އުރީދޫގެ ނަމުގައި ސްކޭމް ކޯލްތަކާއި މެސެޖްތަކެއް ދައުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް އުރީދޫ އިން އިލްތިމާސް ކޮށްފިއެވެ.
އޫރީދޫ އިން "އެކްސް" ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި އޮޅުވާލައިގެން އެސްއެމްއެސް ކުރާ މެސެޖުތައް ފޮނުވާ މައްސަލަ ވަނީ ފެންމަތިވެފައެވެ. މީގެ އިތުރުން އެފަދަ ފޯން ކޯލްތަކަށް ސަމާލުވުމަށް ވެސް އުރީދޫ އިން ވަނީ އެދިފައެވެ.
ފަހަކަށް އައިސް އަނެއްކާވެސް ސްކޭމްތައް ވަނީ އިތުރުވެފައެވެ. ފުލުހުން ދަނީ ވަން ޓައިމް ޕާސްވާރޑް (އޯޓީޕީ) ނުވަތަ ބޭންކުގެ މައުލޫމާތު އެއްވެސް ފަރާތަކާއި ހިއްސާ ނުކުރުމަށް ހޭލުންތެރިކުރުވަމުންނެވެ،
މީގެ އިތުރުން އުރީދޫއިން ވަނީ ޝައްކުކުރެވޭ އެއްވެސް ކަމެއް ފެނިފައިވާ ނަމަ 3322111 ނުވަތަ 3322112 ނަންބަރުތަކަށް ގުޅާ، އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރިޕޯޓްކުރުމަށް އެދިފައެވެ.