ކ. މާލެ
|
16 އޯގަސްޓް 2025 | ހޮނިހިރު 09:55
ނިއުދިއްލީގެ ޖަވާހަރުލާލް ނެހްރޫ ސްޓޭޑިއަމްގައި ބޭއްވި ކޮމަންވެލްތު ގޭމްސް ނިންމުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ގައުމީ ދިދަ ބޮޑު ފުއްޕާހަމެއްގައި މައްޗަށް އަރުވާފައި
ނިއުދިއްލީގެ ޖަވާހަރުލާލް ނެހްރޫ ސްޓޭޑިއަމްގައި ބޭއްވި ކޮމަންވެލްތު ގޭމްސް ނިންމުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ ގައުމީ ދިދަ ބޮޑު ފުއްޕާހަމެއްގައި މައްޗަށް އަރުވާފައި
ރޮއިޓަރސް
ކޮމަންވެލްތު ގޭމްސް
ކޮމަންވެލްތު ގޭމްސް އިންޑިއާ ގައި ބޭއްވުމުގެ އުންމީދު ބޮޑު: އޮފިޝަލް
ރޮއިޓާސްއާ ވާހަކަ ދައްކަމުން އިންޑިއާގެ އޮލިމްޕިކް ކޮމިޓީގެ މެމްބަރު ހަރްޕަލް ސިންހް ވިދާޅުވީ، މުޅި އިންޑިއާ އޮތީ އެ ގައުމު ގައި ކޮމަނެވެލްތު ގޭމްސް ބޭއްވުމަށް ތައްޔާރަށް ކަމަށެވެ. އަދި އިންޑިއާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އެކަމަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

2030 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސް އިންޑިއާގެ އަޙުމަދުއާބާދު ގައި ބޭއްވުމަށް ކުރާ ބިޑު ކާމިޔާބު ވުމުގެ ފުރުސަތު ބޮޑު ކަމަށް އިންޑިއަން އޮލިމްޕިކް ކޮމިޓީ އިން ބުނެފި އެވެ.

މި މަހުގެ 31 ވަނަ ދުވަހު ބިޑު ހުށަހެޅުމުގެ ފުރުސަތު ބަންދު ކުރުމުގެ ކުރިން، ކޮމަނެވެލްތުގެ ކުޅިވަރާ ބެހޭ ވަފުދެއް އިންޑިއާ އަށް ޒިޔާރަތްކޮށް، ބިޑުތައް ކާމިޔާބު ކުރުމުގައި ކުރިން ގައުމު ތަކުން އަމަލު ކޮށްފައިވާ ގޮތްތަކާއި، އަދިވެސް އެހެން މައުލޫމާތު މިދިޔަ ހަފްތާގައި އިންޑިއާ އޮފިޝަލުންނާ ހިއްސާކޮށްފައިވެ އެވެ.

ރޮއިޓާސްއާ ވާހަކަ ދައްކަމުން އިންޑިއާގެ އޮލިމްޕިކް ކޮމިޓީގެ މެމްބަރު ހަރްޕަލް ސިންހް ވިދާޅުވީ، މުޅި އިންޑިއާ އޮތީ އެ ގައުމު ގައި ކޮމަނެވެލްތު ގޭމްސް ބޭއްވުމަށް ތައްޔާރަށް ކަމަށެވެ. އަދި އިންޑިއާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އެކަމަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަމައެއާ އެކު ކުޅިވަރުގެ އުމްރާނީ ވަސީލަތްތައް ގާއިމުވެފައި ހުރި ގޮތުންނާއި، ރޭވިފައި ހުރި ކަންކަމަށް ބަލައި، ކޮމަންވެލްތު ގޭމްސް ބާއްވަން ހުށަހަޅާ ބިޑު ކާމިޔާބު ވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް އިންޑިއާގެ އޮލިމްޕިކް ކޮމިޓީ އިން ދެކެ އެވެ.

2010 ވަނަ އަހަރު އިންޑިއާގެ ވެރި ރަށް ނިއުދިއްލީ ގައި ކޮމަންވެލްތު ގޭމްސް ބޭއްވި ފަހުން، އިންޑިއާ ގައި ކުޅިވަރުގެ މިފަދަ ބޮޑު އީދެއް ބާއްވާފައެއް ނުވެ އެވެ.

އަދި 2030 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސް އަޙުމަދުއާބާދު ގައި ބޭއްވުމަށް އިންޑިއާ އިން ބިޑު ކުރަނީ، އެއަށްވުރެ ބޮޑު ހުވަފެނެއް ގައި ކުލަ ޖެއްސުމުގެ ހަރުފަތެއްގެ ގޮތުންނެވެ. އިންޑިއާގެ އުންމީދަކީ 2036 ވަނަ އަހަރު އޮންނަ ހޫނު މޫސުމުގެ އޮލިމްޕިކްސް އަޙުމަދުއާބާދު ގައި ބޭއްވުމެވެ.

- ކޮމެންޓް