ކ. މާލެ
|
28 ފެބްރުއަރީ 2024 | ބުދަ 12:36
ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒް
ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒް
ރާއްޖެއެމްވީ
ފަނޑިޔާރުން ހުވާކުރެއްވުން
އަލަށް ވުޖޫދުވާ ޤާނޫނުތަކަށް އަހުލުވެރިނުވެ އެންމެ ރަނގަޅަށް އިންސާފު ޤާއިމުނުކުރެވޭނެ: ފަނޑިޔާރު ނިޔާޒް
ރާއްޖޭގެ ފަނޑިޔާރުގެއަކީ ދިގު ތާރީޚެއް ހިމެނޭ ތަނެއް
އިންސާފު ލިބިދިނުމުގެ ޒިންމާއަކީ މުހިއްމު، އަދި ބޮޑު ޒިންމާއެއް

އަލަށް ވުޖޫދުވާ ޤާނޫނުތަކަށް އަހުލިވެރިނުވެ އެންމެ ރަނގަޅަށް އިންސާފު ޤާއިމު ނުކުރެވޭނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ނިޔާޒް ވިދާޅުވެއްޖެއެވެ.

ކޯޓުތަކަށް އަލަށް އައްޔަން ކުރެއްވި ފަނޑިޔާރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަނޑިޔާރު ނިޔާޒް ވިދާޅުވީ، އިންސާފު ލިބިދިނުމުގެ ޒިންމާއަކީ މުހިއްމު، އަދި ބޮޑު ޒިންމާއެއް ކަމަށެވެ.

ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތަކީ ބޮޑު އަދި ބުރަ މަސްއޫލިއްޔަތެއްކަން ފާހަގަ ކުރައްވައި ފަނޑިޔާރު ނިޔާޒް ވިދާޅުވީ، އިންސާފު ހޯދަން އަންނަ ފަރާތްތަކާމެދު ހަމަހަމަކަމާއެކު ކަންކަން ކުރަން ޖެހޭ ކަމަށެވެ.

ޤާނޫނުއަސާސީއާއި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އިންސާފު ލިބިދިނުމުގައި މަސައްކަތް ކުރުން
ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ނިޔާޒް

އޭގެ އިތުރުން، ހެއްކާބެހޭ ޤާނޫނު ފަދަ އަލަށް ވުޖޫދުވާ ޤާނޫނުތަކަށް އަހުލުވެރިވުމަކީވެސް މުހިއްމު ކަމެއްކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެގޮތުން އަލަށް ވުޖޫދުވާ ޤާނޫނުތަކަށް އަހުލިވެރިނުވެ އެންމެ ރަނގަޅަށް އިންސާފު ޤާއިމު ނުކުރެވޭނެކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.

އަލަށް މަޤާމާ ޙަވާލުވެވަޑައިގަންނަވާ ފަނޑިޔާރުންވެސް އެކަންކަމަށް ސަމާލުކަން ދެއްވުމަށް ފަނޑިޔާރު ނިޔާޒް އެދިވަޑައިގެންނެވިއެވެ.

ފަނޑިޔާރު ވިދާޅުވީ، ރާއްޖޭގެ ފަނޑިޔާރުގެއަކީ ދިގު ތާރީޚެއް ހިމެނޭ ތަނެއް ކަމަށެވެ.

އޭގެ އިތުރުން، ފަނޑިޔާރަކަށްވީތީ ދަމަހައްޓަންޖެހޭ ސުލޫކުތަކެއް ހުންނާނެކަންވެސް ފަނޑިޔާރު ނިޔާޒްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް