ކ. މާލެ
|
18 މާރޗް 2024 | ހޯމަ 14:23
މިފްކޯގެ ސީއީއޯ އަޙްމަދު ޝަމާޙު ރަޝީދު
މިފްކޯގެ ސީއީއޯ އަޙްމަދު ޝަމާޙު ރަޝީދު
މިފްކޯ
މިފްކޯގެ ސީއީއޯ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފި
 
ސަމާހު މަގާމުގެ މަސްއޫލިއްުޔަތުތަކުން އެކަހެރިކުރަން ނިންމާފައިވަނީ 14 ދުވަހަށް

މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އަޙްމަދު ޝަމާޙު ރަޝީދު، އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހޯމަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކޯޕަރޭޓް ގަވަނެންސްއާއި ގުޅުންހުރި މައްސަލަތަކެއް ޕީސީބީއަށް ހުށަހެޅުމާ ގުޅިގެން އެކަމުގެ ފުރިހަމަ އިންކުއަރީއެއް ހިންގުމުގެ ގޮތުން މަގާމުގެ މަސްއޫލިއްޔަތުތަކުން އޭނާ އެކަހެރިކޮށްފައިވާ ކަމަށެވެ.

ސަމާހު މަގާމުގެ މަސްއޫލިއްުޔަތުތަކުން އެކަހެރިކުރަން ނިންމާފައިވަނީ 14 ދުވަހުގެ މުއްދަތަކަށެވެ.

މީގެ ކުރިންވެސް މީޑީއާތަކުގައި ޕީސީބީން މިފްކޯގެ ސީއީއޯ ސަމާހަށް ކުރާ ތުހުމަތުތަކާ ގުޅޭ ސިޓީއެއް ވަނީ ލީކު ކޮށްލާފައެވެ. އެ ސިޓީގައި ޕީސީބީން އޭނާއަށް ވަނީ 12 ތުހުމަތެއް އަމާޒުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
67%
0%
0%
0%
0%
33%
ކޮމެންޓް