Advertisement
ކ. މާލެ
|
6 ޖުލައި 2024 | ހޮނިހިރު 18:25
ޑޮލަރުގެ ވިޔަފާރުކުރާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބިދޭސީންތައް
ޑޮލަރުގެ ވިޔަފާރުކުރާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބިދޭސީންތައް
އިމިގްރޭޝަން
ޑޮލަރު ވިޔަފާރި
ފުޅާ ދާއިރާއެއްގައި ޑޮލަރުގެ ވިޔަފާރި ކުރި ދެ ބިދޭސީއެއް އަތުލައިގެންފި
މާޗު މަހުގެ 9ވަނަ ދުވަހުގައި ވެސް ޑޮލަރުގެ ވިޔަފާރި ކުރި ބަންގްލަދޭޝްގެ 6 މީހަކު ހައްޔަރުކޮށް، ޑީޕޯޓުކޮށްލާފައިވޭ
ގަވާއިދާ ހިލާފަށް އުޅޭ، 1800 އަށްވުރެ ގިނަ ބިދޭސީން މިހާތަނަށް ފުރުވާލާފައިވޭ

ފުޅާ ދާއިރާއެއްގައި ޑޮލަރުގެ ވިޔަފާރި ކުރި ދެ ބިދޭސީއެއް އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން ބުނީ މާލޭގެ ޑޮލަރު އޭޓީއެމްތައް ކައިރީގައި ހާއްސަ ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެ އޮޕަރޭޝަންގެ ތެރެއިން ފުޅާ ދާއިރާއެއްގައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ދެ ބިދޭސީން އަތުލައިގެންފައިވާ ކަމަށެވެ.

އަދި އެ ދެ ބިދޭސީންނަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބައެއް ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

އެ މީހުން ހައްޔަރުކުރި މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ ބޭނުމުގައި ކަމަށާއި އެއީ، ބާބުލް މިއާ ނަމަކަށް ކިޔާ މީހަކާއި މުހައްމަދު މޮކްޗަންދަލީ ނަމަކަށް ކިޔާ މީހެކެވެ. އެ ދެ މީހުންނަކީވެސް ބަންގްލަދޭޝަށް ނިސްބަތްވާ ދެ މީހުންނެވެ.

މީގެ އިތުރުން ފުލުހުންގެ އެހީތެރިކަމާ އެކު އިމިގްރޭޝަނުން މާޗު މަހުގެ 9ވަނަ ދުވަހުގައިވެސް ޑޮލަރުގެ ވިޔަފާރިކުރި ބަންގްލަދޭޝްގެ 6 މީހަކު ހައްޔަރުކޮށް، ޑީޕޯޓުކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

Advertisement

މީގެ އިތުރުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް އިމިގްރޭޝަނުން އިސްނަގައިގެން ފުލުހުންގެ ހިދުމަތާއި ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރަމުންދާ މަސައްކަތެއް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މި އޮޕަރޭޝަނުގައި މާލެ ސަރަހައްދުގައި މާރުކޭޓުގެ ގޮތުގައި ހިންގަމުން އަންނަ 4 ތަނެއް ބަލައި ފާސްކޮށް ޖުމްލަ 83 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ބަޔާންނަގާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މީގެތެރޭގައި، ސައްހަ ވިސާއެއް ނެތް ބިދޭސީންނާއި މަސައްކަތް ކުރުމަށް ހުއްދަ ހޯދާފައިވާ ތަން ނޫން އެހެން ތަނެއްގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންނާއި ހުއްދަ ދޫކުރެވިފައިވާ މަސައްކަތުގެ ބޭރުން އަމިއްލައަށް ވިޔަފާރި ކުރާ ބިދޭސީން ހިމެނެއެވެ.

މި ރެއިޑް އޮޕަރޭޝަނުގައި އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން ފުރުވާލުމުގެ މަސައްކަތް ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ފަށާފައިވާ ކަމަށާއި އެގޮތުން ގަވާއިދާ ހިލާފަށް އުޅޭ، 1800 އަށްވުރެ ގިނަ ބިދޭސީން މިހާތަނަށް ފުރުވާލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް