ކ. މާލެ
|
3 މާރޗް 2024 | އާދީއްތަ 06:10
ރައީސް ރ.އަލިފުށީގައި ވާހަކަދައްވަކަވަނީ
ރައީސް ރ.އަލިފުށީގައި ވާހަކަދައްވަކަވަނީ
ޓެކްސް ނިޒާމް ފުޅާކުރުން
ކުރިއަށް އޮތްތަނުގައި ޓެކްސް ބޮޑު ކުރާނެ ކަމުގެ އިޝާރާތެއް ރައީސް ދެއްވައިފި
 
އާ ޓެކްސްއެއް ނުނަގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި
 
މަޖިލިސް އިންތިޚާބުގެ އަޢުލަބިއްޔަތު ސަރުކާރަށް ލިބިއްޖެ ނަމަ ޓެކްސްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް އިދިކޮޅު މެމްބަރުން ތުހުމަތު ކުރޭ

ކުރިއަށް އޮތްތަނުގައި ޓެކްސް ބޮޑު ކުރާނެ ކަމުގެ އިޝާރާތެއް ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ ރ.އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރ.އަލިފުށްޓަށް ކުރެއްވި ދަތުފުޅުގައި ވާހަކަދައްކަވަމުންނެވެ. އެމަނިކުފާނު ވަނީ މި ސަރުކާރުން އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދަމުންދާ ކަމަށް ފާހަގަކުރައްވާފައެވެ. އެކަން ކުރައްވާނީ ޓެކްސް ބޭސް ފުޅާކޮށްގެން ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ޓެކްސް ނިޒާމުގެ ތެރެއިން މިހާރަށް ވުރެ އިތުރަށް ޓެކްސްތައް ލިބޭނެ ގޮތްތައް މަގުފަހިކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އާ ޓެކްސްއެއް ނުނަގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އެހެންކަމުން މިހާރު ނަގާ ޓެކްސްތައް ބޮޑުވުމުގެ ފުރުސަތު އޮތްކަން އެމަނިކުފާނުގެ ވާހަަކަފުޅުން ހާމަވިއެވެ. އެހެންނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ހާމަ އެއް ނުކުރައްވައެވެ.

ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ ވައުދުތައް ފުއްދޭނީ އަވަސްމިނެއްގައި އާމްދަނީ އިތުރުކޮށްގެން ކަމަށް ފާޖަގަކުރައްވާފައެވެ. އަދި މިހާރު ޚަރަދު ކުޑަކޮށް، އާމްދަނީ އިތުރުކުރުމުގެ މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވިއެވެ. ރައީސް މުއިއްޒު މިކަން ހާމަކުރައްވާފައި ވާއިރު ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގެ އަޣުލަބިއްޔަތު ސަރުކާރަށް ލިބިއްޖެ ނަމަ ޓެކްސްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރުގެ އިސް ފަރާތްތަކުން ވަނީ ނިމިދިޔަ ސަރުކާރުގައި ޕްލާސްޓިކް ކުނި މަދުކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ޕްލާސްޓިކް ކޮތަޅުން ފީ އެއް ނަގަން ފެށުމުން އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އެކަމަކީ ރިޔާސީ އިންތިޚާބު ތެރޭގައި ނިމިދިޔަ ސަރުކާރަށް ފާޑުކިޔަން އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް، ޕީއެންސީން އެންމެ ބޮޑަށް ދެއްކި އެއް ވާހަކައެވެ. ނަމަވެސް ވެރިކަމަށް އައުމަށް ފަހު އެފަދަ ފީ އާއި ޓެކްސްތައް ކުޑަކުރުމަށް ވަކާލާތުކުރަމުން ނުދާކަން ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
100%
0%
ކޮމެންޓް
ގުޅުންހުރި
ޕީއެންއެފްއިން ބޭއްވި ޖަލްސާއަށް ހުރަސްއެޅުމަށްފަހު ތަނެއް ހަމަޖައްސައިދިން ކަމަށް ބުނެ ސަރުކާރުން ދޮގު ހަދައިފި
ޢީދު ދުވަސް އަންނަ އިރު ވިސްނަންވީ ޚިޔާލު ތަފާތުވިޔަސް ދިވެހިންނަށްވީތީ އޮތް އެއްބައިވަންތަކަން ދޫކޮށްނުލަން - ރައީސް
ރާއްޖެއާއި ތުރުކީއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަނީ
ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީގެ ނަމުގައި އިދާރާއެއް އުފައްދަވައިފި
ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރެވޭނީ ގާނޫނަށް ބަދަލުގެނެސްގެން - ރައީސް
ރާއްޖޭގެ އާބާދީއަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި އުފެއްދުމުގެ މަސައްކަތުގެ ނަތީޖާ ދެތިން އަހަރު ދުވަހުގެތެރޭގައި ފެންނާނެ - ރައީސް
މާކުރަތުން އެ ރަށަށް ދިމާވެފައިވާ ދަތި ކަންކަން ހައްލުކޮށްދިނުމަށް ރައީސްގެ ކިބައިން އެދިއްޖެ
ރަށާއި ދުރު ފަޅުރަށްތައް ވެސް ކައުންސިލަށް ބޭނުން ކުރެވޭ ގޮތް ހަމަޖައްސާ، ފަޅުރަށްތައް 25 އަހަރަށް ދޫކުރަން ފަށަނީ