Advertisement
ކ. މާލެ
|
16 މާރޗް 2024 | ހޮނިހިރު 08:57
އެއާ ކޯގެ ޚިދުމަތް
އެއާ ކޯގެ ޚިދުމަތް
ރާއްޖެއެމްވީ
އެމްއެންޑީއެފް
އެމްއެންޑީއެފްގެ އެއާ ކޯ ތަޢާރަފްކޮށްފި
މި ޚިދުމަތުގެ ސަބަބުން ރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހިނގާފާނެ ނުރައްކަލަކަށްވެސް އެކަށީގެންވާ ފިޔަވަޅެއް އެޅުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ

އެމްއެންޑީއެފްގެ އެއާ ކޯ ގެ ނަމުގައި ދިވެހި ސިފައިންގެ ވައިގެ ޚިދުމަތް ތަޢާރަފްކޮށްފިއެވެ.

މި ޚިދުމަތް ތަޢާރަފުކޮށްދެއްވީ ހުކުރު ދުވަހުގެރޭ ނ.މާފަރުގައި ބޭއްވި ޖަލްސާގައި ރައީސް ޑރ.މުޙައްމަދު މުއިއްޒުއެވެ.

އެގޮތުން، އެއްގަމާއި، ކަނޑާއި، ވައިގެމަގުން ވެސް ޤައުމު ދިފާޢުކުރުމުގެ ޒަމާނީ އަސްކަރީ ޤާބިލުކަން ދިވެހިރާއްޖޭގައި ވަރުގަދަކުރުމަށްޓަކައި އެމްއެންޑީއެފްގެ އެއާ ކޯ އާއި އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫ.އޭ.ވީ) ސިފައިންގެ ޚިދުމަތަށް ތަޢާރަފުކޮށްދެއްވައިފައިވެއެވެ.

Advertisement

މި ތަޢާރަފުކުރި ޚިދުމަތުގެ ސަބަބުން ރާއްޖޭގެ މަސްކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެ، ރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހިނގާފާނެ ނުރައްކަލަކަށްވެސް އެކަށީގެންވާ ފިޔަވަޅެއް އެޅުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

މިޚިދުމަތާ ގުޅޭގޮތުން ހުކުރު ދުވަހުގެރޭ އެމްއެންޑީއެފްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ޚިދުމަތް ގާއިމުކުރެވުމުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި ހިނގާ ހާދިސާތަކުގައި ދިވެހި ދައުލަތުން އަދާކުރުމަށް ލާޒިމުކުރާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް މިހާރަށްވުރެން ފުރިހަމައަށް އަދާކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި މީގެ އިތުރުން، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ކަނޑުގައި ހަރަކާތްތެރިވާ އެހެން ގައުމުތަކާ ގުޅިގެން ދިވެހިރާއްޖެއަށް މިހާރަށްވުރެން މާނަވީ ދައުރެއް އަދާކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް