ކ. މާލެ
|
15 މެއި 2024 | ބުދަ 11:52
ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ރާއްޖެއެމްވީ
ޓެކްސީ ޑްރައިވަރުން
ކުލި ކޮންޓްރޯލްނުކޮށް، ޓެކްސީގެ އަގުތަކެއް ކަނޑައެޅޭނެކަމަށް ޤަބޫލުނުކުރަން: ޑްރައިވަރުން
މާލެ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދުގައި ޓެކްސީ ކުރުމުގެ ބައެއް އަގުތަކަށް ބަދަލު ގެނެސްފައިވޭ
ތަކެތީގެ އަގުވެސް ރައްޔިތުންނަށް ހަމަހަމަ އުސޫލުން ލިބޭނެ ގޮތެއް ފަހިކޮށްދިނުމަށް ސަރުކާރަށް ވަނީ ގޮވާލާފައި

ކުލި ކޮންޓްރޯލްނުކޮށް، ޓެކްސީގެ އަގުތަކެއް ކަނޑައެޅޭނެކަމަށް ޤަބޫލުނުކުރާކަމަށް ޓެކްސީ ޑްއިވަރުން ބުނެފިއެވެ.

ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޑްރައިވަރުން ބުނީ، ޓްރާންސްޕޯޓް މިނިސްޓްރީން އަގުތައް ކަނޑައަޅާފައިވަނީ ޓެކްސީ ޑްރައިވަރުން ދެފަހަރެއްގެ މަތިން މިނިސްޓްރީއަށް ގޮސް ހުށަހެޅި އެއްވެސް ކަމަކަށް ރިއާޔަތް ކުރުމެއް ނެތި ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ގްރޭޓަރ މާލެ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދުގައި ޓެކްސީ ކުރުމުގެ ބައެއް އަގުތަކަށް ބަދަލު ގެނެސްފައެވެ. އެގޮތުން 6 ސީޓް އަށްވުރެ ދަށުގެ އުޅަނދާއި، 10-7 ސީޓް ދެމެދުގެ އުޅަނދުގެ އަގުތައް ވަނީ މުރާޖައާކޮށް އާންމުކޮށްފައެވެ.

އެކަމާ ގުޅިގެން ޓެކްސީ ޑްރައިވަރުން ބުނީ، އަގުތަަކަށް ގެނައި ބަދަލަކީ ޓެކްސީ ޑްރައިވަރުން ބަލައިގަންނަ ބަދަލެއްވެސް ނޫން ކަމަށެވެ.

ކުއްލިއަކަށް އަޅުގަނޑުމެންނާ މަޝްވަރާ ކުރުމެއް ނެތި ނޫނިއްޔާ އަޅުގަނޑުމެންގެ މަޝްވަރާއަށް ކުޑަކޮށްވެސް ރިއާޔަތް ނުކޮށް އެ އަގުުތައް ކުޑަކޮށްފައިވާކަން އަޅުގަނޑުމެން ހަމަ ފާހަގަކުރަން، އަދި އެކަން އަޅުގަނޑުމެން ބަލައެއްވެސް ނުގަންނަން
ޓެކްސީ ޑްރައިވަރުން

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޓެކްސީ ޑްރައިވަރުން އިތުރަށް ބުނީ، ކުލީގެ އަގުތައް ކޮންޓްރޯލްނުކޮށް، ޓެކްސީގެ އަގުތަކެއް ކަނޑައެޅޭނެކަމަށް ޤަބޫލު ނުކުރާ ކަމަށާއި، ފުރަތަމަ އެކަންކަން ކުރުމަށް ސަރުކާރަށް ޑިމާންޑް ކުރާ ކަމަށެވެ.  

އޭގެ އިތުރުން ތަކެތީގެ އަގުވެސް ރައްޔިތުންނަށް ހަމަހަމަ އުސޫލުން ލިބޭނެ ގޮތެއް ފަހިކޮށްދިނުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.

ހައުސިންގް ރެންޓް އެފޯޑް ނުކުރެވިގެން ވަޒީފާތަކުގައި މި އުޅޭ ބޭފުޅުންނަށް މި މަސައްކަތް ކުރަން މި ޖެހެނީ، ހައުސިންގ ރެންޓު ހައްލު ނުކޮށްދީ، ކަނޑަނާޅައި ޓެކްސީގެ އަގުތަކެއް ކަނޑައެޅޭނެކަމަކަށް އަޅުގަނޑުމެން ޤަބޫލެއް ނުކުރަން
ޓެކްސީ ޑްރައިވަރުން

ޓެކްސީ ޑްރައިވަރުން ބުނާ ގޮތުގައި އެމީހުންގެ ކަންބޮޑުވުމަކީ ޓެކްސީ ކުރުމަކީ އާމްދަނީ ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް ވެފައި އަދި އަގުބޮޑުކޮށް ޓެކްސީ ގެނެސް އެއަށް ފައިސާ ދައްކަމުން ދާއިރު، ސަރުކާރުން މިކަމުގެ ތެރެއަށް ވަންނާތީ، އެކަމުގެ ކަންބޮޑުވުމެވެ.

އަދި ޓެކްސީ ޑްރައިވަރުންނަށް ވެސް އަގުހެޔޮކޮށް ދަތުރު ކުރެވޭނީ ޓެކްސީ ޑްރައިވަރުންގެ ބޮލުގައި އެޅިފައިވާ ބޮޑު ކުލިތައް ވެސް ކޮންޓްރޯލް ކުރެވިގެން ކަމަށް ޑްރައިވަރުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
33%
33%
0%
0%
33%
ކޮމެންޓް
- ގުޅުންހުރި
އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
އެއާޕޯޓް ޓެކްސީ ޚިދުމަތް ދިނުމުގައި ޖާގައިގެ ދަތިކަން ދިމާވޭ، އެއީ ވަރަށް ބޮޑު ގޮންޖެހުމެއް - މިނިސްޓަރ
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
ޓެކްސީގެ އަގުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މީޓަރު ޓެކްސީ ވަރަށް އަވަހަށް ތައާރަފްކުރާނަން: ޓްރާންސްޕޯޓު މިނިސްޓްރީ
އެއާޕޯޓް ޓެކްސީ ކިއޫގައި މައްސަލަ އުޅޭކަމަށް ދައްކައިގެން ސަރުކާރުން އުޅެނީ ޓެކްސީގެ ވިޔަފާރީގެ ތެރެއަށް ވަންނަން: ޑްރައިވަރުން
މާލެ ސަރަހައްދުގައި ޓެކްސީ ކުރާ އައު އަގުތައް ސަރުކާރުން ކަނޑައަޅައިފި
ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުން: މިނިސްޓަރަށް ދަންނަވައިގެންވެސް ހައްލެއްނުވި، ވިދާޅުވަނީ މާދަމާ ވާނެކަމަށް!
އާއްމުންގެ ޝަކުވާ ބޮޑުވުމާއި ގުޅިގެން އަގުތައް ފެންނާނެހެން ބޯޑުތައް ހަރުކޮށް، އެއާޕޯޓުގެ ޓެކްސީ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި