Advertisement
ކ. މާލެ
|
16 ޖުލައި 2025 | ބުދަ 07:07
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރާއްޖެއެމްވީ
ސިޔާސީ މަގާމުތައް
ސިޔާސީ މަގާމުގެ އަދަދުވެސް ވައުދާ ޚިލާފް
20 މިނިސްޓަރުން އަދި އެ ފެންވަރުގައި 14 މަގާމު
93 ސްޓޭޓް މިނިސްޓަރުންނާއި 216 ޑެޕިއުޓީ މިނިސްޓަރުން
318 ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުން، 169 ފޮލިޓިކަލް ޑިރެކްޓަރުން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ސިޔާސީ މަގާމުގެ އަދަދު ރައީސް ވައުދުވެ ވަޑައިގެންނެވި ވަރަށް ވުރެ 222 އިތުރު ކަން ހާމަ ވެއްޖެއެވެ.

ރައީސް އޮފީހުން ރައީސް އޮފީހުން އަންގާރަ ދުވަހު ނެރުނު ބަޔާނެއް ގައި ބުނެފައި ވަނީ މިވަގުތު ސިޔާސީ މަގާމުތަކުގައި 922 މުވައްޒަފުން ތިބި ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ:

20 ވަޒީރުން

14 ވަޒީރުންގެ ފެންވަރުގައި

93 ސްޓޭޓް މިނިސްޓަރުން

07 ސްޓޭޓް މިނިސްޓަރުން ފެންވަރުގައި

216 ޑެޕިއުޓީ މިނިސްޓަރުން

20 ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި

318 ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުން

08 ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި

169 ޕޮލިޓިކަލް ޑިރެކްޓަރުން

04 ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި

04 އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުން

49 އެހެނިހެން ސިޔާސީ މަޤާމުތަކުގައި

ރައީސް މުއިއްޒު ގެ ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރާނެ ކަމަށް ވަނީ ވައުދުވެފައެވެ.

ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ އަދަދު ހާމަ ކުރުން ސަރުކާރުން ފަސް ކުރަމުން ގޮސް މަގާމުތަކުގެ އަދަދު ހާމަ ކުރި އިރު، ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި ބައެއް ފަރާތްތަކަކީ ކުރާނެ މަސައްކަތެއް އަދި އިށީންނާނެ ގޮނޑިމޭޒު ވެސް އޮފީހުގައި ނުހުންނަ، އަދި ބައެއް މީހުންނަކީ އޮފީހަށް ހަމަ އެކަނި ސޮއި ކޮށްލަން އަންނަ ބައެއް ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ އަދަދު ސަރުކާރުން މި ހާމަ ކުރީ، އެ މައުލޫމާތު ހޯދުމަށް، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅައިގެން ވެސް އެ މައުލޫމާތު ދިނުމަށް ދެކޮޅު ހަދަމުން ގެންދިޔުމަށް ފަހުގައިކަން ފާހަގަ ކުރެވެއެވެ.

ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ސިއްރު ކުރަން އެތައް މަސައްކަތްތަކެއް ކުރުމަށް ފަހު އެންމެ ފަހުން މި މައުލޫމާތު ހާމަ ކުރި އިރު، ސަރުކާރުގެ ޚަރަދުތައް ކުޑަކުރަން ކަމަށް ބުނެ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، ސަރުކާރުން ވަކިި ކުރި ކަމަށް ބުނި 248 މުވައްޒަފުންގެ މައުލޫމާތު ހާމަ ކުރަން ވެސް ރައީސް އޮފީހުން ވަނީ ދެކޮޅު ހަދާފައެވެ. ސަރުކާރުން ސިއްރު ކުރާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވެރިކަމަށް ވަޑައިގަތުމުގެ ކުރިން މުއިއްޒު ވިދާޅުވެފައި އޮތް ނަމަވެސް ވަކިކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަ ކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގުމުން ވެސް އެކަން އެގޮތައް ނުކުރަން ރައީސް އޮފީހުން ވަނީ މައްސަލަ ހައިކޯޓަށް ހުށަހަޅާފައެވެ.

ވަކިި ކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ސިއްރު ކޮށްފައި އޮތްކަމާއި އެ މައުލޫމާތު ހާމަ ނުކުރަން ރައީސް އޮފީހުން ހައިކޯޓަށް މައްސަލަ ހުށަހެޅިކަން ވެސް އެނގިވަޑައި ނުގަންނަވާ ކަމަށް ނޫސްވެރިންނަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. .

- ކޮމެންޓް