ކ. މާލެ
|
24 ޑިސެންބަރ 2023 | އާދީއްތަ 09:31
ފުލުހުން ހޯދަމުންދާ މީހާ
ފުލުހުން ހޯދަމުންދާ މީހާ
ރާއްޖެ އެމްވީ ޕޮލިސް މީޑިޔާ
މީހަކު ހޯދުން
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
ނިޒާރު ހޯދަމުންދަނީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ މައްސަލައާ ގުޅިގެން

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުން މީހަކު ހޯދަން ފަށައިފިއެވެ.

ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި އަމުރާ ގުޅިގެން ހޯދަމުންދަނީ ތ. ވިލުފުށި / ފީރޯޒްގެ، ޙަސަން ނިޒާރު (53އ) އެވެ.

ޙަސަން ނިޒާރު ހޯދަމުންދަނީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2023 ޑިސެމްބަރު 26 ވަނަ ދުވަހުގެ 10:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

ޙަސަން ނިޒާރުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

- ކޮމެންޓް