ކ. މާލެ
|
24 ފެބްރުއަރީ 2024 | ހޮނިހިރު 10:33
ގާޑިއޯލާ ސިޓީއަށް ހޯދައިދިން ފުރަތަމަ ޗެމްޕިއަންސް ލީގު ތަށްޓަށް ބަލަހައްޓައިގެން
ގާޑިއޯލާ ސިޓީއަށް ހޯދައިދިން ފުރަތަމަ ޗެމްޕިއަންސް ލީގު ތަށްޓަށް ބަލަހައްޓައިގެން
ރޮއިޓަސް
ޕެޕް ގާޑިއޯލާ
ދެން ބޭނުންވަނީ ވޯލްޑްކަޕް ކާމިޔާބު ކުރަން ގައުމީ ޓީމެއް: ގާޑިއޯލާ
ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ އުއްމީދެއް: ގާޑިއޯލާ

އޭނާ ދެން ބޭނުންވަނީ ގައުމީ ޓީމަކަށް ކޯޗުކޮށްދޭން ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އޭނާ އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ ކާމިޔާބު އަދި އެންމެ ގިނަ ކުލަބުތަކުންނާއި ގައުމީ ޓީމުތަކުން ވެސް ބޭނުންވާ ކޯޗެވެ.

ގާޑިއޯލާ ވަނީ ސްޕޭނުގެ ބާސެލޯނާގައި ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. އޭގެ ތެރޭގައި އެއް ސީޒަނެއްގައި ހަ ތަށި ހޯދުމާއި ދެ ފަހަރު ޗެމްޕިއަންސް ލީގު ހޯދުން ހިމެނެ އެވެ. އޭގެ ފަހުން ޖަރުމަނުގެ ބަޔާން މިއުނިކްގައި ވެސް ކާމިޔާބީތަކެއް ހޯދި އެވެ. އޭނާ މިހާރު ކޯޗުކޮށްދޭ ސިޓީގައި އެންމެ ކާމިޔާބު ސީޒަނަކީ މިދިޔަ ސީޒަނެވެ. ޗެމްޕިއަންސް ލީގާއި ކުލަބު ވޯލްޑްކަޕާއެކު ޖުމުލަ ފަސް ތަށި ހޯދި އެވެ.

އެކަމަކު ސިޓީއާއެކު ހަދާފައިވާ ކޮންޓްރެކްޓް އަންނަ ސީޒަނުގައި ހަމަވާން އޮތް ކޯޗު ބުނީ ގައުމީ ޓީމަކަށް ކޯޗުކޮށްދީ ވޯލްޑްކަޕް ކާމިޔާބުކުރަން ބޭނުންވާ ކަމަށެވެ.

"އަހަރެން ދެން ބޭނުންވަނީ ގައުމީ ޓީމެއް. އެއީ ކުލަބުން އަހަރެން ބޭނުންވާ ގޮތަށް އަހަރެން ބޭނުންވާނެ ގައުމީ ޓީމަކަށްވާން ވާނެ. އަހަރެން ބޭނުން ވޯލްޑްކަޕް ކާމިޔާބު ކުރަން،"
ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ އަށް މިދިޔަ އަހަރު ބްރެޒިލްގެ ގައުމީ ކޯޗުކަން ހުށަހެޅި އެވެ. އޭނާ އެ މަގާމާ ހަވާލުނުވީ ބްރެޒިލަށް އޭނާގެ މުސާރަ ދެވެން ނެތުމުންނާ ވެސް އެކުގަ އެވެ. ގިނަ ބަޔަކު ގަބޫލުކުރަނީ ގައުމީ ޓީމަކާ ހަވާލުވާނަމަ ގާޑިއޯލާ ކޯޗުކޮށްދޭނީ އޭނާގެ ގައުމު ސްޕޭނަށް ކަމަށެވެ. ސަބަބަކީ ސްޕޭނުގެ ލީގު ރަނގަޅު ވެފައި، މޮޅު ކުޅުންތެރިން އެ ގައުމުގައި ތިބިފައި ވަރުގަދަ ގައުމީ ޓީމެއް ތައްޔާރު ކުރުމުގެ ފުރުސަތު އޮތުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް