އިނގިރޭސި ވިލާތުގައި ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓު ލައްވަން، ފޮޓޯ އައިޑީ ނެތި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަޑައިގަތުމުން ޕޯލިންގ ސްޓޭޝަނުން އޭނާ ފޮނުވާލައިފިއެވެ.
ވޯޓުލާން އަންނަ މީހުން ފޮޓޯ އައިޑީ ގެންނަން ޖެހޭ ގޮތައް އިނގިރޭސިވިލާތުގެ އިންތިޚާބާ ބެހޭ ގާނޫނަށް ބަދަލުގެނެސްގެން ހަމަޖެއްސީ ބޮރިސް ޖޯންސަންގެ ބޮޑުވަޒީރު ކަމުގައެވެ.
ޖޯންސަން ވޯޓްލައްވަން ވަޑައިގަތީ ސައުތު އޮކްސްފޯޑްޝަޔަރ ގައި ބަހައްޓާފައިވާ ވޯޓް ފޮއްޓަށެވެ.
ވޯޓް ލެއްވޭ ގޮތް ނުވުމުން ފޮޓޯ އައިޑީ ހިއްޕަވައިގެން ފަހުން ވަޑައިގެން އޭނާވަނީ ވޯޓު ލައްވާފައެވެ.