Advertisement
ކ. މާލެ
|
12 ފެބްރުއަރީ 2024 | ހޯމަ 08:36
މަޑަވެލިން ބަނގުރާ ދަޅުތަކެއް ހޯދުން
މަޑަވެލިން ބަނގުރާ ދަޅުތަކެއް ހޯދުން
ޕޮލިސް މީޑިޔާ
މަސްތުވާތަކެތީގެ މައްސަލަ އެއް
މަޑަވެލިން ބަނގުރާ ދަޅުތަކެއް ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެެންގޮސްފި
މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވޭ
ޖަނަވަރީ މަހުގެ 25 އިން މި ފެބުރުވަރީ މަހުގެ 9 އަށް މަޑަވެލީގައި ފުލުހުން ވަނީ އޮޕަރޭޝަނެއް ހިންގާފައި
މި މައްސަލަ މަޑަވެލި ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުން

ގދ. މަޑަވެލީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ބަނގުރާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެެވެ.

ފުލުހުން ބުނީ މިދިޔަ ޖަނަވަރީ މަހުގެ 25 އިން މި ފެބުރުވަރީ މަހުގެ 9 އަށް ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާ ފެނިފައިވަނީ އެ ރަށުގެ ފަޅުގެ ސަރަހައްދަކުން ކަމަށެވެ. އަދި މަޑަވެލި ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި އެ ސަރަހައްދު ބަލައިފާސްކުރިއިރު 48 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Advertisement

މީގެ އިތުރުން ތިންފުޅި ބަނގުރާ އަދި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ފުޅިއެއްގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މި މައްސަލަ މަޑަވެލި ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް