Advertisement
ކ. މާލެ
|
24 ޖުލައި 2025 | ބުރާސްފަތި 16:07
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓެކްސީ ކިއު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓެކްސީ ކިއު
ރާއްޖެއެމްވީ
ވީއައިއޭ
އައު ޓާމިނަލް ހުޅުވަން ޓްރެފިކް ފްލޯ އަށް ގެނައި ބަދަލުން، އެތައް ބައެއްގެ ފްލައިޓް ކަޓާ، ޓެކްސީ ތަކަށް ބޮޑެތި ގެއްލުން!
އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް ގެނައި ބަދަލުތަކުން ޓެކްސީ ކިއުގައި ގަޑިއެއްހާ އިރު ހުންނަން ޖެހޭ
އެއަރޕޯޓުގެ ޓްރެފިކް ފްލޯ އަށް ގެނައި ބަދަލާ ގުޅިގެން ޓެކްސީ ޑްރައިވަރުންނަށް ދަތުރު ނުކުރެވި އާމްދަނީއަށް ބޮޑެތި ގެއްލުންވަމުންދޭ
އެއަރޕޯޓަށް ދެވޭނެ އިތުރު މަގުތަކާއި ފެރީގެ އިންތިޒާމުތައް ރަނގަޅަށް ހަމަޖެހިފައި ނެތުމުން ދަތުރުވެރިންނަށް ދަތިތައް ކުރިމަތިވަމުންދޭ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ އައު އިންޓަރނޭޝަނަލް ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ވަމުންދާ ތައްޔާރީތަކާ ގުޅިގެން އެއަރޕޯޓުގެ ޓްރެފިކް ފުލޯ އަށް ގެނައި ބަދަލުތަކުން އެތައް ބަޔަކަށް ބޮޑެތި ދަތިތަކާ ކުރިމަވެ، ގިނަ ބަޔަކަށް ފްލައިޓް މިސް ވުމުގެ މައްސަލަ ކުރިމަތިވަމުން އެބަދެއެވެ.

ޓްރެފިކް ފްލޯ އަށް ގެނައި ބަދަލުގެ ސަބަބުން ބާރުބޮޑުވެ ގަޑީއެއްހާ އިރު ކިޔުގައި ގައި އޮންނަން ޖެހި، މިކަމުގެ ސަބަބުން ދަތުރުކުރާ ފަސިޖަރުނަށް ގަޑިޔަށް ޗެކިން ނުކުރެވި، ޕްލައިޓުން ނުފުރި އެނބުރި އަންނަން ޖެހުމުގެ ޝަކުވާ އިތުރުވަމުންދާ ކަމަށް އެއަރޕޯޓުގައި މަސައްކަތް ކުރާ ފަރާތަކުން ނަން ނުޖެހުމަށް ޝަރުތުކޮށް މައުލޫމާތު ދީފައިވެއެވެ.

މާލެ އިން އެއަރޕޯޓުގެ ޗެކް އިން އާ ހަމަ އަށް ފޯރުމަށް ނަގާ ވަގުތު ވަރަށް ބޮޑަށް އިތުރުވެގެން މިދިޔައީ އެއަރޕޯޓުގައި ބޭނުން ކުރެވެން ހުރި މަގުތައް ބަންދު ކުރުމާ ގުޅިގެންނެވެ. މިހާރު ޓަމިނަލް އަށް އައިސް ގޮސްވުމަށް ބޭނުން ކުރަނީ އެންމެ މަގެކެވެ.

އޭގެ އިތުރުން މައުލޫމާތު ލިބިފައިވާ ގޮތުގައި ގިނަވަގުތު އެއަރޕޯޓުގައި ޓެކްސީ ކިޔުގައި މަޑުކުރަން ޖެހުމުގެ ސަބަބުން ޓެކްސީ ޑްރައިވަރުނަށް ދަތުރު ނުކުރެވި އެމީހުންގެ އާމްދަނީ އަށް ވެސް ބޮޑެތި ގެއްލުން ވަމުންދާ ކަމުގެ ޝަކުވާވެސް ދަނީ އިތުރު ވަމުންނެވެ.

