ކ. މާލެ
|
19 އޭޕްރިލް 2024 | ހުކުރު 17:56
އިންޑިޔާ ގައި ވޯޓުލުން ކުރިޔަށް ދަނީ
އިންޑިޔާ ގައި ވޯޓުލުން ކުރިޔަށް ދަނީ
ގެޓީ އިމޭޖަސް
އިންޑިޔާގައި ވޯޓުލާން ފެށުން
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
 
ސިޔާސީ ކަންކަމަށް ފައިސާދޭ ފަރާތްތައް ސިއްރު ކުރެވޭ ގޮތަށް މޯދީ ސަރުކާރުން ހަދާފަ އޮތް އޮތުން ބަދަލު ކުރާނެ ކަމަށް އިދިކޮޅު ކޮންގްރެސް ޕާޓީ އިން ވައުދު ވެފައި ވެއެވެ.   

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ އޮންނަ ގައުމު ކަމަށްވާ އިންޑިޔާގެ އާންމު އިންތިޚާބުގެ ވޯޓުލުން ހުކުރު ދުވަހު ފެށިގެން ކުރިޔަށް އެބަދެއެވެ. މި އިންތިޚާބްގައި ބިލިއަނެއްހާ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، ވޯޓުލުން މޭމަސް ނިމި ޖޫން މަހުގެ އެއްވަނަ ދުވަހާހަމަޔަށް ކުރިޔަށް ދާނެއެވެ. ވޯޓުގެ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 4 ވަނަ ދުވަހުއެވެ.

މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރެއް ކާމިޔާބް ކުރެއްވުމަށް މަސައްކަތް ކުރައްވާއިރު، ކޮންގްރެސް ޕާޓީ ހިމެނޭ ގޮތުން އިދިކޮޅު މައި އެތައް ޕާޓީ އަކުން މިހާރުވަނީ ކޯލިޝަން އެއް ހަދާފައެވެ.

ހުކުރުދުވަހު ފެށުނު އިންތިޚާބްގައި ވޯޓު ލަމުން ދަނީ 543 މެމްބަރުން ހިމެނޭ ލޮކް ސަބާ ނުވަތަ މަޖިލީހުގެ ތިރިގެޔަށް 102 މެމްބަރުން ހޮވުމަށެވެ. ފުރަތަމަ 21 ސަޓޭޓެއްގައި ވޯޓުލުން ބާއްވާފައިވާއިރު މިތަންތަނުގައި 102 ޕޯލިންގ ސްޓޭޝަން ގާއިމް ކޮށްފައިވެއެވެ. ވޯޓްލާން ނިކުތް މީހުންގެ އަދަދު އެކެއްޖަހާއެހާއިރު ހުރީ 45 އިންސައްތައާ 53 އިންސައްތައާ ދެމެދު އެވެ. ގިނަ ސްޓޭޓް ތަކުގައި ގިނަ ބަޔަކު ވޯޓުލުމަށްޓަކާ އަވީގަވެސް ކިއުހަދައިގެން ތިބި ކަމަށް ޚަބަރު ލިބެއެވެ.

ޕާޓީ ތަކުން ވައުދު ވަނީ ކޮން ކަމެއް ކޮށްދޭން

ބީޖޭޕީ މެނިފެސްޓޯ ގަ ބޮޑަށް ބަލާލާފަ ހުރީ ފާއިތުވި ދިހަ އަހަރުގެ ކާމިޔާބް ޓްރެކް ރިކޯޑް އަށާ ސަރުކާރުގެ ވެލްފެއާ ސްކީމް ތަކުގެ ކާމިޔާބީ އަށް ކަމަށް ވެއެވެ. މީގެ އިތުރުން އަލުން ހޮވާދީފިނަމަ 2047 އަންނަންވާއިރަށް އިންޑިޔާއަކީ ތަރައްގީވެފައިވާ ގައުމަކަށް ހަދާދޭނެ ކަމަށް ވައުދު ވެފައިވެއެވެ. އަދި މިހާރު އޮންނަ ގޮތަށް ވަކި ދީން ތަކަށް ވަކި ގާނޫނު އޮތުމުގެ ބަދަލުގައި ހުރިހާއެންމެންގެ މައްޗަށްވެސް ހިނގާ "ޔުނީފޯމް ސިވިލްކޯޑް" އެއް ތައާރަފް ކުރާނެއެވެ. މީގެ އިތުރުން އަންހެނުންނަށް ޚާއްސަ ވިމެންސް ރިޒަރވޭޝަން ލޯ" ތަސްދީގު ކުރާނެ ކަމަށް ބުނެފައި ވެއެވެ.

އިދިކޮޅު ކޮންގްރެސް ޕާޓީގެ މެނިފެސްޓޯގައި ބަލާލާފައިވަނީ ވަޒީފާ ނެތް މީހުންގެ އަދަދު މަދުކުރާނެ ގޮތްތަކާ، އިންފްލޭޝަން ގެ މައްސަލައިގެ އިތުރުން އެކަހެރި ކުރެވި އަނިޔާ ލިބެމުން ދާ މުޖްތަމައު ތަކަށް އެމީހުންގެ ހައްގު ހޯދާ ދިނުމުގެ މައްޗަށެވެ. މީގެ އިތުރުން ވަޒީފާ ޔަގީން ކޮށް ދިނުމުގެ ގޮތުން ޑިޕްލޮމާއެއް އޮތް އަދި 25 އަހަރުން ދަށުގެ ކޮންމެ ގްރެޖުއޭޓް އަކަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގާނެ ކަމަށް ބުނެފައިވެއެވެ. އަދި ބައެއް ގޮވާމަށް ކަނޑައެޅޭ ވަކި އަގެއް ޔަގީން ކޮށް ދިނުމުގެ ގޮތުން ގާނޫނީ ބާރު ދިނުމާއި، ޖަންމޫ އެންޑް ކަޝްމީރަށް ފުރިހަމަ ސްޓޭޓެއްގެ ދަރަޖަ ހޯދާދިނުމަށް ވައުދު ވެފައި ވެއެވެ. މީގެ އިތުރުން ސިޔާސީ ކަންކަމަށް ފައިސާދޭ ފަރާތްތައް ސިއްރު ކުރެވޭ ގޮތަށް މޯދީ ސަރުކާރުން ހަދާފަ އޮތް އޮތުން ބަދަލު ކުރާނެ ކަމަށް ވެސް ކޮންގްރެސް އިން ވައުދު ވެފައި ވެއެވެ.   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް