ކ. މާލެ
|
14 ޖޫން 2024 | ހުކުރު 17:06
މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް - ފައިލް
މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް - ފައިލް
ޕޮލިސް މީޑިޔާ
މަސްތުވާތަކެތި އެތެރެކުރުން
ފަލަމަސްގަނޑުގައި މަސްތުވާތަކެތި ތަތްކޮށްގެން ރާއްޖެއަށް އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
30 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ
މޯބައިލް އެކްސްޓްރެކްޝަން ރިޕޯޓަށް ބަލާއިރު، މަސްތުވާތަކެއްޗާއި ގުޅުންހުރި ޗެޓްލޮގެ ފެނިފައިވޭ

ފަލަމަސްގަނޑުގައި މަސްތުވާތަކެތި ތަތްކޮށްގެން ރާއްޖެއަށް އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ލ. ގަމަށް ނިސްބަތްވާ 36 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 30 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ މި މީހާ ކުށްކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހެޅިފައިވާ ކަމަށެވެ. އަދި މީނާ ދިވެހިރާއްޖެއަށް އައި އިރު، ލިބިފައިވާ މައުލޫމާތުތަކާއި ގުޅިގެން މީނާގެ ހަށިގަނޑު ބަލާފާސްކުރި އިރު، ކަނާތު ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ހުރި ޕެކޭޖެއް ތައްކޮށްފައިވާ ކަމަށެވެ. އަދި ވަގުތީ ނަތީޖާއިން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވް ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނަށް މީނާ އެއްބާރުލުން ދީފައި ނުވާ އިރު، މީނާގެ މޯބައިލް އެކްސްޓްރެކްޝަން ރިޕޯޓަށް ބަލާއިރު، މަސްތުވާތަކެއްޗާއި ގުޅުންހުރި ޗެޓްލޮގެ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މީހާ ބަންދުގައި ބަހައްޓަންޖެހޭ ހާލަތެއްގެ ގޮތުގައި ބުނެފައިވަނި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި، 60 ވަނަ މާއްދާގެ (ކ) އަށް ރިއާޔަތްކޮށް ބަންދުގައި ބަހައްޓަންޖެހޭ ހާލަތް އޮތްކަމަށް ދެކޭ ސަބަބުގެ ގޮތުގައި ބުނެފައިވަނީ މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ. މީގެ އިތުރުން ޝަރީއަތްކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ، 3 ވަނަ ނަންބަރުގައިވާ، ހަށިގަނޑުގައި ތަތްކޮށްގެން މަސްތުވާތަކެތި އެތެރެކުރުމަށް މަސައްކަތް ކުރުމާއި، (4) ވަނަ ނަންބަރުގައި ބުނާ ޖިނާއީ ބޮޑު ކުށަކަށްވެފައި، ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް އަމުރުގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް