Advertisement
ކ. މާލެ
|
8 ނޮވެންބަރ 2025 | ހޮނިހިރު 13:07
ފަރެސްމާތޮޑާ އަށް ދަތުރު ކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ
ފަރެސްމާތޮޑާ އަށް ދަތުރު ކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ
ހަފްތާ.އެމްވީ
ފަރަށް އެރުން
މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް
ބޯޓުގައި ތިބި 12 މީހުން ފެލިދޫ އަށް ވަނީ ގެންގޮސްފައި، އެންމެންގެ ހާލު ރަނގަޅު
ބޯޓުގެ މައްޔާ ފަޅައިގެން ގޮސް ދިޔަވެ، ބޯޓުގެ ބޮޑު ބައި މިހާރު އޮތީ އަޑީގައި

މާލެއިން މުދާ ބަރުކޮށްގެން 12 މީހުންނާއެކު ގދ. ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައިފި އެވެ.

ހޮނިހިރު ދުވަހު ފުލުހުން ބުނީ، މާލެއިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ފަހިރޯޅި ބޯޓު ވ. ފެލިދޫ ކައިރި ފަރަށް އަރާފައިވާ ކަމުގެ މައުލޫމާތު 7 ނޮވެންބަރު 2025 ވަނަ ދުވަހުގެ ފަތިހު 5:01 އެހާއިރު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ، ބޯޓުގައި ތިބި 12 މީހުން ފެލިދޫ އަށް ގެންގޮސްފައިވާ ކަމަށާއި، އެންމެންގެ ހާލު ރަނގަޅު ކަމަށެވެ.

އޭގެ ތެރޭގައި ހަ ދަތުރުވެރިން ހިމެނެއެވެ. އެއީ ދިވެއްސަކާއި 5 ބިދޭސީން ކަމަށް ފުލުހުން ބުންޏެވެ. އޭގެ އިތުރުން ދެން އެ ބޯޓުގައި ތިބީ ބޯޓުގެ ކައްޕިއާއި، ވެރިފަރާތާއި، ހަތަރު ބިދޭސީ ފަޅުވެރިންނެވެ.

މީގެ އިތުރުން ފުލުހުން ބުނީ، ބޯޓު ފަރަށް އަރައި، ބޯޓުގެ މައްޔާ ފަޅައިގެން ގޮސް ދިޔަވެ، ބޯޓުގެ ބޮޑު ބައި މިހާރު އޮތީ އަޑީގައި ކަމަށެވެ.

މި ހާދިސާ ހިނގި ގޮތް ފުލުހުން ދަނީ ތަހުގީގު ކުރަމުންދާއިރު، އެމްއެންޑީއެފްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. އާއްމު ގޮތެއްގައި ކަނޑުމަތީގެ ހާދިސާތައް ހިނގުމުން އެމްއެންޑީއެފުން އެކަން މީޑިއާތަކާ ހިއްސާ ކުރެ އެވެ. ނަމަވެސް މި ހާދިސާ ހިނގިތާ 24 ގަޑިއިރު ވެފައިވާއިރު، އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައިނުވެ އެވެ.

- ކޮމެންޓް