18 ޖޫން 2024 | އަންގާރަ 18:48
މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް
މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް
ޕޮލިސް މީޑިޔާ
މަސްތުވާތަކެތީގެ މައްސަލަ
ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ބަލައި އައި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
30 އަހަރުގެ މީހާ ދުއްވަން އިން ސައިކަލުގެ މަޑިދަށުން މަސްތުވާއެއްޗެއް ކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވޭ
ކިލޯއަކަށްވުރެ ގިނަ ކެނެބިސްކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވޭ

ޕޯސްޓު މެދުވެރިކޮށް ގެނައި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ބަލައި އައި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިއީ މި މައްސަލައިގައި މި މީހާގެ ބަންދުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ މި މީހާގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އޭރު އޭނާގެ ބަންދަށް ދީފައިވަނީ 5 ދުވަހުގެ މުއްދަތެކެވެ. 30 އަހަރުގެ ދިވެހި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އަންގާރަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ 15 ދުވަސް ދީފައެވެ.

މި މައްސަލައިގައި މީނާ އާއެކު އިތުރު މީހަކު ހައްޔަރުކުރިއެވެ. އެއީ 29 އަހަރުގެ މީހެކެވެ. އޭނާގެ ބަންދަށް ހުކުރު ދުވަހު ދީފައިވަނީ 15 ދުވަހެވެ.

29 އަހަރުގެ މީހާގެ ބަންދު އަމުރުގައި ބުނެފައިވަނި ކުށްކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން މީހެއްގެ ނަންމަތީގައިވާ ޕެކޭޖެއް ނެގުމަށް މީނާ ގޮސްފައިވާއިރު، އެ ފޮށިގަނޑުގެ ތެރެއިން 1006 ގްރާމުގެ ކެނެބިސް ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނިފައިވެއެވެ. އަދި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ހިންގާ، ފޮށިގަނޑު ބަލާ އެހެން މީހަކު ހާޒިރުކުރެވިފައިވާ ކަމަށެވެ. އަދި އެއީ މީހަކު ބުނެގެން އޭނާ ކުރިކަމެއް ކަމަށް ބަންދު މަޖިލީހުގައި 29 އަހަރުގެ މީހާ ވަނީ ބުނެފައެވެ.

މީގެ އިތުރުން 30 އަހަރުގެ މީހާގެ ބަންދު އަމުރުގައި ބުނެފައިވަނީ ކުށްކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ޕޯސްޓް މެދުވެރިކޮށް އައި ޕެކޭޖެއްގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވިގެން ހިންގުނު އޮޕަރޭޝަނެއްގައި، އެ ފޮށިގަނޑު ބަލައި އައި ފަރާތުގެ ހާޒިރުގައި ކަނޑައި ބެލި އިރު، ކެނެބިސްކަމަށް ޝައްކުކުރެވޭ 1006 ގްރާމުގެ ތަކެތި ވަނީ ފެނިފައެވެ. އަދި ބަލާ އައި ފަރާތުގެ އެހީތެރިކަމާއެކު ހިންގުނު ކޮންޓްރޯލް ޑެލިވަރީގައި ފޮށިގަނޑާއި ހަވާލުވާން އައީ މީނާ ކަމަށެވެ. އަދި މީނާ އެވަގުތު ދުއްވަން އިން ސައިކަލުގެ މަޑިދަށުން މަސްތުވާއެއްޗެއް ކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވެއެވެ. އަދި މި މީހާގެ ކުޑަކަމުދާތަކެތި ޓީއެޗްސީއަށް ޕޮޒިޓިވްކަމަށް އަމުރުގައި ބުނެފައިވެއެވެ.

މި ދެމީހުން ބަންދުގައި ބަހައްޓަންޖެހޭ ހާލަތުގެ ގޮތުގައި ބުނެފައިވަނީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި، 60 ވަނަ މާއްދާގެ (ބ) އަށް ރިއާޔަތްކޮށެވެ. އަދި އެ ހާލަތް އޮތްކަމަށް ދެކޭ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.

ބަންދު އަމުރުގައި ބުނެފައިވަނީ މި މައްސަލައިގައި މުޅި ހާދިސާއަށް ބަލާއިރު ގިނަ ބަޔަކު ބައިވެރިވެގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ އަމަލެއް ކަމަށް ބެލެވޭ ކަންތައްތަކެއް ފާހަގަކުރެވޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
0%
0%
0%
0%
0%
0%
ކޮމެންޓް