ކ. މާލެ
|
1 ޖޫން 2024 | ހޮނިހިރު 09:26
އދ. ދަނގެތި
އދ. ދަނގެތި
އަރިސްޓޮން ދަނގެތި އިން
ލޯންޗަކުން ޖެހި ބިދޭސީއެއް މަރުވުން
ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
އެއީ ފާނަ މަސްވެރިކަން ކުރާ މީހެއް
މިހާރު އެމީހާ ހަށިގަނޑު އޮތީ ދަނގެތީގެ ސިއްހީ މަރުކަޒުގައި
ފުލުހުންގެ ފަރާތުން ވަނީ ބަހެއް ލިބޭ ގޮތް ނުވެފައި

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެއެވެ.

ފީއަލީ ކައުންސިލްގެ ރައީސް މޫސާ އަހުމަދު ވިދާޅުވީ މިހާދިސާ ހިނގީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. ސައްދާމް ނަމަކަށް ކިޔާ ބިދޭސީމީހާއަކީ އެރަށުގައި ފާނަ މަސްވެރިކަމުގައި އުޅޭ މީހެއް ކަމަށް މޫސާ ވިދާޅުވިއެވެ.

ހާދިސާ ހިނގި ގޮތާއި ގުޅޭގޮތުން ރާއްޖެއެމްވީއަށް މޫސާ ވިދާޅުވީ ހޮނިހިރު ދުވަހު އެ ބިދޭސީމީހާ ފާނައަށް ދިޔަ ކަމަށާއި، އެދޯނި ދިޔައީ އދ.ދަނގެތި ކައިރިއަށް ކަމަށެވެ. އެސަރަހައްދުން މޫދަށް އެރި އުޅެނިކޮށް އެމީހާގެ ގައިމަތިން ލޯންޗެއް ދިޔަ ކަމަށެވެ. އެމީހާގެ ކަނދުރާއަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށާއި، މިހާރު އެމީހާގެ ހަށިގަނޑު އޮތީ ދަނގެތީގެ ސިއްހީ މަރުކަޒުގައި ކަމަށެވެ.

މިހާދިސާއާ ގުޅޭގޮތުން ފުލުހުން ބުނީ ލޯންޗުގައި ޖެހުނު މީހާ ދަނގެތި ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އެމަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު 7:55 ގައި މިހާދިސާގެ ރިޕޯޓު ލިބިފައިވާއިރު، އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް