ކ. މާލެ
|
9 އޯގަސްޓް 2025 | ހޮނިހިރު 17:05
ބީޖޭޕީގެ ކެންޑިޑޭޓަކު މުނިސިޕަލް ކޯޕަރޭޝަން އޮފް ދިއްލީ (އެމްސީޑީ) ގެ ދާއިމީ ކޮމިޓީގެ އިންތިޚާބުގައި ހޯދި ކާމިޔާބީ ފާހަގަ ކުރަނީ - ޖޫން 3، 2025
ބީޖޭޕީގެ ކެންޑިޑޭޓަކު މުނިސިޕަލް ކޯޕަރޭޝަން އޮފް ދިއްލީ (އެމްސީޑީ) ގެ ދާއިމީ ކޮމިޓީގެ އިންތިޚާބުގައި ހޯދި ކާމިޔާބީ ފާހަގަ ކުރަނީ - ޖޫން 3، 2025
ގެޓީއިމޭޖަސް
އިންޑިއާ
އިންތިޚާބުތަކުގައި ވާދަ ނުކުރުމުގެ ސަބަބުން 345 ސިޔާސީ ޕާޓީ އިންޑިއާ ގައި އުވާލައިފި
އިންޑިއާ ގެ އިލެކްޝަންސް ކޮމިޝަނުން އިންތިޚާބީ ނިޒާމް ސާފުކުރުމުގެ ގޮތުން ހަ އަހަރު ދުވަހުގެ ތެރޭގައި އެއްވެސް އިންތިޚާބެއްގައި ބައިވެރިނުވާ 345 ޕާޓީ އުވާލައިފި. މި ބޮޑު ބަދަލާއެކު މިހާރު އިންޑިއާގެ ޕާޓީތަކުގެ ދަފްތަރުގައި ހިމެނެނީ 6 ޤައުމީ ޕާޓީއާއި 67 ސްޓޭޓް ޕާޓީ އަދި 2،854 އެހެނިހެން ރަޖިސްޓަރީ ކުރެވިފައިވާ ޕާޓީތައް.

ފާއިތުވި ހަ އަހަރު ދުވަހު އެއްވެސް އިންތިޚާބެއްގައި ވާދަ ކޮށްފައި ނެތުމުގެ ސަބަބުން އިންޑިއާ ގައި 345 ސިޔާސީ ޕާޓީ އުވާލައިފިއެވެ.

މުޅި އިންތިޚާބީ ނިޒާމް "ސާފުކުރުމުގެ" މުހިންމު ފިޔަވަޅެއްގެ ގޮތުން، އިންޑިއާގެ އިލެކްޝަން ކޮމިޝަން (އީސީއައި) އިން ހޮނިހިރު ދުވަހު ބުނީ ރަޖިސްޓަރީ ކޮށްފައިވާ 345 ސިޔާސީ ޕާޓީ، ޕާޓީ ތަކުގެ ދަފްތަރުން އުނިކޮށްފި ކަމަށެވެ.

މި ޕާޓީތަކަކީ 2019 އިން ފެށިގެން ވޭތުވެދިޔަ 6 އަހަރު ދުވަހު އެއްވެސް އިންތިޚާބެއްގައި ވާދަ ކޮށްފައި ނުވާ، ލިޔެކިޔުންތަކުގައިވާ އެޑްރެހުގައި އެ ޕާޓީތަކުގެ އޮފީސްތައް ހުރިކަން ޔަގީން ނުކުރެވޭ ޕާޓީތައް ކަމަށް އީސީއައި އިން ނެރުނު ބަޔާނެއް ގައި ބުނެފައިވެއެވެ.

ހަރަކާތްތެރި ނުވާ ޕާޓީ ތައް ދަފްތަރުން އުނިކުރުމަކީ ހަމައެކަނި ކަރުދާހުގައި އޮންނަ ޕާޓީތައް ނިޒާމުން ސާފުކުރުމަށް އީސީއައި އިން ގެންގުޅޭ ފުޅާ އަދި ދެމެހެއްޓެނިވި ސްޓްރެޓެޖީގެ ބައެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާ ގައި އިލެކްޝަންސް ކޮމިޝަން ގައި ދަފްތަރު ގައިވަނީ 6 ޤައުމީ ޕާޓީ، 67 ސްޓޭޓް ޕާޓީ އަދި ރެޖިސްޓްރީ ކޮށްފައިވާ އެހެން ނަމަވެސް ހަރަކާތްތެރި ނުވާ 2،854 އެވެ.

އީސީގެ ގައިޑްލައިން ގައި ވާ ގޮތުން، އެއްވެސް ޕާޓީއަކުން ވިދިވިދިގެން 6 އަހަރު ދުވަހު އިންތިޚާބުތަކުގައި ވާދަނުކޮށްފި ނަމަ، އެ ޕާޓީއެއް ރަޖިސްޓަރީ ކުރެވިފައިވާ ޕާޓީތަކުގެ ލިސްޓުން އުނިކުރެވޭނެއެވެ.

2022 އިން ފެށިގެން، ސިޔާސީ ދާއިރާ ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން، އިންތިޚާބީ ކޮމިޝަނުން 284 ޤަވާއިދާ ޚިލާފު އަދި ޝަރުތު ފުރިހަމަނުވާ ޕާޓީ ތައް ލިސްޓުން އުނިކޮށް، 253 ޕާޓީ ހަރަކާތްތެރިނުވާ ޕާޓީތަކެއްގެ ގޮތުގައި އިޢުލާނު ކޮށްފައި ވެއެވެ.

- ކޮމެންޓް