މިނޫހަށް ވާހަކަ ދެއްކި ޓެކްސީ ޑްރައިވަރުން ފާހަގަކުރާ ގޮތުގައި މިފަދަ ހާލަތުގައި ސަރުކާރުން އެއަރޕޯޓަށް ދަތުރުކުރުމަށް ކަނޑައަޅާފައިވާ ރޭޓަށް ދަތުރު ނުކުރެވޭނެ ކަމަށާއި އެއަރޕޯޓު ދަތުރު ކުރެވޭނީ ގަޑިއަށް ޗާރޖު ކުރާގޮތަށް ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އޭނާ ބުނި ގޮތުގައި ގިނަ ކަސްޓަމަރުން މިކަމަށް އިންކާރުކުރާނެ ކަމަށާއި، އެހެން ނަމަވެސް އެއަރޕޯޓުގެ ޓްރެފިކް ފްލޯ އަށް ބަދަލު ގެނެސް މާލޭގެ އެއް ނަމްބަރު ސަރަހައްދު ބަންދު ކޮށްގެން މިދާ ދުވަސްތަކުގައި ޓެކްސީ ކުރާ މީހުންނަށް ވަރަށް ބޮޑެތި ގެއްލުން ލިބެމުންދާ ކަމަށެވެ.

"އެއް ފަސިންޖަރަކު އަރުވައިގެން އެތައް އިރަކު ކާރުގެ ދަތުރު ނިމެންދެން ކާރު އޮންނަން ޖެހެނީ، އޮންނަން މި ޖެހެނީ ދާން ޖެހޭ ސަރަހައްދު ދުރުވެގެން ނެއް ނޫން، މިހަދާ މޮޅެތި އުސޫލުތަކަށް ތަބާވާން ކިޔުގައި އޮންނަން މަޖުބޫރު ވަނީ،" ޑްރައިވަރަކު ބުންޏެވެ.

ގިނަ އަދަދެއްގެ ފަސިންޖަރުންނަށް ނުފުރި އަނބުރާ އަންނަން ޖެހޭ މައްސަލައިގައި ވާހަކަ ދެއްކުމުން ބުނީ، މިފަދަ އިވެންޓުތަކަށް މުޅި އެއަރޕޯޓު ޓްރެފިކް ފްލޯ އަށް ބާރުބޮޑުވަނީ އިންތިޒާމު ކުރުމުގައި ދަތުރު ކުރެވޭނެ އިތުރު މަގުތަށް ހަމަ ނުޖެއްސުމުންނާއި އެއަރޕޯޓަށް ދެވޭނެ އިތުރު ގޮތްތަށް ރަނގަޅަށް ހަމަ ނުޖައްސާ އޮތުމުގެ ސަބަބުން ކަމަށެވެ.

"ހިންގަމުންދާ އެއަރޕޯޓެއްގައި ޓާމިނަލް އެއް ހުޅުވާށޭ ކިޔާފައި، ހިނގަމުންދާ ކަންކަމަށް ދަތި ނުވާ ގޮތައް އިންތިޒާމު ނުކުރެވެންވީ ސަބަބެއް ނެތް، ކޮބާތޯ؟ ބަސްތައް! އެއަރޕޯރޓް ފެރީ މި އިންތިޒާމްވެސް ރަނގަޅުވާންޖެހޭނެ ނޫންތޯ؟" އޭނާ ބުންޏެވެ.

އޭނާ ފާހަގަ ކުރި ގޮތުގައި އެއްގަމު މަގުން ގިނަ ބަޔަކު ދަތުރު ކުރަން މިހާރު އާދަވެފައި ވާއިރު، ފެރީ އިން ދަތުރު ކުރަން ކަންކަން އޮންނަ ގޮތް ވެސް މީހުންނަށް ސާފު ކޮށްދީފައި ނުވާ ކަމަށާއި، އަދި މި ހާލަތައް ވިސްނައި ދަތުރުތަކުގެ ދޭތެރެ އަވަސް ވެސް ކޮށްފައި ނުވާ ކަމަށެވެ.

މާލޭގައި ވެސް ދަތުރުތައް ކުރުން މި ދުވަސް ކޮޅު ވަރަށް ބޮޑަށް ދަތި ކަމަށް އޭނާ ބުންޏެވެ. މާލޭގެ އެއް ނަންބަރު ސަރަހައްދު ކޮންމެ ދުވަހަކު އެތައް އިރަކު ބަންދު ކުރަމުން ގެންދާތާ މިހާރު ހަތަރު ފަސްދުވަސް ވީ ކަމަށާއި އޭގެ ސަބަބުން، އާންމުންނަށް ތަންތަނަށް ދިއުމަށް ވަރަށް ބޮޑަށް ދަތިވާ ކަމަށް އޭނާ ބުންޏެވެ.

- ކޮމެންޓް