Advertisement
ކ. މާލެ
|
11 ނޮވެންބަރ 2025 | އަންގާރަ 13:45
ހުޅުމާލޭ ފަރުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވުން
ހުޅުމާލޭ ފަރުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވުން
އެމްއެންޑީއެފް
އަލިފާނުގެ ހާދިސާ
ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން
އަލިފާން ރޯވީ ހުޅުމާލޭ ފަޅުތެރޭގައި އޮތް ލޯންޗެއްގައި

ހުޅުމާލޭ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ ހުޅުމާލޭ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، އެ އަލިފާންގަނޑު ނިއްވުމުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް ހަރަކާތްތެރި ވަމުން ދާ ކަމަށެވެ.

އެގޮތުން އެ ސަރަހައްދުގައި ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވަމުން ދާ ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދީފައި ވެއެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި އެ އުޅަނދުގައި ވަރަށް ބޮޑަށް ހުޅުގަނޑު ހިފާފައިވާއިރު ކަޅު ބޯ ދުން އަރަމުންދާ މަންޒަރު ފެނެ އެވެ.

- ކޮމެންޓް